ސިފްކޯ ފްލެޓު ޕްރޮޖެކްޓު ނޫމަޑިއަށް ދޭން އެންގީ އޭރުގެ ސަރުކާރާއި ސިފައިންގެ ލީޑާޝިޕުން: އޮޑިޓު

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (ކ-4) އާއި ކުރީގެ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމް (ވ-3): މި މަސައްކަތް ނޫމަޑިއާ ހަވާލުކުރި ދުވަސްވަރު ސަރުކާރާއި ސިފައިންގޭގެ ލީޑާޝިޕުގައި ތިއްބެވީ މި ބޭފުޅުން -- ފޮޓޯ: އެމްއެންޑީއެފް

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (ކ-4) އާއި ކުރީގެ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމް (ވ-3): މި މަސައްކަތް ނޫމަޑިއާ ހަވާލުކުރި ދުވަސްވަރު ސަރުކާރާއި ސިފައިންގޭގެ ލީޑާޝިޕުގައި ތިއްބެވީ މި ބޭފުޅުން -- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ހިޔާ ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ ހަވާލުކުރީ އޭރުގެ ސަރުކާރާއި ސިފައިންގެ ލީޑާޝިޕުން އަންގައިގެން ކަމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބުނެފި އެވެ.

ސިފްކޯ ހިޔާގެ މަސައްކަތް ނޫމަޑިއާ ހަވާލުކުރުމުގައި ހިނގައިދިޔަ ކަންކަމުގެ މައުލޫމާތު ސިފްކޯއިން އޮޑިޓު އޮފީހާ ހިއްސާކުރި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން ހެދި އޮޑިޓަށެވެ. މި އޮޑިޓު ރިޕޯޓު އަދި ޝާއިއު ނުކުރި ނަމަވެސް އޮޑިޓު އޮފީހުން ވަނީ ސިފްކޯގެ މައްސަލަ ބަލަމުން އަންނަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއާ މި ރިޕޯޓު ހިއްސާކޮށްފަ އެވެ.

މި އޮޑިޓުގައިވާ ގޮތުގައި ސިފްކޯއިން ނޫމަޑިއާ މި މަސައްކަތް ހަވާލުކުރީ އިތުރު ބަޔެއްގެ ހުށަހެޅުމެއް ނުހޯދައި އަގުތައް ވަޒަން ނުކޮށް އަދި ހުށަހެޅުމެއް ހޯދަން ވެސް އެއްވެސް މަސައްކަތެއް ނުކޮށެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ސިފްކޯއިން ބުނީ އެ ކޯޕަރޭޓިވްގެ މެނޭޖުމަންޓު ބޯޑުން އެ ގޮތަށް ނިންމީ މިއީ ސިފައިންނަށް ނުހަނު ފައިދާ ބޮޑު މަޝްރޫއެއް ކަމަށް ބުނެ ސިފައިންގެ ލީޑާޝިޕުން އިރުޝާދު ލިބިގެން ކަމަށެވެ.

"މަޝްރޫއުގެ މަސައްކަތް ނޫމަޑިއާ ކުރުމަށް ފަށާފައި ވަނީ ސަރުކާރުންނާއި ސިފައިންގެ ހަޔާ ލީޑާޝިޕުން ސިފްކޯއަށް އެނގުމާ ގުޅިގެން، ސިފްކޯގެ މެނޭޖުމަންޓު ކޮމިޓީގައި މަޝްވަރާ ކުރެވިގެން ކަމަށާއި، އެ މަސައްކަތް ނޫމަޑިއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެ މަޝްރޫއަކީ ސިފައިންނަށާއި ސިފައިންގެ އާއިލާތަަކަށް ނުހަނު ފައިދާ ބޮޑު މަޝްރޫއެއް ކަމަށް އޭރުގެ ސަރުކާރަށާއި ސިފައިންގެ ހަޔާ ލީޑާޝިޕަށް ފެންނާތީ ކަމަށް،" ސިފްކޯގެ ސިޓީއަކާ ހަވާލާދީ އޮޑިޓުގައި ވެ އެވެ.

ނޫމަޑިއާ ހަވާލުކުރީ ތިން ޓަވަރެއްގައި 300 ހައުސިން ޔުނިޓު އިމާރާތްކުރުމަށެވެ. ދެ ފަރާތުން އެއްބަސްވީ ލަސްވެގެން މާޗު 28، 2014 ގައި ކޮންސްޓްރަކްޝަން މަސައްކަތް ފަށާށެވެ.

ނަމަވެސް މަސައްކަތު ސައިޓާ ހަމައަށް މެޝީނަރީ އާއި މަސައްކަތު ސާމާނާއި އެހެނިހެން ތަކެތި ސައިޓަށް ގެންދަން ނޫމަޑިން ފެށީ ވެސް އެ އަހަރުގެ އޮކްޓޫބަރުގައި ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އަދި ފުރަތަމަ ބްލޮކުގެ ފައުންޑޭޝަން މަސައްކަތް ފެށީ ފަށަން ބުނި ތާރީހަށް ވުރެ 13 މަސް ފަހުން، މެއި 23، 2015 ގައި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

އެއްބަސްވުމާ އެއްގޮތަށް ނޫމަޑިން އަމަލުކުރޭތޯ އާއި މަސައްކަތް ހިނގާތޯ ބަލަން ސިފްކޯއިން ރިވިއު ކޮމިޓީއެއް އެކުލަވާލަން ޖެހެ އެވެ. ނަމަވެސް ޖެނުއަރީ 27، 2016 ގައި އެއްބަސްވުން އުވާލުމާ ހަމައަށް ވެސް މި ބުނާ ރިވިއު ކޮމިޓީ އެކުލަވާލާފައިވާ ނުވެ އެވެ. މި ކަމުގައި ސިފްކޯއިން ބުނީ ރިވިއު ކޮމިޓީ އެކުލަވާނުލިޔަސް އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުން ބޭނުންކޮށްގެން އެ މަސައްކަތް ކުރަމުން ދިޔަ ކަަމަށެވެ.

ފްލެޓު އެޅުމުގެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ސިފްކޯއަށް ދިން 165 މިލިއަން ރުފިޔާ އާއި ފްލެޓުތަކުގެ ޑައުންޕޭމަންޓަށް ސިފައިން ދެއްކި 25 މިލިއަން ރުފިޔާ ހިމެނޭހެން، 191 މިލިއަން ރުފިޔާ ނޫމަޑިއަށް ދިނެވެ. މީގެ ތެރެއިން 89 މިލިއަން ރުފިޔާ ހަވާލުކުރީ، ނޫމަޑިން އެއްވެސް މަސައްކަތް ފެށުމުގެ ކުރިންނެވެ.

އޮޑިޓަރުން ވަނީ އެއްވެސް ގެރެންޓީއެއް ނުބަހައްޓައި، ނޫމަޑިއަށް ފައިސާ ދޫކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން މަސައްކަތް ފެށުމުގެ ކުރިން ފައިސާ ދީފަ އޮތުމުން، މަސައްކަތް ނުހިނގާ އޮތީ ސިފްކޯއިން ދައްކަން ޖެހޭ ފައިސާއެއް އޮވެގެން ނޫން ކަން އެނގޭ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

އެއްބަސްވީ ގޮތަށް މަސައްކަތް ނުހިނގާތީ ސިފްކޯއިން ވަނީ 2016 ގައި އެއްބަސްވުން ބާތިލުކޮށްފަ އެވެ. މި ޓާމިނޭޝަން އެގްރީމަންޓުގެ ދަށުން ސިފްކޯއަށް 92 މިިލިއަން ރުފިޔާ ދައްކަން ނޫމަޑިން އެއްބަސްވެ، ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ފައިސާ ދައްކަން ޑޭޓަޑް ޗެކުތަކެއް ދިނެވެ. މި ފައިސާގެ ތެރެއިން ލިބުނީ ކިހާ ވަރެއްކަން ކޮމިޓީގައި ހިއްސާކުރި މައުލޫމާތުން ސާފެއް ނުވި އެވެ.

އޭގެ ފަހުން އޮގަސްޓު 25، 2019 ގައި ދިވެހި ސަރުކާރާއި ނޫމަޑިއާ ހެދި އެއްބަސްވުމުގެ ދަށުން ނުލިބި ހުރި ފައިސާ ސެޓްލްކޮށް، ނޫމަޑިން ސިފްކޯއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ކަނޑައަޅާފައި ވެ އެވެ.

ނޫމަޑިއާއެކީ ދިވެހި ސަރުކާރުން ހެދި 55 މިލިއަން ޑޮލަރުގެ ސެޓްލްމަންޓު އެއްބަސްވުމަކީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓު މައްސަލައިގައި ޖީއެމްއާރަށް ދޭން ޖެހުނު 250 މިލިއަން ޑޮލަރު ނަގާފައި އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނު އެއްބަސްވުމެވެ. މި ބަދަލު ދޭން ޖެހުނީ ރަށްރަށުގައި ހައުސިން ޔުނިޓު އިމާރާތްކުރަން ހެދި އެއްބަސްވުންތައް ބާތިލުކުރި މައްސަލައިގަ އެވެ.

ނޫމަޑިއާއެކު ވީ އެއްބަސްވުން އުވާލީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ބަޔާން ދިނީ ރައީސް މުއިއްޒު އެވެ. އޭގެ ކުރިން ދީފައި އޮތް ބަޔާން ބަދަލުކޮށް، ނޫމަޑިއަށް މަންފާވާ ގޮތަށް ބަޔާން ދިން ސަބަބާ ގުޅޭގޮތުން މަޖިލީހުން ކުރި ސުވާލުތަކަށް މުއިއްޒު ޖަވާބު ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox