ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި ސާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި ހަސަން ސާބިރު -- ފޮޓޯ: ރައީސް އޮފީސް

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި ހަސަން ސާބިރު -- ފޮޓޯ: ރައީސް އޮފީސް

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި، ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ހަސަން ސާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި އެވެ.

ސާބިރުގެ މޫނުދެއްކުން އޮތީ އިސްލާމީ މަރުކަޒުގަ އެވެ. އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި ފަސްދާނުލީ ގަލޮޅު ސަހަރާގަ އެވެ.

ސާބިރު، 73، އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި ސާބިރު ގެންދެވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. އަވަހާރަވީއިރު، ދުނިޔޭގައި ސާބިރުގެ ދެ ބޭފުޅުން އެބަ ތިއްބެވި އެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.

ސާބިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ތިން ދުވަސްވަންދެން ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

އެމަނިކުފާނު ސަރުކާރުގެ ވަޒީފާއަކަށް އެންމެ ފުރަތަމަ ވެންނެވީ ފެބްރުއަރީ 7، 1973، ގަ އެވެ. އޭގެ ފަހުން، ފަތުރުވެރިކަމުގެ ދާއިރާ އާއި ފިޝަރީޒް އަދި ދަނޑުވެރިކަމުގެ ދާއިރާއިން ސާބިރު ވަނީ ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުގެ ގޮތުގައި އަދި 1998 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓަރުގެ ގޮތުގައި ހިމެނުއްވި އެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އިއުލާނު ކުރެއްވި ކެބިނެޓުގައި ވެސް ޓުއަރިޒަމް މިނިސްޓަރަކަށް ހަމަޖެއްސެވީ ސާބިރެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަ ކުރަން އެކި ގޮތްގޮތުން ސާބިރު މަސައްކަތްކޮށްދެއްވި އެވެ. އެގޮތުން، "ސަނީ ސައިޑް އޮފް ލައިފް" މޮޓޯ މުޅި ދުނިޔެއަށް އިސްތިހާރު ކުރުމުގައި އެމަނިކުފާނުގެ ރޯލު ބޮޑެވެ. އަދި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ގިނަ ކުރެއްވުމަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ.

ސާބިރު ވަނީ 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އއ. އަތޮޅުގެ މެންބަރުކަން ކުރައްވައިފަ އެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް ސާބިރު ބައިވެރިވެވަޑައިގަތެވެ.

ސާބިރު ވަނީ ހާރިޖީ ދާއިރާގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުގެކަމުގެ މަގާމާއި ސިންގަޕޫރު ސަފީރުކަމުގެ މަގާމާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމާއި ޖަޕާނު ސަފީރުކަމުގެ މަގާމުގައި އަދާ ކުރެއްވި އެވެ.

ދިވެހިރާއްޖެއަށް 2004 ވަނަ އަހަރު ސުނާމީއެއް އެރުމުން، ރާއްޖެއަށް ކޮންމެހެން ބޭނުންވި ބޭރުގެ އެހީ ހޯއްދެވުމަށް ސާބިރު އިސް ދައުރެއް އަދާ ކުރެއްވި އެވެ. އަދި ސިންގަޕޫރުގައި 2008 ވަނަ އަހަރު އަވަހާރަވި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ހަށިކޮޅު މާލެ ގެނައުމުގައި ވެސް ސާބިރު އެހީތެރިވެދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox