ސަރުކާރަށް ޑޮލަރު މައްސަލަ ހައްލު ނުކުރެވުމުގެ ބުރަ އުފުލަން ރައްޔިތުންނަށް ޖައްސައިފި: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރަށް ޑޮލަރު މައްސަލަ ހައްލު ނުކުރެވުމުގެ ބުރަ ރައްޔިތުން އުފުލަން ޖައްސައިފި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރަށް ޑޮލަރު މައްސަލަ ހައްލު ނުކުރެވުމުގެ ބުރަ ރައްޔިތުން އުފުލަން ޖައްސައިފި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމުމަކީ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުނުކުރެވުމުގެ ބުރަ ރައްޔިތުން އުފުލަން ޖެއްސުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އިން ނަގަން ނިންމި ފީ އާއެކު ދޭހަވަނީ ޕީއެންސީގެ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖްގެ ސިޔާސަތުތައް ފެއިލްވެ، އެ ބުރަ ރައްޔިތުން އުފުލަން ޖެހޭ މަންޒަރު ކަމަށެވެ.

"ރަސްމީ މަލްޓިޕަލް އެކްސްޗޭންޖް ރޭޓް ސިސްޓަމެއް ތަންފީޒު ކުރުމުގެ މަރުހަލާއަށް އަޅުގަނޑުމެން ދިޔުމަކީ މިހާރު އޮތް ޕީއެންސީ ސަރުކާރު ފެއިލްވެފައިވާކަން ދޭހަކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ފުރުއްވި ފައްޔާޒް ވިދާޅުވީ ބީއެމްއެލް އިން ނަގާ 30 ޕަސަންޓުގެ ފީގެ ސަބަބުން އެކްސްޗޭންޖް ރޭޓު މަތިވެ، ރުފިޔާއަށް ޑޮލަރު ބަދަލު ކުރުމުގެ ޕެރެލަލް މާކެޓު ރަސްމީ ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ނުލިބެނީސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ގާބިލު އަދި ފަންނީ ބޭފުޅުންނާއި މަޝްވަރާކޮށް އެ ބޭފުޅުންގެ ލަފާ ހޯއްދަވައިގެން އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ވެސް ފައްޔާޒް ވަނީ ގޮވައިލައްވާފަ އެވެ.

ސަރުކާރުން 30 ޕަސަންޓުގެ ފީއެއް ނަގަން ނިންމި ސައިޓުތަކުގެ ލިސްޓުގައި މި ވަގުތަށް ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ހުރިހާ ސައިޓުތަކަކީ، ވަކިން ހާއްސަކޮށް ޝީއިން އާއި ޓީމޫއަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.

ބީއެމްއެލްއިން މި ބަދަލުތައް ގެނައިއިރު، ބޭންކަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މިހެން ހުންނަ ބޭރުގެ މަދު ސައިޓުތަކަކަށް ދައްކަން ޖެހުމަކީ ޑޮލަރު ތާށިކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox