ކޮރަޕްޝަނުގެ ތުހުމަތުކޮށް ދާއޫދާ އަމާޒުކޮށް ނާޒިމް ދެއްކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު ވަކީލުން ބުނީ ދާއުދާއި ގުޅޭގޮތުން ނާޒިމް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު ވަކީލުން ބުނީ ދާއުދާއި ގުޅޭގޮތުން ނާޒިމް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް މިއަދު ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަތަކެއް ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

ދާއޫދު ތަމްސީލުކުރާ ލޯކްރާފްޓު ލޯފާމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދާއޫދުގެ އެކައުންޓަށް، ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާ ކޮށްފައިވާ ކަމަށާއި އޭނާއާ ގުޅޭ ނުހައްގު މުއްސަނދިކަމުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނާޒިމް ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ދާއޫދު ނުކުރައްވާ ކަމަށެވެ.

"ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވެދެފައިނުވާނެ ކަމާއި، ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިނގާފައިވާނުވާނެކަމުގެ ޔަގީންކަން އަރުވަން،" އޭނާގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ދާއޫދު އޮތް ނަމަވެސް އޭގެން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭކަން މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދިން ބަޔާންތަކުން އެނގޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކާ ގުޅޭ ގޮތުން ނާޒިމް ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާމެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަކަށްވާތީ މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށް ދާއޫދުގެ ވަކީލުން ބުނެފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތައް ވާންވާނީ ޒިންމާދާރުކަމާއެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކާވާހަކަތަކަކަށް،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ހުށަހެޅި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އެކުލަވައިލި ސަބް ކޮމިޓީގައި، އެ މައްސަލަތަކުގެ ރިޕޯޓު އިއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރިއިރު، ދާއޫދުގެ މައްސަލައެއް ބަލާފައިވާ ކަމަށާއި އެ ތަހުގީގުން ފާހަގަ ކުރެވުނު ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑަށް ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އޮތީ އެހާހިސާބުން ނިންމާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ވަރަށް ބައިވަރު މައުލޫމާތު އޭރު ވެސް ލިބިފައި ހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާކުރަމުން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި އޭނާ ހިއްސާވާ އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުންނާއި އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުކުރާއިރު، ސޯސް އޮފް ފަންޑްސް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ އެ ފަރާތުގެ އެކައުންޓަށް ޖަމާކުރަމުން ގޮސްފައިވާކަން ފާހަގަކޮށްފައިވޭ،" ނާޒިމް ވިދާޅުވި އެވެ.

އޭގެއިތުރުން ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓުގެ ތަފުސީލުތައް ބެލިއިރު، 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަން ވެސް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެހާ ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިބުނު ގޮތެއް އިތުރަށް ބަލަންޖެހޭ ކަމަށް އޭރު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox