ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކަށް މަޖިލީހުން ރުހުންދީފި

Photo: People's Majlis

Photo: People's Majlis

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކެބިނެޓު އަލުން އެކުލަވައިލީ މުއިއްޒު އަންގަވައިގެން 10 މިނިސްޓަރަކު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއިއްޒުގެ ކެބިނެޓު އަލުން އެކުލަވާލިއިރު، މިނިސްޓްރީތަކުގެ އަދަދު ވަނީ، އެޓާނީ ޖެނެރަލް އޮފީސް ހިމަނައިގެން، 15 އަށް މަދުކޮށްފަ އެވެ. ކުރިން އޮންނަނީ 20 މިނިސްޓްރީ އެވެ.

އޭގެ އިތުރުން، ކުރިން މިނިސްޓަރުކަމުގައި ނެތް ހަތަރު ބޭފުޅަކު ވަޒީރުންގެ މަޖިލީހަށް އޭޕްރިލް 14 ގައި މުއިއްޒު އައްޔަނުކުރެއްވި އެވެ.

އެ ބޭފުޅުން ހިމަނައިގެން ކުރިން ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ރުހުން ދެއްވައިފަ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އަށާއި ޑިފެންސް މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަނުކުރެއްވި ހަސަން ރަޝީދު އަށެވެ. އެ ދެ ބޭފުޅުން ވެސް މިނިސްޓަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ނަމަވެސް، ޒަމީރު އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި ބޭފުޅުންގެ ތެރެއިން އެންމެ މަދު މެންބަރުން ވޯޓުދެއްވީ އެންވަރަމެންޓް މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރެއްވި އަލީ ޝަރީފް އަށެވެ. އޭނާއަށް ރުހުން ދޭން ވޯޓު ދެއްވީ 63 މެންބަރުންނެވެ. އޭނާ އެ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް 13 މެންބަރުން ވޯޓުދެއްވި އެވެ.

އާ ކެބިނެޓު

  • އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް
  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު، މޫސާ ޒަމީރު
  • ހޯމްލޭންޑް، ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހުސާން
  • ފޮރިން އެފެއާޒް މިނިސްޓަރު، އިރުތިޝާމް އާދަމް
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު، ގީލާ އަލީ
  • އެޑިޔުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން
  • ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު
  • އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، އެންޑް ޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު، މުހައްމަދު ޝަހީމް
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕަމަންޓް މިނިސްޓަރު، އަބްދުﷲ މުއްތޮލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް
  • ފިޝަރީޒް އެންޑް އެނިމަލް ވެލްފެއާ، އަހުމަދު ޝިޔާމް
  • ޑިފެންސް މިނިސްޓަރު، ހަސަން ރަޝީދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox