ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގު ފަށާނީ އީގަލްސް އާއި މާޒިޔާ މެޗުން

Sep 13, 2025, 3:40 PM
ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގު ފަށާނީ އީގަލްސް އާއި މާޒިޔާ މެޗުން

ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ މައި ލީގު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މި މަހު 18 ވަނަ ދުވަހު (އަންނަ ބުރާސްފަތި ދުވަހުގެރޭ)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް ކުޅޭ މެޗުން ފަށަން ނިންމައި، މެޗު ތާވަލު އިއުލާނުކޮށްފި އެވެ.

އެންމެ ފަހުން، ރާއްޖޭގެ ލީގު ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އޭގެ ފަހުން، އެކި ފަހަރު މަތިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެކަމަކު، އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ މިދިޔަ ޖުލައި، 26 ވަނަ ދުވަހު އިންތިހާބުވެ، ކުރި މަސައްކަތްތަކުން، މި މަސް ތެރޭ ލީގު ފަށަން މި ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

އެ ގޮތުން، މާޒިޔާ އާއި އީގަލްސް އިން އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުން ލީގު ސީޒަން ފަށާާއިރު، އޭގެ ތިން ދުވަސް ކުރިން، މި ދެ ޓީމު، ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޝީލްޑް މެޗުގައި ބައްދަލުކުރާނެ އެވެ. އީގަލްސްގެ ސީނިއާ ޓީމުން ރަސްމީ މެޗެއް ކުޅެން ތައްޔާރު މި ވަނީ، 18 ވަރަކަށް މަސް ދުވަސް ތެރޭ ފުރަަތަމަ ފަހަރަށެވެ. މިދިޔަ މެއި މަހު އެފްއޭއެމް އިން ބޭއްވި ލީގު ކަޕްގައި އީގަލްސް ނުކުޅޭއިރު، މާޒިޔާ އިން އެ މުބާރާތް ކާމިޔާބުކުރި އެވެ.

ލީގުގެ މެޗުތަކުގެ ފުރަތަމަ ހަފްތާގެ އެހެން މެޗުތަކަށް ބަލާއިރު، ހަ ވަރަކަށް އަހަރު ތެރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ އެވެ. ނިއު އާއި ވިކްޓަރީ، 2019 ވަނަ އަހަރު ސަސްޕެންޑްކުރިއިރު، އެ ދެ ޓީމު ސަސްޕެންޝަނުން 2022 ވަނަ އަހަރު ސަލާމަތްވެ، ދެ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ކުޅުނެވެ.

ވިކްޓްރީން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަނުގެ ފައިނަަލަށް ދަތުރުކޮށްގެންނެވެ. އަދި، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކްލަބުން ވެސް ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅޭއިރު، އެ ޓީމުން މެއި މަހު ކުޅުނު ލީގު ކަޕް ފައިނަލަށް ދަތުރުކުރި އެވެ.

ނިއު ރޭޑިއަންޓް، ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، ދެ ވަަނަ ޑިވިޝަނުގެ ތިން ވަނަ ޓީމުގެ ގޮތުގައި ލިބުނު ފުރުސަތެއްގަ އެވެ. އެ ފުރުސަތު ނިއު އަށް ލިބުނީ، ފުރަތަމަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގުން ވަކިވުމުންނެވެ. މާލީ ހާލަތު ގޯސްކަމަށް ބުނެ، ލީގުން ވަކިވި ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ޓީމު ތިން ވަަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލިއިރު، ނިއު ޕްރޮމޯޓްކުރަން ފާސްކުރީ އެފްއޭއެމް ހިންގާ ކޮމިޓީންނެވެ.

ލީގުގެ ފުރަތަަމަ ހަފްތާގައި ނިއު އާއި ވިކްޓަރީ ކުޅޭ މެޗު އޮތީ އަންނަ ހުކުރު ދުވަހު އެވެ. ނިއު އިން ހުކުރު ދުވަހު ހަވީރު ބައްދަލުކުރާނީ، ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އަދި، އެ ރޭ ވިކްޓަރީން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ފުރަތަމަ ހަފްތާގެ ފަހު މެޗުތައް ހޮނިހިރު ދުވަހު ކުޅޭއިރު، އެ ދުވަހު ހަވީރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން އޮޑިއާ ކުޅޭއިރު، އެ ރޭ ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ކްލަބް ވެެލެންސިއާއާ އެވެ.

އެފްއޭއެމް އިން ނެރެފައިވާ ލީގުގެ ފުރަތަމަ ބުރުގެ ޝެޑިއުލަށް ބަލާއިރު، މި ބުރުގެ ކުޅުން ނިމޭނީ، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ލީގުގައި ކުޅެން މި ފަހަރު ހަމަޖެހިފައި އޮތީ ދެ ބުރެވެ. ފުރަތަަމަ ބުރުގެ ތެރެއިން، އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން އޮކްޓޫބަރާއި ނޮވެމްބަރުގައި ކުޅޭ މެޗުތަކަށް ދެ ބްރޭކް ނަގާނެ އެވެ.

ފުރަތަމަ ބްރޭކް، އޮކްޓޫބަރު 3-18 އަށް އޮތްއިރު، ދެ ވަނަ ބްރޭކް ދެނީ، ނޮވެމްބަރު 10-21 އަށެވެ.

ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox