މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ނަޝީދު ވެސް ދެކޮޅު، ގޮވާލީ ބިލު ބޭރުކޮށްލަން

ކުރީގެ ރައީސް ނަޝީދު، ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ: މީޑިއާ ނެތިކޮށްލާ ބިލު ތަސްދީގުނުކުރަން ރައީސް އަރިހުްނ އެދިވަޑައިގަތް --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ނަޝީދު، ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ: މީޑިއާ ނެތިކޮށްލާ ބިލު ތަސްދީގުނުކުރަން ރައީސް އަރިހުްނ އެދިވަޑައިގަތް --- ފޮޓޯ: ރައީސް އޮފީސް

މީޑިއާތަކުގެ ހުއްދަތައް ހިފަހައްޓައި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ، އެ ބިލު ތަސްދީގުނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިން ތެދުވެ މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައި އެމަނިކުފާނު ވެސް ބިލާ ދެކޮޅުކަން ހާމަކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓު ފެއްޓެވީ ތިމަން މަނިކުފާނަކީ ލިޔުންތެރިއެއް އަދި ފާޅުކުރި ހިޔާލުތަކާ ގުޅިގެން ޖަލު ބަންދުގައި ދުވަސްތައް ހޭދަކުރަން ޖެހުނު މީހެއް ކަމަށް ފާހަގަކުރައްވަމުންނެވެ.

"ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރަކުން ހުރަސްއަޅާ ކޮންމެ އެޅުމުން ގައުމެއްގެ މިނިވަންކަމާއި ތަނަސްވަސްކަން ހީނަރުވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން ކުރިން މީޑިއާގައި ހަރަކާތްތެރިވި މީހުންނާއި މިހާރުގެ ނޫސްވެރިންނާއި އާންމުންގެ ތެރެއިން ވެސް އަންނަނީ މި ބިލާ ދެކޮޅުކަން ހާމަކުރަމުންނެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ބިލު ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީގެ ގިނަ މެންބަރުންގެ ވާހަކަަތައް ހުރީ ބިލު ފާސްކުރާ ގޮތަށެވެ. ނަމަވެސް ކަންބޮޑުވުމެއް އޮތް ނަމަ ކޮމިޓީ މަރުހަލާގައި އެކަންކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވާހަކަ ދެއްކި މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް ބިލާ މެދު ބައެއް މެންބަރުންގެ ހުރި ވިސްނުމާއި ދެއްކި ވާހަކަތަކާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ސަމާލުކަން ލިބުނީ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވި ވާހަކައަށެވެ.

ފަލާހުގެ މި ވާހަކަތަކަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައިވާއިރު، ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނޫސްވެރިން ކުރެން ފަލާހު މަައާފަށް އެދެން ޖެހޭ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox