ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއު ވެސް ފެއިލް ވަނީ; ފައިސާ ނުލިބޭތީ ޑްރެޖަރު ފުރައިފި

Aug 16, 2025, 1:13 AM
ރަސްމާލެ ހިއްކަން ބޭނުންކުރި ޑްރެޖަރު. -- ފޮޓޯ: އަދަދު

ރަސްމާލެ ހިއްކަން ބޭނުންކުރި ޑްރެޖަރު. -- ފޮޓޯ: އަދަދު

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރި ޑްރެޖަރު ސަރުކާރުން ފައިސާ ނުދޭތީ މަސައްކަތް ހުއްޓައިލުމަށް ފަހު ހިނގައްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރު 3، 2024 ގައި ސަރުކާރުން ހަވާލު ކުރީ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާއި ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް މޯހަން މުތާއިން ކުރަމުން ދިޔައީ ނެދާލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ކިޔާ ކުންފުންޏެއްގެ ޑްރެޖަރެއް ބޭނުން ކޮށްގެންނެވެ. ވެން އޫޑްގެ ޑްރެޖަރަށް ދޭންވާ ފައިސާ މޯހަން މުތާއިން ދީފައި ނުވަނީ ސަރުކާރުން މޯހަން މުތާއަށް ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވެ އެވެ.

Advertisement

އެކަމާ ގުޅޭގޮތުން ވާހަކަދެއްކި ސަރުކާރުގެ ބައެއް އޮފިޝަލުން ބުނީ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ފައިސާ ދޫކުރުން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނީ، ދޭންޖެހޭ ފައިސާ ދޫކޮށް އެތަން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭތޯ މަސައްކަތަ ކުރަމުން ދަނީ،" ސަރުކާރުގެ އޮފިޝަލް ބުންޏެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސެޕްޓެމްބަރު 18، 2023 ގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.

ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އާއި ހުޅުމާލެއިން 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިގު މުއްދަތަށް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާ ނިންމަން ކަނޑައެޅި އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ 2.5 ޕަސެންޓެެވެ.

ސީއެމްސީސީ އާއެކު ހެދި އެއްބަސްވުން ބާތިލުކުރުމަށްފަހު އެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލޯނެއް ނަގައިގެންނެވެ. ނަމަވެސް އެ ލޯނާ ބެހޭ އެއްވެސް މައުލޫމާތެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

ނަގާ ލޯނުގެ އަދަދު ކަށަވަރު ނުވިޔަސް ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެންވެސް ހަރުދުވާނެ،" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން މި މަޝްރޫއަށް ނަގާ ލޯނަކީ އެންމެ މަދުން ނަމަވެސް 500 މިލިއަން ޑޮލަރުގެ ލޯނަކަށް ވާނެ އެވެ.

މޫސުން

  • ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު.
  • ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލަށް. އެހެން ހިސާޞުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް. އަދި ވިލާގަނޑުގައި 35 މޭލަށް.
  • ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ.
  • ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 5 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:48
  • އިރުއަރާ 06:01
  • މެންދުރު 12:14
  • އަޞްރު 15:28
  • މަޣްރިބް 18:20
  • ޢިޝާ 19:33

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox