ޒަކިއްޔާގެ މަރު: ދައުވާކުރަން ހުށަހެޅި ފުލުހުންގެ މައުލޫމާތު ހާމަ ކުރަން އެންއައިސީން ދެކޮޅު ހަދަނީ

އެންއައިސީގެ ރައީސް ގާސިމް އަބްދުލް ކަރީމް: ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވިގެން ދައުވާކުރަން ހުށަހެޅި ހަ ފުލުހުންގެ މައުލޫމާތު ދިނުމަށް ވަނީ ދެކޮޅު ހަދާފައި

އެންއައިސީގެ ރައީސް ގާސިމް އަބްދުލް ކަރީމް: ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވިގެން ދައުވާކުރަން ހުށަހެޅި ހަ ފުލުހުންގެ މައުލޫމާތު ދިނުމަށް ވަނީ ދެކޮޅު ހަދާފައި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10، ގައި ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ ތަހުގީގުގައި އިހުމާލުވި ކަމަށް ބެލެވޭ ފުލުހުންގެ މައުލޫމާތު ހާމަ ކުރަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދެކޮޅު ހަދައިފި އެވެ.

ތަހުގީގުގައި އިހުމާލުވި ކަމަށް ބެލެވޭ ހަ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންއައިސީ އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ ފުލުހުންގެ މައުލޫމާތު ހޯދަން އަދަދު އިން އެ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމްއަށް ގުޅުމުން އެ މައުލޫމާތު ދިނުމަށް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.

އެންއައިސީން މައުލޫމާތު ދިނުމަށް ގެންގުޅޭ އުސޫލުގެ ދަށުން ދައުވާކުރާ ފުލުހުންގެ މައުލޫމާތު ހޯދަން އެ ކޮމިޝަނަށް މި ނޫހުން އީމެއިލް ކުރުމުން ވެސް އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވޭތޯ އެންއައިސީން އިސް ނަގައިގެން ތަހުގީގުކުރަން ފެށީ އެފަދަ ތުހުމަތުތަކެއް ފެންމަތިވުމުންނެވެ.

އެންއައިސީން ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ ހަމައިން ފުލުހުން މައްސަލައިގައި ސީންއަށް އެޓެންޑްވެ، މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައިފަ އެވެ.

ޕީޖީގެ ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ހޯދުންތައް ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވީއެންމެ އަވަހަށް ދައުވާ ކުރުމާމެދު ޕީޖީން ގޮތެއް ނިންމާނެ ކަމަށެވެ.

"ފައިންޑިންގްސް އެބައިން ހުށަހަޅާފައި. ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ. ވީއެންމެ އަވަހަކަށް. މައްސަލައިގެ ބާވަތަށް ބަލާއިރު ސީރިއަސްކޮށް ބަލާނެ. ދައުވާ ކުރުމާ ސީރިއަސްކޮށް އެބަ ވިސްނަން. ހަ ފުލުހަކަށް އެބަ ތުހުމަތު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެންއައިސީން ފުލުސް އޮފިސަރުންނަށް ކުރާ ތުހުމަތުތަކަކީ:

  • ރަސްމީ ވާޖިބު އަދާކުރުމުގައި ކުރަން އެކަށީގެން ނުވާ އަމަލެއް ކުރުން
  • ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން
  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
  • ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަަސްއެޅުން

ޒަކިއްޔާގެ މަރުގެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހަދަން އޭނާގެ އާއިލާއިން ވަނީ ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ. އެ މައްސަލައިގައި ފުލުހުން ދައްކަނީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއް ކަމަށް އާއިލާއިން ބުނެ އެވެ.

ޒަކިއްޔާ ދިރިއުޅެމުން އައި ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ކަރުގައި ހުރި ފުން ޒަހަމްތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި 10 ސެންޓިމީޓަރާއި ނުވަ ސެންޓިމީޓަރާއި ހަތް ސެންޓިމީޓަރާއި ފަސް ސެންޓިމީޓަރުގެ ޒަހަމް ހުއްޓެވެ. ފުލުހުން ބުނީ އެއީ ޒަކިއްޔާ އަމިއްލައަކަށް ވަޅިއަކުން ކަރަށް ދިން ހަމަލާތަކެއްގެ ސަބަބުން ލިބުނު ޒަހަމްތަކެއް ކަަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތައް ހުރި ނަމަވެސް އޭނާގެ އޮޓޮޕްސީއެއް ހަދާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ފަހުން ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ތަހުގީގު ރިޕޯޓާއި އިނގިރޭސިވިލާތުގައި ތަހުގީގުކުރާ ކޯސްތަކުގެ ކިޔަވަދޭ މީހުންގެ ރިޕޯޓުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ކުރި ތަހުގީގުގެ ރިޕޯޓުން ވެސް ދައްކާ ގޮތުގައި ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox