އޭޓީއެފް މޯލްޑިވްސް އޯޕަން: 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އާރާ އަށް

Dec 12, 2024, 7:13 AM
16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އާރާ.--- ފޮޓޯ: އިމޭޖަސް.އެމްވީ

16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އާރާ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި މިހާރު ކުރިއަށްދާ "އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން" ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް 16 އަހަރުން ދަށުގެ ޗެމްޕިއަންކަން، އާރާ އާސާލް އާޒިމް ހޯދައިފި އެވެ.

މާލޭ ޓެނިސް ކޯޓުގައި މިއަދު ކުޅުނު 16 އަހަރުން ދަށުގެ އަންހެން ސިންގަލްސްގައި އާރާ ނުކުތީ ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާ އެކު، އާރާ ވަނީ 6-0 އިން ކުރިހޯދައިފަ އެވެ. ދެ ވަނަ ސެޓުގައި ނަޔާރާ ކުޅުން ރަނގަޅުކޮށް ކޮންމެ ވެސް ވަރެއްގެ ފައިޓެއް ވަނީ ދީފަ އެވެ. އާރާ މި ސެޓުން ކުރިހޯދީ 6-4 އިންނެވެ.

ފައިނަލް މެޗަށް ފަހު، އާރާ ބުނީ، އަމިއްލަ ގައުމުގައި ކުޅުނު އޭޓީއެފް މުބާރާތަކުން މި ލިބުނު ކާމިޔާބާ އެކު ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ލިބިގެންދިޔަ ކަމަށެެވެ. އަދި ޔަގީންކަމާ އެކު ފައިނަލް މެޗަށް ނުކުމެ ކުރި މަސައްކަތުން ކާމިޔާބު ލިބުނީ ކަމަށާއި މިއީ، ކުރިއަށް ހުރި މުބާރާތްތަކަށް ކަންކަން ދަސްކުރަން ބަލާއިރު ވެސް މުހިންމު ކާމިޔާބެއްގެ ގޮތުގައި އާރާ ވަނީ ފާހަގަކޮށްފަ އެވެ.

ސޯޅަ އަހަރުން ދަށުގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ހާޝް ޕަޓޭލް ބަލިކޮށް އިންޑޮނޭޝިއާގެ ޔޯކިމް މިކާ ގުނަވަން އެވެ.

އޭޓީއެފް މޯލްޑިވްސް އޯޕަން މުބާރާތުގެ އަންހެން ޑަަބަލްސް ފައިނަލުގައި، މިއަދު އާރާ އާއި ނަޔާރާގެ ޕެއާ ބައްދަލުކުރާނީ ހޮން ކޮންގްގެ އައިޝަތު ކަރީން ސައިޒާން އާއި ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ އެވެ. އެ މެޗު ކުޅޭނީ މިއަދު ހަވީރު އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން, ކަޒަކިސްތާން, ޗައިނާ, އިންޑިއާ, އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ފެނިގެންދިޔަ އެވެ. ޖުމްލަ އެކު، މި ގައުމުތަކުން 30 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox