ކިލޯއަކަށް ވުރެ ގިނަ ޑްރަގާއެކު ތިން މީހުން ހައްޔަރުކޮށްފި، ހެޔަންބޯގެ ޕްރެޒެންޓަރަކު ހިމެނޭ

Sep 27, 2025, 6:04 PM
ޑްރަގުތަކާ އެކު ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު: ފުލުހުން ބުނީ ޑްރަގުތައް ފެނުނީ އިނާ ދިރިއުޅޭ ތަނުން ކަމަށް -- ފޮޓޯ: ފުލުހުން

ޑްރަގުތަކާ އެކު ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު: ފުލުހުން ބުނީ ޑްރަގުތައް ފެނުނީ އިނާ ދިރިއުޅޭ ތަނުން ކަމަށް -- ފޮޓޯ: ފުލުހުން

މާލޭގައި ފުލުހުން ހިންގި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑްރަގާ އެކީ ހެޔަންބޯ ފަދަ މަގުބޫލު ޕްރޮގުރާމުތައް ހުށަހަޅައިދޭ ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީ (އިނާ) އާއި އެހެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1.2 ކިލޯ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ޑްރަގެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލައިގައި އިނާގެ އިތުރުން ހައްޔަރުކުރީ މއ. މަޒާގޭގައި އެޑްރެސް އޮންނަ މުހައްމަދު އައިޝް އަހުމަދު (34އ) އާއި އައިމިނަތު އިއްލިއްޔީން އަހުމަދު (25އ) އެވެ. ހައްޔަރުކުރި މީހުން ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިނާ އާއި އިއްލިއްޔީން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އިނާގެ ބަންދު އަމުރުގައި އޮތް ގޮތުގައި އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިންނެވެ. ކޯޓު އަމުރުތަކުގައި ހުރި މައުލޫމާތުން ބެލެވެނީ، މި ގޭގައި އިނާ ދިރިއުޅެމުން ދިޔައީ އިއްލިއްޔީންއާ އެކީ ކަމަށެވެ. ސަބަބަކީ، އިއްލިއްޔީން ހައްޔަރުކުރި ބަންދު އަމުރުގައި ވަނީ ޑްރަގުތައް ފެނުނީ އޭނާ މިހާރު ދިރިއުޅެމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ތަނުން ކަމަށް އައިއޯ ފާހަގަކުރުމުންނެވެ.

ޑްރަގުތަކާއި ބިޑި ވެސް ފެނުނީ އިނާ ދިރިއުޅެމުން ދިޔަ އެޕާޓުމަންޓުންނެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށާއި، ޑްރަގުތައް ފެނުނު ތަނުން އިނާގެ އައިޑީ ކާޑު ފެނުނު ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި މައްސަލައިގައި އަތުލައިގަތް ޑްރަގުތަކަކީ އައިޝްއާ ގުޅުން އޮންނަ ތަނަކުން އަތުލައިގަތް ޑްރަގުތަކެކެވެ. އަދި އެ ތަނުން އޭނާއާ ގުޅުން ހުރި އެއްޗެހި ފެނިފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox