އާރާ، އޭޓީއެފް ޖޫނިއާ މޯލްޑިވްސް އޯޕަންގެ ވެސް ފައިނަލަށް

Dec 19, 2024, 6:40 PM
އާރާ، އޭޓީއެފް ޖޫނިއާ މޯލްޑިވްސް އޯޕަންގެ ވެސް ފައިނަލަށް

މިހާރު ކުރިއަށްދާ "އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން" ދެ ވަނަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިން، އާރާ އާސާލް އާޒިމް ޖާގަ ހޯދައިފި އެވެ.

އާރާ ވަނީ މީގެ ކުރިން، މި މަހު ބޭއްވި އޭޓީއެފް މޯލްޑިވްސް އޯޕަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި، އޭޓީއެފް ޖޫނިއާ އޯޕަންގެ ސެމީ ފައިނަލުގައި އާރާ މިއަދު ނުކުތީ ރާއްޖޭގެ އައިޝަތު ކެރިން ސައިޒާންއާ ދެކޮޅަށެވެ. އާރާ މި މެޗުން މޮޅުވީ، 6-2، 6-1 އިންނެވެ. މާދަމާ ކުޅޭ ފައިނަލް މެޗުގައި އާރާއާ ދެކޮޅަށް ނުކުންނާނީ ހޮންގް ކޮންގްގެ ހުއި ލަމް އެލާ ވޯންގް އެވެ. އޭނާ ވަނީ ސެމީ ފައިނަލްގައި، ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާ އަތުން 6-3، 6-4 އިން މޮޅުވެފަ އެވެ.

ފައިނަލް މެޗުގައި، އާރާ އާއި އެލާ ވޯންގް ބައްދަލުކުރާއިރު، ތިން ވަނަ ހޮވާ މެޗުގައި، ކެރިން ކުޅޭނީ އަރްޒާންއާ ދެކޮޅަށެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގައި ސްރީ ލަންކާގެ ދެ ކުޅުންތެރިންނެވެ. އެއީ، ކުބެރާނޭ މަޔޫރާން އާއި އަޝްލިން ޑި ސިލްވާ އެވެ.

އަންހެން ޑަބަލްސް ފައިނަލުގައި، ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރު އާއި ނީމް އަހުމަދު ސަލީމްގެ ޕެއާ ބައްދަލުކުރާނީ ކަޒަކްސްތާންގެ އަރްޒާން އާއި ރާއްޖޭގެ ކެރިންގެ ޕެއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox