ތުޅާދޫ މިސްކިތުގެ މައްސަލާގައި ޝަހީމް މަޖިލީހުގައި ހެއްދެވީ ދޮގު: ކައުންސިލް

އިސްލާމިކް މިނިސްޓަރު ޝަހީމް ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ: ތުޅާދޫ މިސްކިތުގެ މައްސަލާގައި ޝަހީމް މަޖިލީހުގައި ދޮގު ހެދި ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ --- ފޮޓޯ: މަޖިލިސް އިދާރާ

އިސްލާމިކް މިނިސްޓަރު ޝަހީމް ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ: ތުޅާދޫ މިސްކިތުގެ މައްސަލާގައި ޝަހީމް މަޖިލީހުގައި ދޮގު ހެދި ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ --- ފޮޓޯ: މަޖިލިސް އިދާރާ

ވަގުތީ ގޮތުން ބަންދުކޮށްފައިހުރި ބ. ތުޅާދޫ މަސްޖިދުއްރަހްމާން ނުފެށި ލަސްވާ ސަބަބު ހޯދުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ސުވާލު ކުރެއްވުމުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ދޮގު ހެއްދެވި ކަމަށް ތުޅާދޫ ކައުންސިލުން ބުނެފި އެވެ.

އެ މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެ މިސްކިތުގައި ގަބުރުކަށި ހުރި ކަމަށް ގަބޫލުކުރެވިގެން، 10 ތަނަކުން ކޮނެގެން ބެލިއިރު އޭގެ ތެރެއިން 8 ތަނަކުން ގަބުރު ކަށި ފެނުމުންނެވެ.

ހަންނާނުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވަނީ މިސްކިތް ނުހުޅުވި ލަސްވަނީ ކައުންސިލްގެ އިހުމާލުން ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓްރީގެ މަސައްކަތްތަަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

"ރަށުގައި އޮތް ކައުންސިލުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ މިދިޔަ މުއްދަތުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް. އަޅުގަނޑު ވެސް އެކި ފަހަރު މަތިން ކައުންސިލްގެ އިސް ބައެއް ބޭފުޅުންނާ ވާހަކަ ދެއްކީމު. އަދި މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރަތްކުރި. އިލްމުވެރިން ވެސް ޒިޔާރަތްކުރި. އެހެން ނަމަވެސް ރަށުގެ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތި ކުރަމުން." މަޖިލީހުގައި ޝަހީމު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ތުޅާދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި ތުޅާދޫ ކައުންސިލަށް ރައްދުކޮށް ޝަހީމު ދޮގު ހެއްދެވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، މިސްކިތް ބަންދުކުރުމާ ގުޅޭގޮތުން އެލްޖީއޭގެ އެންގުމަށް ކައުންސިލުން ތައްޔާރުކުރި ރިޕޯޓެއް ބަޔާނާއެކު ވަނީ އާންމުކޮށްފަ އެވެ.

މި ރިޕޯޓާއި ގުޅިގެން ކައުންސިލާއި އެލްޖީއޭ އަދި އިސްލާމިކް މިނިސްޓްރީން މެއި މަހު ބައްދަލުވުމެއް ބޭއްވި ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބައްދަލުވުމަށް ތުޅާދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން މާލެ އައި ނަމަވެސް ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވާ ކަމަށް ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މިސްކިތް އަލުން ހުޅުވަން ކުރާ މަސައްކަތުގައި މިނިސްޓްރީން މާލީ އެހީތެރިކަން ދޭނެ ކަމަށް ބުނި ނަމަވެސް އެއްވެސް ފައިސާއެއް ނުދޭކަން ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. ގަބުރު ކަށި ހުރިތޯ ބަލަން ފޮނުވި ވަފުދުގެ ހަރަދު ވެސް ހަމަޖައްސަން ޖެހުނީ ކައުންސިލުން ކަމަށް ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން ދީނީގޮތުން ކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް، ދީނީ އިލްމުވެރިއެއް ނުވަތަ އެ ނޫން ވެސް އެއްވެސް ފުރާނަ އެޅުއްވި މަހުލޫގެއް އިސްލާމިކް މިނިސްޓްރީން މި ރަށަށް ފޮނުއްވިކަން ދެނެހުރި އެއްވެސް އިންސާނަކު މި ބިންމަތީގައި އިހަށް ވެސް އަދާ ހަމައަށް ވެސް ތުޅާދޫގައި ހުރިކަމެއް މި ކައުންސިލަށް އެނގިފައެއްނުވެ އެވެ." ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ރައްޔިތުންގެ މަސްލަހަތަށް ނުބަލައި މައުލޫމާތު ސާފުނުކޮށް މެންބަރު ހަންނާނު ސުވާލު ކުރެއްވީ ރަށުގެ މަސްލަހަތަށް ބެއްލެވުމެއް ނެތި ކަމަށް ވެސް ތުޅާދޫ ކައުންސިލުން ސިފަކޮށްފައިވެ އެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭން ވާނެ ކަމަށެވެ.

މަޖިލީހަށް ދޮގު ހަދައިފި ނަމަ އެއީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox