ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގެ ވާހަކަ ދައްކަން އަދި އަވަސް

Oct 30, 2025, 11:38 PM
މާޒިޔާ އިން ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ހެނާންޑޭޒް.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މާޒިޔާ އިން ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ހެނާންޑޭޒް.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ޗެމްޕިއަންކަމަށް ވާދަކުރާ ޓީމުތަކުގެ ރޭހުގެ ވާހަކަ ދައްކަން އަދި އަވަސް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ކޯޗު، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

ފާއިތުވި ހަތަރު ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ އިން މި ފަހަރުގެ ލީގުގައި ފުރަތަމަ ފަސް މެޗު ނިމުނުއިރު، އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ފަސް މެޗުން ވެސް މޮޅުވެ، އެއް ވަނައިގައި އޮތް މާޒިޔާ އަށް 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މާޒިޔާ އިން ކުޅޭ ހަ ވަނަ މެޗުގައި މިއަދު ހަވީރު ވެލެންސިއާއާ ކުޅޭނެ އެވެ. އެ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ، ދެ ވަނައިގައި އޮތް ނިއު އާއި ތިން ވަނައިގައި އޮތް އޮޑިން މި ހަފްތާގައި ކުޅޭ މެޗުތަކަށް ނުކުންނައިރު، މާޒިޔާ އިން އޮންނާނީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. މިއީ، ލީގުގެ ރޭހުގައި ކިހާ މުހިންމުވާނެ ކަމެއްތޯ އެހުމުން، ހެނާންޑޭޒް ބުނީ، އަދި އެ ފަދަ ވާހަކައެއް ދެއްކުން އަވަަސް ކަމަށެވެ.

"ލީގު ތަށްޓާ ބެހޭގޮތުން ވާހަަކަ ދައްކަން އަދި މާ އަވަސް. އެކަމަކު، ޔަގީންކަމެއް ކޮންމެ ހަފްތާ އަކު ވެސް މޮޅުވުން ވަރަށް މުހިންމު. އެއީ، ކުރު ލީގެއްގައި އެންމެ ފަހުން ފައިދާކުރާނެ ގޮތަކީ މިއީ،" ހެނާންޑޭޒް، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ލީގުގައި މާޒިޔާއާ ދެކޮޅަށް މިއަދު ނުކުންނަ ވެލެންސިއާ އިން މިހާތަނަށް ކުޅުނު ފަސް މެޗުން ހަތަރު ޕޮއިންޓް ވަނީ ހޯދައިފަ އެވެ. ހެނާންޑޭޒް ބުނީ، ވެލެންސިއާ އިން ގެންގުޅޭ ސިސްޓަމާ މެދު އުފާކުރާ ކަަމަށެވެ.

"އަހަރެން ވަރަށް ގަޔާވޭ، ވެެލެންސިއާގެ ސްޓައިލާ މެދު. ވަރަށް ޒުވާން ކުޅުންތެރިންނަށް އިންވެސްޓްކޮށްގެން އެ މީހުން މަސައްކަތް އެ ކުރަނީ ރަނގަޅު ފުޓްބޯޅައެއް ކޮންމެ މެޗެއްގައި ވެސް ނިމެންދެން ވެސް ކުޅެން،" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާ އިން ވެލެންސިއާ މެޗަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާނީ، ވަރަށް ވިސްނުންތެރިކަމާ އެކު، ވެލެންސިއާ ޓީމުގެ ރަނގަޅު ކަންކަމާއި ބަލިފައިތަކާ މެދު ސަމާލުވެގެން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަދި، މާޒިޔާ އިން ކޮންމެ މެޗަކަށް ވެސް ނުކުންނާނީ އިދިކޮޅު ޓީމައް އެ ދޭން ޖެހޭ އިހުތިރާމް ފުރިހަމަ އަށް އަދާކޮށްގެންކަން ވެސް ހެނާންޑޭޒް ވަނީ ފާހަގަކޮށްފަ އެވެ.

ލީގުގެ ކުރިން މާޒިޔާގެ ސްކޮޑަށް ބަދަލުތަކެއް އައިސްފައިވާއިރު، ލީގުގައި ކޮންމެ މެޗެއް ވެސް ވީ ވަރަކުން ޒުވާން ކުޅުންތެރިންނަށް މާޒިޔާ އިން އަންނަނީ ފުރުސަތު ދެމުންނެވެ. އެ ގޮތުން، އެ ލިބޭ ފުރުސަތުތަކުގައި، މާޒިޔާގެ ޒުވާން ކުޅުންތެރިން ޑިވެލޮޕްވަމުން އަންނަ މިންވަރު ރަނގަޅު ކަމަށާއި ކޮންމެ ކުޅުންތެރިއަކު ވެސް ޓީމުވޯކް ރަނގަޅުކުރަން ކުރާ މަސައްކަތް ހެނާންޑޭޒް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެމެން އެއް ވިސްނުމެއްގައި ކުރިއަށް މި ދަނީ، ޒުވާން ކުޅުންތެރިންނާއި ތަޖުރިބާ ހުރި ކުޅުންތެރިންގެ ރަނގަޅު ބެލެންސަކާ އެކު ކުރިއަށްދާން،" ހެނާންޑޭޒް ބުންޏެވެ.

މެއި މަހު ބޭއްވި އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ހެނާންޑޭޒް ވަނީ ސީޒަން ފެށި ޗެރިޓީ ޝީލްޑް ވެސް މާޒިޔާ އަށްް ކާމިޔާބުކޮށްދީފަ އެވެ. މިހާތަނަށް ޖުމްލަ އެކު، މާޒިޔާއާ އެކު، ދިވެހި ޓީމުތަކާ ދެކޮޅަށް ހުރިހާ މެޗެއްގައި ވެސް ނަތީޖާ ނެރެފައިވާ ހެނާންޑޭޒް ހުރީ އޭނާއާ އެކު ޖުމްލަކޮށް، މާޒިޔާ ޓީމުން ކުރާ މަސައްކަތާ މެދު ހިތްހަމަޖެހިފަ އެވެ.

އެ ގޮތުން، ހެނާންޑޭޒް ބުނީ ލީގުގައި މާޒިޔާ އިން އަދިވެސް ޑިފެންސްކުރުމުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި، އެ ޓީމު ކޮޅަށް ވަދެފައިވާ ދެ ގޯލަކީ ޑިފެންސް ކުރުމުގައި އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން އައި ގޯލުތަކެއް ކަމަށް ހެނާންޑޭޒް ވަނީ ފާހަގަކޮށްފަ އެވެ.

"މޮޅުވުމަށް މުޅި ޓީމުން ދައްކާ ރޫހަކީ އަހަންނަށް ލިބޭ އެންމެ ބޮޑު އުފާ. ކޮންމެ މެޗެެއްގައި ކޮންމެ ނަތީޖާއެއް ނުކުތަސް އެކަން އެބަފެނޭ މި ޓީމުން، ޗެމްޕިއަންކަން ހޯދާ ކަމަށްވަންޏާ، މި އެޓިޓިއުޑް، މި ވިސްނުން އަހަރެމެން އަބަދުވެސް ގެންގުޅެން ޖެހޭ،" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާ އާއި ވެލެންސިއާ އިން ކުޅޭ މެޗު ފަށާނީ މިއަދު 15:50 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox