އައިލެންޑް އޭވިއޭޝަނުން ވަގަށް މަތިންދާބޯޓެއް ވިއްކާލި މައްސަލަ އޭސީސީ އިން ބަލަނީ

އައިލެންޑް އޭވިއޭޝަނުން ވަގަށް މަތިންދާބޯޓެއް ވިއްކާލި މައްސަލަ އޭސީސީ އިން ބަލަނީ

އިއުލާނު ނުކޮށް އަދި ބިޑިން ޕްރޮސެސް ނުހިންގައި އައިލެންޑް އޭވިއޭޝަނުން ވަގަށް މަތިންދާބޯޓެއް ވިއްްކާލި މައްސަލަ ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެ މައްސަލަ ބަލަމުންދާކަން އޭސީސީގެ އޮފިޝަލަކު މި ނޫހަށް ޔަގީންކޮށްދިނެވެ. ނަމަވެސް އެ މައްސަލަ ބަލަން ފެށި ތާރީހެއް އަދި މިހާރު މައްސަލަ ގޮސްފައިވާ ހިސާބެއް އެ އޮފީހަކުން ނުބުނެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާނު ނުކޮށް ވިއްކާލީ DHC-8 MSN 591 ނަންބަރު މަތިންދާބޯޓެވެ. އެ ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށެވެ.

Advertisement

އިއުލާނު ނުކޮށް މަތިންދާބޯޓު ވިއްކާލި ހަބަރު މި ނޫހުގައި ޝާއިއު ކުރުމުން އައިލެންޑް އޭވިއޭޝަނުން ބުނީ އެ ބޯޓު ވިއްކާލީ ސެޕްޓެމްބަރު 22، 2022، ގައި ކޮށްފައިވާ އިއުލާނެއްގެ ދަށުން ކަމަށެވެ. އެ އިއުލާނުގެ ނަންބަރަކީ IAS/MIS/2022-2229 އެވެ. އެ ބޯޓު ވިއްކާލީ އެ އިއުލާނުގެ މުއްދަތުތައް ހަމަވެ ދެ އަހަރެއްހާ ދުވަސް ފާއިތުވި ފަހުން އޯގަސްޓު 29، 2024، ގަ އެވެ.

އެއީ ޑޭޝް މަރުކާގެ އަށް މަތިންދާބޯޓެއް ވިއްކުމަށް ކޮށްފައިވާ އިއުލާނެކެވެ. އެ އިއުލާނުގައި DHC-8 MSN 591 ނަންބަރު ބޯޓުގެ ވާހަކަ ވެސް އެބަ އޮތެވެ. އެ އިއުލާނުގެ ދަށުން ބިޑް ހުށަހަޅަންޖެހެނީ އޮކްޓޯބަރު 30، 2022، ގެ މެންދުރު 2:00 ގެ ކުރިންނެވެ. ބޯޓު ވިއްކުމަށް ނޮވެމްބަރު 20، 2022، ގެ ކުރިން ބޯޑުން ފާސް ކުރަންޖެހެ އެވެ. އަދި ބޯޓު ވިއްކުމުގެ އެގްރިމެންޓުގައި ނޮވެމްބަރު 30، 2022، ގައި ސޮއިކުރަންޖެހެ އެވެ.

އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ޖަވާބެއް ދިނުމަށް ޑޮކިއުމެންޓުތައް ބަލަމުންދާ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަން އިން DHC-8 MSN 591 ނަންބަރު ބޯޓު ވިއްކާލީ 3،730،000 ޑޮލަރަށެވެ. ބޯޓު ގަތީ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ އެއާފްލައިޓް ޔުނިޓް ޓްރަސްޓް އިންނެވެ. އެ ކުންފުނީގެ ޓްރަސްޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެ، މަތިންދާބޯޓު ގަތުމުގެ މުއާމަލާތް ހިންގީ އެއާ ފްލައިޓް ޕީޓީވައި އެލްޓީޑީ އެވެ.

ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށް ނަމަވެސް އައިލެންޑް އޭވިއޭޝަނަށް އޮކްޓޯބަރު، 2024، ގައި ޖަމާވީ 3.05 މިލިއަން ޑޮލަރެވެ. އެއީ އައިލެންޑް އޭވިއަޝަންގެ ނަމުން ބޯޓު ވަކި ކުރެވެންދެން ހިފެހެއްޓި 500،000 ޑޮލަރާއި އެސްކްރޯ އެޖެންޓުގެ ފީ ނެގުމަށްފަހު ޖަމާ ކުރި އަދަދެވެ.

މި ނޫހަށް ލިބުނު ލިޔެކިޔުންތަކުގައި އޭޖެންޓަށް ދެއްކި ފީގެ ސީދާ އަދަދު އެނގެން ނެތް ނަމަވެސް އައިލެންޑް އޭވިއޭޝަނަށް ޖަމާވި ފައިސާ އާއި އެ ކުންފުނީގެ ނަމުން ބޯޓު ވަކި ކުރެވެންދެން ހިފެހެއްޓި 500،000 ޑޮލަރު ކެނޑުމުން އަންނަ އަދަދަކީ 177،585 ޑޮލަރެވެ.

މަތިންދާބޯޓު ވިއްކަން ހެދި އެގްރިމެންޓުގެ ދަށުން އެސްކްރޯ ފީ ދައްކަންޖެހެނީ ބޯޓު ގަންނަ ކުންފުންޏާއި ބޯޓު ވިއްކާ ކުންފުނިން ހަމަހަމައަށް ބަހާލައިގެންނެވެ. މޯލްޑިވިއަން އިން އެޖެންޓު ފީގެ ގޮތުގައި ދެއްކި ކަމަށް ބެލެވޭ 177،585 ގެ ދެ ގުނައަކީ 355،170 ޑޮލަރެވެ.

އައިލެންޑް އޭވިއޭޝަނުން އިއުލާނު ނުކޮށް މަތިންދާބޯޓެއް ވިއްކާލި މައްސަލަ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ތަހުގީގުކޮށްފަ އެވެ. އެ ތަހުގީގުގެ ލިޔެކިޔުން ވެސް އަދަދު އަށް ވަނީ ލިބިފަ އެވެ. އެ ޔުނިޓުން ސުވާލު ކުރުމުން އައިލެންޑް އޭވިއޭޝަނުން ބުނީ އިއުލާނު ނުކޮށް ބޯޓު ވިއްކާލީ، ވިއްކަން އިއުލާނު ކުރި ބޯޓު، ވިއްކާލެވޭނެ ހާލަތަކަށް ގެންދިޔުމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވާތީ ކަމަށެވެ.

އެކަމަކު، އެ ބުނާ ބާ ބޯޓު ވިއްކަން ޖުލައި، 2025، ގައި ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އިއުލާނެއްކޮށްފަ އެވެ. އެ ބޯޓު ވިއްކަން ޖެނުއަރީ، 2025، އިން ފެށިގެން ޖުމުލަ ހަ އިއުލާނެއް ކޮށްފައިވާ ކަން ގެޒެޓުގައި ހުރި މައުލޫމާތުތަކުން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox