ސިންގަލްސް ޗެމްޕިއަންކަން ނަބީހާ އާއި ނިބާލް އަށް

Sep 7, 2025, 7:03 AM
ސިންގަލްސް ޗެމްޕިއަންކަން ނަބީހާ އާއި ނިބާލް އަށް

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގެ އޯޕަން ކެޓަގަރީގެ ސިންގަލްސް ޗެމްޕިއަންކަން، ރިވައިވަލް ސްޕޯޓްސްގެ އަައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އާއި ނިބާލް އަހުމަދު ހޯދައިފި އެވެ.

ޖުމްލަ އަށް ގައުމަކުން 347 ކުޅުންތެރިން ވާދަކުރި ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި 700 އަށް ވުރެން ގިނަ މެޗަށް ފަހު ރޭ ވަނީ، ރައީސް، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިވެންޓަކުން މުބާރާތް ނިންމައިލައިފި އެވެ.

ފިރިހެން ސިންގަލްސް ފައިނަލުގައި ނިބާލް ކުޅުނީ ރިވައިވަލްގެ ޒަޔާން ޒަކީއާ އެވެ. އެ މެޗުން، ނިބާލް މޮޅުވީ 21-19، 21-13 އިންނެވެ.

އެންމެ ފަހުން ދެ ފަހަރު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނީ ޒަޔާން ޒަކީ އާއި ނިބާލް އެވެ. އެ ގޮތުން، 2022 ވަނަ އަހަރު ނިބާލް ޗެމްޕިއަންކަން ހޯދިއިރު، 2023 ވަނަ އަހަރު ހޯދީ ޒަޔާން ޒަކީ އެވެ. ޒަޔާން ވަނީ، 2017 ވަނަ އަަަހަރު ވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، ދާދި ފަހުން ނައިފަރުގައި ބޭއްވި މުބާރާތުގައި ވެސް ނިބާލް ބަލިކޮށްފައި، ޒަޔާން ތަށި ހޯދި އެވެ. އެކަމަކު، މި ފަހަރުގެ މޯލްޑިވްސް ޖޫނިއާ އޯޕަންގައި ކުރި ލިބުނީ ނިބާލް އަށެވެ.

އަންހެން ސިންގަލްސްގެ ފުރަތަމަ ސެޓުގައި، ނަބީހާ 10-4 ކުރީގައި އޮއްވައި، ފާތިމަތު ނަބާހާ އަށް އަނިޔާވެ މެޗު ކުރިއަށްނުގެންދެވުމުން ނަބީހާ މޮޅުވީ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން، ނަބީހާ އާއި ނަބާހާގެ ޕެއާ އިން ހޯދީ ފައިނަލުގައި ފިލިޕީންސްގެ މަރޭކްރިސް މިސްޓީ އާއި ރޮސެލީން ކަޔައޯން ވަހީދުގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 21-06، 21-10 އިންނެވެ.

ފިރިހެން ޑަބަލްސް ފައިނަލުގައި، ރިވައިވަލްގެ އަހުމަދު ތޯއިފް މުހައްމަދު އާއި ރިވައިވަލްގެ ކޯޗު ބަންގްލަދޭޝްގެ ރިއާޒް މުހައްމަދުގެ ޕެއާ ވަނީ ފިލިޕީންސްގެ ކައިލް ބަސީލިއޯ އާއި މުހައްމަދު އަޖުފާން ރަޝީދުގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ، 24-22، 21-14 އިންނެވެ.

ސްޕެޝަލް އޮލިމްޕިކްސް/ޕެރަލިމްޕިކްސް އަދި އުމުރުފުރާގެ ޗެމްޕިއަނުން

ސްޕެޝަލް އޮލިމްޕިކްސް:

ރަން މެޑަލް - އިބްރާހިމް ރަބީތު، އައިޝަތު ފައުޒާ އިބްރާހިމް،

ރިހި މެޑަލް - މުހައްމަދު ސުޖާއު އިސްމާއިލް، އަމްނާ އަހުމަދު އަބްދުﷲ،

ލޯ މެޑަލް - އިބްރާހިމް ހާޝިމް، މުހައްމަދު ޖުމާން އަހުމަދު، އައިޝަތު މާނިޔާ އާދަމް، އައިޝަތު ޔަމްނާ މުހައްމަދު.

ޕެރަލިމްޕިކްސް:

ރަން މެޑަލް - މުހައްމަދު އަލީ،

ރިހި މެޑަލް - އަބްދުލް ލަތީފް މުހައްމަދު،

ލޯ މެޑަލް - އަހުމަދު ފަޔާޒް، މުހައްމަދު އަލީ

ނުވަ އަހަރުން ދަށް:

ރަން މެޑަލް - މަރިޔަމް މިއާ މަމްދޫން، ލައިސް ބިން ހާމިދު،

ރިހި މެޑަލް - ކައިރާ ވާސިއު، އީސާ ލައިކް ބިން އަފްލާމް،

ލޯ މެޑަލް - ކައިނާ އާމިރު މުހައްމަދު، ރައުހު ރިމްޒާން އަބްދު ގަފޫރު، ޔަނޫފް ބިން މޫސާ، އިޒްޔާން ޝާފީ އަލީ.

އެގާރަ އަހަރުން ދަށް:

ރަން މެޑަލް - މީފާ ބިންތި މޫސާ (ސިންގަލްސް އާއި ޑަބަލްސް)، އަދިތުޔަރާޖު ޖާވިރު، އައިޝާ ހާޖަރު ހާނިސް މޫސާ (ސިންގަލްސް އިން ލޯ މެޑަލް)، ޔޫސުފް އަލަފް، ތިލާލް އިބްރާހިމް ވަހީދު،

ރިހި މެޑަލް - ރަޝީ ޖާވިރު، އިޒް އަލް ދީން (ފިރިހެން ޑަބަލްސް އިން ލޯ މެޑަލް)، އިރަމް އަބްދުލް މަތީން، އައިޝަތު ސިއެނާ މުހައްމަދު ސައީދު، ޝިޔާލް ޔަހުޔާ އަހުމަދު، އާކިން އައްސަދު އަލީ،

ލޯ މެޑަލް - އިލްވާ އަބްދުﷲ ޒައީމް، ޔޫސުފް އަލަފް، މަރިޔަމް މިއ މަމްދޫން، ދާނަ އަލީ ވިއާމް، އިބްރާހިމް ނާއިމް ނަޒީމް، ޒައިކް މުހައްމަދު އާމިރު، އައިޝަތު ޔޫދު ބިންތި އަލީ ރަޝީދު، ފާތިމަތު ނުރައިން ޒުހައިން، ޒުލްކިފްލި ހުސެއިން އަލީ، ނޫރު ރޫހު އުސައިދު މޫސާ

ތޭރަ އަހަރުން ދަށް

ރަން މެޑަލް - ވިހާން ދޭޝްމުކް (ޑަބަލްސް އިން ލޯ މެޑަލް)، ރިސިންޑި އަމުގޯޑާ އަރާޗީ (އަންހެން ޑަބަލްސް އާއި ސިންގަލްސް)، އައިޝަތު އަލާޔާ ނަދީމް، ޒައުލް ބިން އަހުމަދު މުމްތާޒް، މިރުސާލް ހުސެއިން މިރުޒާ.

ރިހި މެޑަލް - ލައިބާ އަހުމަދު މަހުލޫފް (15 އަހަރުން ދަށް އަންހެން ޑަބަލްސް އިން ރަން މެޑަލް)، މައީޝް މުހައްމަދު، ލައިސާ ޝަޒްވާން އަހުމަދު، އަޔޭޝާ ސާންޔާ ބިންތި އަފްރާހު (ސިންގަލްސް އިން ލޯ މެޑަލް)، ވިލަން ޝާފީ އަލީ، މުހައްމަދު ޔުއާން އަރަފާތު

ލޯ މެޑަލް - މަރިޔަމް ނިޔަމް ސާއިދު، ފަޒަލް ޝެއިހު (ސިންގަލްސް އާއި ޑަބަލްސް އިން ލޯ މެޑަލް) މިރުސާލް ހުސެއިން މިރުޒާ، ދެވަންސާ ދިސަނަޔަކޭ ޕެތުމީ ރަތުނަޔަކަ، އިލިއާނާ އަލީ ޝަފީގު، އާނާ އިބްރާހިމް ޝަހީދު، އުމަރު ބިން އަދީލް މޫސާ، މައީޝް މުހައްމަދު

ފަނަރަ އަހަރުން ދަށް

ރަން މެޑަލް - ޔަލްވީ ހުސެއިން ޒުހުރީ (ސިންގަލްސް އާއި ޑަބަލްސް އިިން ރަން މެޑަލް)، ވަރްޝިލް ޕަޓޭލް، އިޔާން އަބްދުލް މަމްދޫހު (ސިންގަލްސް އިން ރިހި މެޑަލް އާއި ޑަބަލްސް އިން ރަން މެޑަލް)، އަޔާން އަހުމަދު ނަދީމް،

ރިހި މެޑަލް - ހައްވާ ނައުރީން މުހައްމަދު، އަޒްކާ ރިލްވާން (ޑަބަލްސް އިން ރިހި މެޑަލް އަދި ސިންގަލްސް އިން ލޯ މެޑަލް)، އީލާފް މުހައްމަދު އިކުރާމް، ޔޫސުފް އީތާން ބިން ޝިފާޒް،

ލޯ މެޑަލް - ޔަޒާން ޔާސިރު މުހައްމަދު، އަލީ އާލިފް އަހުމަދު އަޝްރަފު، އައުފް ބިން ފަޒްލޫން (ސިންގަލްސް އާއި ޑަބަލްސް އިން ލޯ މެޑަލް)، ލާރާ މުހައްމަދު ލަތީފް، އައިޝަތު ރައިޝާ ޒާކިރު، ރިޝާމް އަބްދުލް ފައްތާހު، ސާރާ އައިނީ މުހައްމަދު، ޔަޒާން ޔާސިރު މުހައްމަދު، ޔޫސުފް ޝައިލް އިސްމާއިލް، އަހުމަދު އާކިލް މަސްއޫދު

ސަތާރަ އަހަރުން ދަށް

ރަން މެޑަލް - ކިޔާން އާދިލް މުހައްމަދު (ޑަބަލްސް އިން ލޯ މެޑަލް)، އަނަންޔާ ދޭޝްމުކް، އައިޝަތު ޔޫހާ އަހުމަދު (ޑަބަލްސް އިން ރަން މެޑަލް އާއި ސިންގަލްސް އިން ރިހި މެޑަލް)، އައިޝަތު އަމްނާ އަލީ އާމިރު

ރިހި މެޑަލް - އަބްދުﷲ ނައިހާން ބިން މުހައްމަދު ނަޝީދު، އައިޝަތު ފައުޒާ ފަރްޒޫން، އައިޝަތު އަމްރާ މުހައްމަދު، ވިދުލް ބިސިންދާރާ، މަފާޒް ޒައިން

ލޯ މެޑަލް - ޔުމްނު އިޝާގު މޫސާ، އައިމިނަތު ފަރްޒާ ފަރްޒޫން (ސިންގަލްސް އާއި ޑަބަލްސް އިން ލޯ މެޑަލް)، އަހުމަދު ފަލާހު ފަރްޒޫން، އައުމަދު އައުޒް އަފީފް (ސިންގަލްސް އާއި ޑަބަލްސް އިން ލޯ މެޑަލް)، އަނާތު މޫސާ، މަރިޔަމް ރައޫމް މޫސާ، ކަވިރް ޝަމްރަކޫން، ނަވީރު ޝަމްރަކޫން، އަހުމަދު ފަލާހު ފަރްޒޫން

ނަވާރަ އަހަރުން ދަށް

ރަން މެޑަލް - އައިޝަތު ޒޯޔާ ހުސެއިން (ސިންގަލްސް އާއި ޑަބަލްސް އިން ރަން މެޑަލް)، މުކޭޝް ޔަދާވަރު، އައިޝަތު ޔަސްނާ އަތޫފް (ސިންގަލްސް އިން ރިހި މެޑަލް އާއި ޑަބަލްސް އިން ރަން މެޑަލް)، ތަންމޭ ބަގަތު، މުކޭޝް ޔަދާވަރު،

ރިހި މެޑަލް - އާދަމް މަހީން މުހައްމަދު (ސިންގަލްސް އާއި ޑަބަލްސް އިން ރިިހި މެޑަލް)، އައިޝަތު ޔޫމީ އަލީ އަހުމަދު، އޮނެލީ ވިޖެސިންހޭ، އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހު

ލޯ މެޑަލް - މަރިޔަމް އީނާސް އިލްޔާސް (ސިންގަލްސް އާއި ޑަބަލްސް އިން ލޯ މެޑަލް)، އުލްވާ އަހުމަދު ޝިޔާޒް، އައްޔޫބް އަޒުހަރު މުހައްމަދު، އަހުމަދު އަހުނަފް މުހައްމަދު، އައިޝަތު އައިލީން ނަދީމް، ޝިފާއު ހުސެއިން، ވަރްޝިލް ޕަޓޭލް، އަހުމަދު އަޒާން އާދަމް ފައިސަލް، ޝިޒާން ސިރާޖު

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox