އާރާގެ އުންމީދު؛ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ގިނަވެ، ކާމިޔާބީގެ މަގުން ކުރިއަށްދިއުން

އާރާގެ އުންމީދު؛ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ގިނަވެ، ކާމިޔާބީގެ މަގުން ކުރިއަށްދިއުން

ރާއްޖޭގައި ބޭއްވި އޭޓީއެފް ދެ މުބާރާތް، މޯލްޑިވްސް އޯޕަންގެ ސިންގަލްސް ބައި ކާމިޔާބުކުރި އާރާ އާސާލް އާޒިމް އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ބައިނަލްއަގްވާމީ ޓެނިހުގެ ގިނަ މުބާރާތްތައް ބޭއްވިގެންދާއިރު، އިތުރު ކާމިޔާބީ ހޯދުމަށް ކަމަށް ބުނެފި އެވެ.

އާރާ ވަނީ މި މަހު ރާއްޖޭގައި ބޭއްވި "އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން" ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ފުރަތަަމަ މުބާރާތުގެ ފައިނަލުގައި، ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ކުޅެގެން އާރާ މޮޅުވީ، 6-0، 6-4 އިންނެވެ. ދެ ވަނަ މުބާރާތުގެ ފައިނަލުގައި ހޮންގް ކޮންގްގެ ހުއި ލަމް އެލާ ވޯންގްއާ ކުޅެގެން މޮޅުވެފަ އެވެ. މިއީ މި ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިއަކު ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

މި ކާމިޔާބީ އަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އާރާ ބުނީ ގާތްގާތުގައި ބޭއްވި މި އޭޓީއެފްގެ ދެ މުބާރާތް ކާމިޔާބުކުރުމަކީ، މިއީ އޭނާގެ ކެރިޔަރުގައި މިހާތަނަށް ބެލިޔަސް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

"އަސްލު ހަގީގަތުގައި ފުރަތަަމަ ހަފްތާގެ މުބާރާތަށް ވުރެ ދެ ވަނަ ހަފްތާގެ މުބާރާތް ޕާފޯމަންސަށް ބަލާއިރު ވަރަށް ރަނގަޅުކުރެވިފައި ވަނީ،" އާރާ ބުންޏެވެ.

މީގެ ކުރިން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު ޓެނިސް އަންހެން ކުޅުންތެރިއަކަށް ހޮވުނު އާރާ ބުނީ ފުރަތަމަ މުބާރާތުން ފެށިގެން ދުވަހުން ދުވަހަށް ކުޅުން ރަނގަޅު ކުރެވުނު ކަމަށާއި, އޭގެ ނަތީޖާ އަކީ ފައިނަލަށް ތައްޔާރުވެވުން ކަމަށެވެ.

"މިއީ ލިބުނު ބޮޑު ހިތްވަރެއް. މިއީ ވަރަށް ބޮޑު މޯޓިވޭޝަނެއް ހަގީގަތުގައި ކުރިއަށް އޮތްތަނުގައި މިއަށްވުރެ ރަނގަޅަށް މަސައްކަތްކޮށް އިތުރު ކާމިޔާބީތައް ހޯދަން، ދެން އޮތް ލެވަލަށް ދާން،" އާރާ ބުންޏެވެ.

އާރާ ބުނީ އަމިއްލަ ގައުމުގައި ބޭރުގެ ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު ވާދަކޮށްލަން ލިބުނު ފުރުސަތަކީ މުޅިން އައު ތަޖުރިބާއެއް ކަމަށެވެ. އަދި މި ތަޖުރިބާގެ އަލީގައި ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް އިތުރު ކާމިޔާބީ އަމިއްލަ ގައުމުގައި ހޯދަން ބޭނުންވާ ކަމަށް ވެސް އާރާ ބުނެފައިވެ އެވެ.

"މިއީ އަމިއްލަ ގައުމުގައި މި ގޮތަށް ބޭއްވުނު ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް. މި ތަޖުރިބާ އިން ވަރަށް ބޮޑަށް ކުރިއަށް އޮތްތަނުގައި ވަރަށް ބޭނުންހިފޭނެ މުސްތަގުބަލުގައި އޮތް މުބާރާތްތަކުގައި، އަހަންނަށް ޔަގީންވޭ ރާއްޖޭގައި އިތުރު އިންޓަނޭޝަނަލް މުބާރާތްތަކެއް މުސްތަގުބަލުގައި ބާއްވާނެ ކަމުގެ، ކެތްމަދުވެފައި މި ހުރީ އެ މުބާރާތްތަކުގައި ކުޅެލަން ވެސް،" އާރާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox