ހުލާސާކޮށް އިއްޔެ: ޓީއެމްއޭގެ މުވައްޒަފުން ހަޅުތާލުކޮށްފި ނަމަ ޓޫރިޒަމަށް ބޮޑު ގެއްލުމެއް

Jul 20, 2025, 1:03 AM
ޓީއެމްއޭގެ ބޯޓުތައް -- ފޮޓޯ: އަދަދު

ޓީއެމްއޭގެ ބޯޓުތައް -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމުމާ ގުޅިގެން، ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ހަޅުތާލު ކުރަން ނިންމައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، ޓީއެމްއޭއިން އެމްއޭސީއެލްއަށް ދައްކާ ބިމު ކުއްޔާއި ތެލުގެ އަގު ރުފިޔާއިން ގަބޫލު ކުރަން އެދުނު ކަމަށް، އެ މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ނަމަވެސް ސަރުކާރުން އެ ހުށަހެޅުން ބަލައިނުގަތެވެ. އެކަމުގެ ނަތީޖާއަކީ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މަޖުބޫރުވުން ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޓީއެމްއޭގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ޓީއެމްއޭގެ ބައެއް މުވައްޒަފުން ބުނީ އެ ކުންފުނިން އެއްބަސްވުން ހަދާފައި ވަނީ ޑޮލަރުން މުސާރަ ދޭ ގޮތަށް ކަމަށެވެ. މުސާރަ ރުފިޔާއަށް ބަދަލުކޮށްފި ނަމަ، އެއީ ޑޮލަރުގެ ރޭޓު މިހާރު ހުރި ވަރުން ނަމަ ބޮޑު ގެއްލުމެއް ކަމަށް މުވައްޒަފުން ގަބޫލު ކުރެ އެވެ.

"ބާރަ ހާސް ޑޮލަރުގެ މުސާރަ ލިބޭ ޕައިލެޓަކަށް ރުފިޔާއިން މުސާރަ ދޭނަމަ، 54،000ރ. ގެ ގެއްލުމެއް ލިބޭނެ،" އޭނާ ބުންޏެވެ.

ފަސްދޮޅުހަށްް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން އުޅެ އެވެ.

އެ މީހުންނަށް މުސާރަ ރުފިޔާއަށް ދޭން ޖެހިދާނެ ކަމަށް ބުނެ ޓީއެމްއޭގެ މެނޭޖުމެންޓުން މުވައްޒަފުންނަށް ފުރަތަމަ ސިޓީއެއް ފޮނުވީ މިދިޔަ ޖޫން 22، ވަނަ ދުވަހު އެވެ. އެއަށް ފަހު ޖޫން 30، ގައި ވެސް އެ މައުލޫއުގައި ސިޓީއެއް ފޮނުވި އެވެ.

މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ދަނީ ރާވަމުންނެވެ.

ޓީއެމްއޭގެ އޮޕަރޭޝަނަށް ބުރޫ އަރުވާލައިފި ނަމަ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ އެވެ. ސަބަބަކީ ފްލައިޓުތައް އުދުހުން ހުއްޓާލައިފި ނަމަ ރިސޯޓުތަކަށް ޓޫރިސްޓުން ގެންދިޔުމަށް ދަތިވާނެތީ އެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމަށް، އަދި ބްރޭންޑަށް ވެސް ބޮޑު ގެއްލުމެއް،" މި ނޫހާ ވާހަކަ ދެއްކި މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ޓީއެމްއޭގެ ޕައިލެޓުން އިއްޔެ ރޭ ވަނީ ބައްދަލުވުމެއް ބާއްވައި، ރުފިޔާއިން މުސާރަ ދޭން މެނޭޖްމަންޓުން ނިންމާފައި އޮތް ނިންމުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޓީއެމްއޭގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭންކަށް ފޮނުވާނީ މާދަމާ އެވެ. ނަމަވެސް މުސާރަ ދޭން މެނޭޖްމަންޓުން ނިންމާފައި ވަނީ ޑޮލަރުން ކަމެއް މިހާތަނަށް ޔަގީނެއް ނުވެ އެވެ.

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 20.20ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:44
  • އިރުއަރާ 06:01
  • މެންދުރު 12:16
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox