އާރާ އަށް ލިބުނު ބޮޑު އުފާ؛ އަމިއްލަ ގައުމުގައި ކާމިޔާބުހޯދުން

Dec 13, 2024, 8:23 AM
އާރާ އަށް ލިބުނު ބޮޑު އުފާ؛ އަމިއްލަ ގައުމުގައި ކާމިޔާބުހޯދުން

"އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން" 16 އަހަރުން ދަށުގެ ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދި އާރާ އާސާލް އާޒިމް އަށް ލިބުނު އެންމެ ބޮޑު އުފަލަކީ އަމިއްލަ ގައުމުގައި މި ކާމިޔާބީ ހާސިލްކުރެވުން ކަމަށް ބުނެފި އެވެ.

އަންހެން ސިންގަލްސްގައި އާރާ ނުކުތީ ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާ އެކު، އާރާ ވަނީ 6-0 އިން ކުރިހޯދައިފަ އެވެ. ދެ ވަނަ ސެޓުގައި ނަޔާރާ ކުޅުން ރަނގަޅުކޮށް ކޮންމެ ވެސް ވަރެއްގެ ފައިޓެއް ވަނީ ދީފަ އެވެ. އާރާ މި ސެޓުން ކުރިހޯދީ 6-4 އިންނެވެ.

"ފައިނަލް ދިޔައީ ދެ ވަނަ ސެޓު ވަރަށް ކައިރިން، ދެން، ނަޔަރާ ވެސް ވަރަށް މޮޅަށް ކުޅުނު، ވަރަށް ހިތްހަމަޖެހޭ ފައިނަލް ކުރިއަށް ދިޔަ ގޮތް، ކާމިޔާބު ލިބުނީމަ ވަރަށް އުފާވެއްޖެ، ދެން، ރާއްޖޭގައި ބޭރު ގައުމުގެ ކުދިން އައިސް ހުރި މުބާރާތެއްގައި މޮޅުވީމަ ވަރަށް އުފާވެއްޖެ،" ފައިނަލް މެޗަށް ފަހު ދިން އިންޓަވިއުއެއްގައި، އާރާ ބުންޏެވެ.

އާރާ ބުނީ، އޭޓީއެފް ލެވަލްގެ މުބާރާތެއް އަމިއްލަ ގައުުގައި ކުޅެލަން ލިބުން މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެއީ، އަންނަން ދެން އޮތް ޒުވާން ޖީލަށް މީގެ އިން އޮތް ފުރުސަތު ބޮޑު ކަމަށާއި ލޯކަލް ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން ބަލާއިރު ވެސް މިއީ ވަރަށް ރަނގަޅު މުބާރާތެއް ކަމަށް އާރާ ފާހަގަކުރި އެވެ.

ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ މެޗެއްގެ ތެރެއިން އާރާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަދި މި މުބާރާތުން ބޭރު ގައުމުތަކުގެ މޮޅު ކުދިންގެ ލެވަލްގެ ކުޅުން ބަލާލަން ވެސް ފުރުސަތު ލިބޭ ކަމަށް އާރާ ވަނީ ބުނެފަ އެވެ.

އިންޓަނޭޝަނަލް ޖޫނިއާ ލެވަލްގެ ގިނަ މުބާރާތްތަކެއްގައި މީގެ ކުރިން ކާމިޔާބު ހޯދައި، ރާއްޖޭގެ ގައުމީ މުބާރާތުގެ ސިންގަލްސްގެ ޗެމްޕިއަންކަން ވެސް ހޯދި އާރާ ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

"އިތުރަށް ކަންކަން ރަނގަޅުުކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭ އަދިވެސް، އަދިވެސް އެބަހުރި ވަރަށް ބައިވަރު ކަންތައްތައް ރަނގަޅުކުރަން ކުރިއަށް އޮތް މުބާރާތްތަކަށް މި މުބާރާތުން ދަސްކޮށްގެން ކުރިއަށް ދިއުން އޮތީ، މި މުބާރާތުން ބަލާއިރު،" މި މުބާރާތަށް ބަލާއިރު ދެން ކުރިއަށްދާން ވިސްނާ ގޮތާ ބެހޭގޮތުން އާރާ ބުންޏެވެ.

ނަޔާރާ ބުނީ ފައިނަލްގައި އާރާއާ ދެކޮޅަށް ކުޅެން ޖެހުމުން، "ވަރަށް އިމޯޝަނަލް ކަންތައްތަކެއް" އައި ކަމަށެވެ.

"މެޗުދިޔަ ގޮތުން ބެލެވުނީ މިއީ އަހަރެންގެ ނަސީބު އޮތް ދުވަހެއް ނޫނޭ. ޔަގީނުން ވެސް ކުރިއަށް އޮތް މެޗުތަކުގައި ވަރަށް ރަނގަޅަށް ކުޅެވޭނެ ކަމުގެ އިތުބާރު އެބައޮތް،" ނަޔާރާ ބުންޏެވެ.

"ކެރިއަރަށް ބަލާއިރު، މި ގޮތަށް މާލޭގައި ރަނގަޅު ލެވަލްގެ މުބާރާތްތައް ކުޅެން ލިބުމުން ރޭންކިންގައި ކުރިއަށް ދިއުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެ. މީގެ އެންމެ މުހިންމު ކަމަކީ ފޯކަސް ބެހެއްޓުން، ކުރިއަށް އޮތް ސެޓަށް، ކުރިއަށް އޮތް މެޗަށް، ދެން ކުރިއަށް އޮތް މުބާރާތަށް،"

އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާރާ އާއި ނަޔާރާގެ ޕެއާ އިންނެވެ. ފައިނަލުގައި އާރާ އާއި ނަޔާރާގެ ޕެއާ އިން ނުކުތީ، ހޮން ކޮންގްގެ އައިޝަތު ކަރީން ސައިޒާން އާއި ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ ދެކޮޅަށެވެ. އާރާ އާއި ނަޔާރާގެ ޕެއާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-3، 6-4 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox