ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތްތައް 25 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް އެދި އެމްއޭސީއެލް އަށް ހުށަހެޅުމެއް ހުށަހަޅައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި އެއާޕޯޓަށް ޖައްސާ ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ މަސައްކަތެއް ހޯދަން އެދި އެމްއޭސީއެލްއަށް ހުށަހަޅާފައި ވަނީ ޑުބާއީގެ ޖެޓެކްސް ކުންފުނިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް މިހާރު ހިންގަމުން ދަނީ އެމްއޭސީއެލް އިންނެވެ.
އެ ހުށަހެޅުން އެންމެ ފުރަތަމަ އެމްއޭސީއެލްއަށް ފޮނުވީ މިދިޔަ އަހަރު ރައީސް އޮފީސް މެދުވެރިކޮށް ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ބުންޏެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:40
- އިރުއަރާ 05:58
- މެންދުރު 12:14
- އަޞްރު 15:38
- މަޣްރިބް 18:23
- ޢިޝާ 19:41











