ފަނޑިޔާރުންނަށް ކުރެވޭނެ އެހެން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް ދެނީ

ފަނޑިޔާރުންނަށް ކުރެވޭނެ އެހެން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް ދެނީ

ފަނޑިޔާރުކަން ފިޔަވައި، ފަނޑިޔާރުންނަށް ކުރެވިދާނެ އެހެނިހެން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

ފަނޑިޔާރުންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައި އޮންނަނީ ފަނޑިޔާރުންގެ ގާނޫނުގެ 44 ވަނަ މާއްދާގަ އެވެ. ފަނޑިޔާރުންނަށް ކުރެވޭނެ ކަންކަން ކަނޑައެޅުމުގެ ބާރު އެ މާއްދާއިން ޖޭއެސްސީއަކަށް ނުލިބެ އެވެ.

ނަަމަވެސް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް އަދި މަސައްކަތްތަކަށް ބުރޫނާރާނެ ކަމަށް "ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ" މަސައްކަތްތައް ކުރުން ހުއްދަވާނެ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތައް ހުށަހެޅީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. ފަނޑިޔާރުންނަށް ކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމުގެ އިތުރުން ބައެއް އެހެން ބޮޑެތި ބަދަލުތައް ވެސް އެ ގާނޫނަށް ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން، ފަނޑިޔާރުންނަށް ލިބިދޭ ބައެއް ބާރުތައް އުނި ކުރަން ވެސް ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި ކޯޓުތައް ހިންގުމަށް ބޭނުންވާ ގަވާއިދު ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުގައި ބުނާ ބައި އުނި ކުރުން ހިމެނެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޮޑު ބާރެއް ދިނުމަށް މަސައްކަތް ކުރާއިރު، އެ ކޮމިޝަނުން ދާދި ފަހުން ވަނީ ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖިލީހަށް ފޮނުވައިފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގެ ބާރު މިހާރު އޮންނަނީ ސަރުކާރުގެ އަތްމަތީގަ އެވެ. ކޮމިޝަނުގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެ ކޮމިޝަނުން އައްޔަން ކުރާ މެންބަރަކާއި ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ވަކީލުން އިންތިހާބު ކުރާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުން އިންތިހާބު ކުރާ ތިން މެންބަރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާގެ މައްޗަށް ތުހުމަތުތަކެއް އުފަންކޮށް މައްސަލަ ބެލީ ކޮމިޝަނުގެ އިޖުރާއަތުތަކާ ހިލާފަށެވެ. ޖޭއެސްސީ އިން ކުރިއަށް ގެންދިޔަ ތަހުގީގު ގާނޫނާ ހިލާފު ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވިދާޅުވި އެވެ. މަޖިލީހުން ނިންމީ އެ ދެ ފަނޑިޔާރުން ވަކި ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭނެ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ބަލަން ފެށުމުންނެވެ.

ތުހުމަތުތަކެއް އުފަން ކުރުމަށްފަހު ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލަ އަޑުއެހުމެއް ތާވަލުކޮށް މައްސަލަ ބަލަން ފަށަން ކުޑަތަންވެފައި އޮއްވަ އެވެ. އޭގެ ކުރިން، ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ގާނޫނާ ހިލާފަށް ވަކި ކުރަން މަޖުބޫރުވާނޭ ބިލެއް ވެސް މަޖިލީހުން ފާސް ކުރި އެވެ. އެކަމަކު އެ ބިލު ތަސްދީގުނުކޮށް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox