ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ތުހުމަތުކޮށް ޒާޔާގެ ފޯނު ހިފަހައްޓައިފި

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ޒާޔާ: ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ އޭނާގެ ފޯނު ވަނީ ހިފަހައްޓާފަ ---- ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ޒާޔާ: ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ އޭނާގެ ފޯނު ވަނީ ހިފަހައްޓާފަ ---- ފޮޓޯ: އެމްޑީޕީ

ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް ގައި ލިޔުނު ޕޯސްޓަކާާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޒާޔާ ބަލައި ފާސްކޮށް އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ މިއަދު އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން "ފުލުހުންނަށް އިންޒާރުދީ" ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.

ކޯޓު އަމުރުގައި އެ ޕޯސްޓު ކުރި ތާރީހާއި ގަޑި ހިމަނާފައިވެ އެވެ. އެ ޕޯސްޓުގައި ލިޔެފައިވަނީ "17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ" މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެ އެވެ.

މިއީ ނޮވެމްބަރު 17، ގައި އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ އާއި ގުޅިގެން ލިޔުނު ޕޯސްޓެއް ކަމަށް ބެލެވެ އެވެ. މިދިޔަ ހުކުރު ދުވަހު އެ ޕާޓީން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ބޭނުންކުރި އެވެ.

ކޯޓު އަމުރެއްގެ ދަށުން އިދިކޮޅު ޕާޓީގެ ދާއިރާ ރައީސެއްގެ ފޯނު ހިފަހައްޓާފައިވާއިރު ފުލުހުން ރޭ ވަނީ އިންޒާރުގެ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ބައިވެރިންނަށް އަނިޔާކުރި ފުލުހުންގެ ވާހަކަ ދައްކާތީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޒާޔާގެ ފޯނު ފުލުހުން ހިފަހައްޓާފައިވާއިރު، ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން މަރާލަން ގޮވާލާ ޕޯސްޓު ކުރި މީހާ އާއި މިހާތަނަށް ފުލުހުން ސުވާލު ކޮޮށްފައެއް ވެސް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިން މަރަން ގޮވާލީ ފޭސްބުކުގައި ޝުއައިބު އަލީ ނަމަކަށް ކިޔާ އެކައުންޓެއް ހިންގާ މީހެކެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ މީހެއްކަން އޭނާގެ ޕޯސްޓުތަކުން އެނގެ އެވެ.

އެމްޑީޕީ އިން ކުރި ބޮޑު މުޒާހަރާގެ ބައިވެރިން މަރަން ގޮވާލި މައްސަލަ ބަލަންތޯ ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox