އައިކޮމްގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދިނުން ހުއްޓާލަން އަންގައިފި

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: އެ އޮފީހުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ނުދޭން ފިނޭންސުން ވަނީ އަންގާފަ --- ފޮޓޯ: އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: އެ އޮފީހުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ނުދޭން ފިނޭންސުން ވަނީ އަންގާފަ --- ފޮޓޯ: އަދަދު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދެމުންދަނީ ގާނޫނުތަކާއި ނެރެފައިވާ ސާކިއުލާތަކާއި ހިލާފަށް ކަމަށް ބުނެ، އެ އެލަވަންސް ދިނުން ހުއްޓާލަން ފިނޭންސް މިނިސްޓްރީން އެ އޮފީހަށް އަންގައިފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންފޮމޭޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ލިވިން އެލަވަންސެއް ދެމުންދާކަން ހާމަވީ މިހާރު އާންމުކޮށްފައިވާ އެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގަ އެވެ. އެ އެލަވަންސް ހުއްޓާލަން އަންގައި ފޮނުވި ސިޓީގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފަ އެވެ.

ފިނޭންސުން އައިކޮމް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި އެލަވަންސް ދެމުންދިޔައީ މާލިއްޔަތު ގަވާއިދާއި ދައުލަތުގެ މުސާރައިގެ ސިޔާސަތު ގާނޫނާއި، 2022 އަދި 2016 ގައި ފިނޭންސުން ނެރެފައިވާ ތިން ސާކިއުލާއަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން މި މަހުން ފެށިގެން އެ އެލަވަންސް ދިނުން ހުއްޓާލަން ފިނޭންސުން ވަނީ އަންގައިފަ އެވެ.

Advertisement

"އަދި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 7.5 ވަނަ މާއްދާގެ (ނ)އާ އެއްގޮތްވާ ގޮތުގެ މަތިން ދެންނެވުނު 'ލިވިން އެލަވަންސް' ގެ ގޮތުގައި މިހާތަނަށް ދެވިފައިވާ ފައިސާ، އެ މުވައްޒަފުންގެ އަތުން އަނބުރާ ހޯދުމުގައި އަމަލުކުރާނެ ގޮތެއް މި މިނިސްޓްރީން އަންގާނެ ކަމުގައި ދަންނަވަން،" އެ ސިޓީގައި ފިނޭންސުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ފިނޭންސްގެ ސިޓީ ނިންމާލަމުން މުވައްޒަފުންނަށް ލިވިން އެލަވަންސް ދޭން ގަސްތުކުރާނަމަ ގާނޫނާއި އެއްގޮތަށް ހުއްދަ ހޯދައި އެކަމަށް ބަޖެޓު ހިމަނައިގެން އެކަން ކުރުމަށް އިންފޮމޭޝަން ކޮމިޝަނަށް ދަންނަވާފައިވެ އެވެ.

އައިސީއޯގެ އޮފީހުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތި އެ އޮފީހުގެ މުވައްޒަފުން މިދިޔަ ފަސް މަސް ދުވަހު މަސައްކަތް ކުރަމުން ދަނީ ގެއިންނެވެ.

އައިސީއޯގެ އޮފީސް ހިންގަމުން ދިޔަ ބިއްލޫރިޖެހިގޭގެ ހާލަތު ގޯސްވެ އެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރަން ފެށީ މެއި 19، ގަ އެވެ. އެގޮތަށް ނިންމީ ބިއްލޫރިޖެހިގޭގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތުމުން ކަމަށް އެ ދުވަހު އައިކޮމް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox