ހަރަދުތައް ހަމަޖައްސަން އަންނަ އަހަރު 26 ބިލިއަން ރުފިޔާ ހޯދަން ޖެހޭ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފޮތް: ސަރުކާރުން ވިސްނަނީ ބޭރުން ގިނަ ފައިސާ ހޯދަން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފޮތް: ސަރުކާރުން ވިސްނަނީ ބޭރުން ގިނަ ފައިސާ ހޯދަން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން 26.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ، މި ހަރަދު ބޮޑުވީ މައިގަނޑު ސަބަބަކީ އަންނަ އަހަރު ސުކޫކު ދައްކަން ކުރަން ޖެހޭ ހޭދަ ބޮޑުވުމުން ސަބަބުން ކަމަށެވެ. އެ ގޮތުން ދަރަނި ދައްކަން 12.9 ބިލިއަން ރުފިޔާ އަދި ބަޖެޓު ޑެފިސިޓު ފޫބައްދަން 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު ހޯދަން ޖެހޭ ފައިސާގެ ބޮޑު ބަޔެއް ހޯދަން ސަރުކާރުން ވިސްނަނީ ބޭރުން ލޯނު ހޯދައިގެންނާއި ބޮންޑް ނުވަތަ ސުކޫކު ވިއްކައިގެންނާއި މަލްޓިލެޓަރަލް އަދި ބައިލެޓެރަލް ފައިނޭންސިން ގޮތުގަ އެވެ. ބޭރުން ހޯދަން ރާވާފައި ވަނީ 16.8 ބިލިއަން ރުފިޔާ އެވެ.

Advertisement

ބޭރުން ހޯދާ ފައިސާގެ ތެރެއިން ގިނަ އަދަދެއް ބޭނުންކުރަނީ ސުކޫކު ރީފައިންނޭންސް ކުރުމަށެވެ. އެ ކަމަށް ޓަކައި 450 މިލިއަން ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އިތުރު 300 މިލިއަން ޑޮލަރު ނުވަތަ 4.5 ބިލިއަން ރުފިޔާ ހޯދަނީ ބަޖެޓު ސަޕޯޓުގެ ގޮތުގަ އެވެ. ޒަމީރުގެ ވާހަކަތައް ހުރީ ރައީސް މުހައްމަދު މުއިއްޒުގެ ބޭރު ދަތުރުތަކުން މި ފައިސާ ހަމަޖެހިފައިވާ ގޮތަކަށެވެ.

ފައިނޭންސިން ހަމަޖައްސަން ރާވާފައިވާ ގޮތް

  • ޖުމުލަ - 26.2 ބިލިއަން ރުފިޔާ
  • ބޭރުން - 16.8 ބިލިއަން ރުފިޔާ
  • އެތެރޭން - ފަސް ބިލިއަން ރުފިޔާ
  • ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން - 4.2 ބިލިއަން ރުފިޔާ

ސަރުކާރުން އަންނަ އަހަރު ރާވަނީ އެތެރޭގެ ބާޒާރުން އެންމެ ފަސް ބިލިއަން ރުފިޔާ ހޯދުމަށެވެ. މިހެން ނަމަވެސް މި އަހަރާއި އޭގެ ކުރީ އަހަރު ވެސް ރޭވި ގޮތަށް ފައިނޭންސިން ހަމަނުޖެހިގެން، ބަޖެޓު ހަރަދުތައް ހަމަޖައްސަމުން ދަނީ އެތެރޭގެ ބާޒާރަށް ޓީބިލާއި ބޮންޑު ވިއްކައިގެންނެވެ.

ލޯނު ދައްކަން ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ބޭނުންކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ޒަމީރު ވަނީ މި ފަންޑުގައި މިހާރު ވެސް ނަގުދު ފައިސާއިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރު މި ފަންޑު ބޭނުންކޮށްގެން ދަރަނި ދައްކަން 4.2 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުކޫކު ރީފައިނޭންސް ކުރުމާ އެކު ބޭރުގެ ފަރާތްތަކުން ފައިސާ ހޯދުމަކީ ސަރުކާރުގެ މި އަހަރުގެ ވެސް ޕްލޭނެވެ. އެކަމަކު މި އަހަރު ބަޖެޓުގައި ރޭވި ގޮތަށް ބޭރުން ފައިސާ ނުލިބެ އެވެ. އަދި ސުކޫކު ދެއްކުމުގެ ކުރިން ހެޔޮ އަގެއްގައި ދަރަންޏަށް ފައިސާ ނުލިބޭނެ ކަމަށް ބައެއް މާހިރުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox