ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ މާޒިޔާ އެއް ވަނަ އަށް

Oct 19, 2025, 6:40 PM
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 4-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވެ، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މާޒިޔާ އެއް ވަނަ އަށް ޖެހިލީ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. މާޒިޔާ، އެއް ވަނައިގައި އޮތީ ހަަތަރު މޮޅާ އެކު، 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި އާއި ތިން ވަނައިގައި އޮތް ނިއު އަށް ވަނީ ތިން މެޗު ކުޅެގެން ނުވަ ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގީ ސްޕެއިނުގެ ފޯވާޑް، ސާޖިއޯ މެންޑީ އެވެ. މިއީ، މާޒިޔާގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހަކުން މެންޑީ ގޯލަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ. އޭގެ ފަހުން މެންޑީ އާއި މާޒިޔާގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް ބޮލުން ޖަހަން ލިބުނު ފުރުސަތުތަކުގައި ގޯލަށް ބޯޅަ ފޮނުވާނުލެވުނެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް މާޒިޔާގެ ދެ ގޯލު ޖެހި ސްޕެއިނުގެ ފޯވާޑް މެންޑީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 33 ވަނަ މިނިޓްގައި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ކުރިން، ޔުނައިޓެޑް ވިކްޓަރީގެ މިސްރުގެ މުސްތަފާ އަލްޝާޒްލީ ޖެހި ބޯޅައެއް މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 42 ވަނަ މިނިޓްގައި އެލްޝާޒްލީ އޭރިއާބޭރުން ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުވެފަ އެވެ.

މާޒިޔާ އިން މެޗުގައި ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، 86 ވަނަ މިނިޓްގައި، ޔުނައިޓެޑް ވިކްޓަރީ އޭރިއާތެރެއަށް އައި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މެންޑީ ވަނީ މާޒިޔާގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގައި ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު އޮތީ އޮޑި ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅޭ މެޗެވެ. އަދި، މާދަމާރޭ އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox