ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރަށް ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކޮށްފި

ފިނޭންސް މިނިސްޓްރީ ކުރިމަތިން ބަޔަކު ހިނގާފައި ދަނީ: ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރަނީ ފިނޭންސުން --- ފޮޓޯ: އަތޫފް އާތިފް/އަދަދު

ފިނޭންސް މިނިސްޓްރީ ކުރިމަތިން ބަޔަކު ހިނގާފައި ދަނީ: ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރަނީ ފިނޭންސުން --- ފޮޓޯ: އަތޫފް އާތިފް/އަދަދު

ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރުގެ މިހާތަނަށް ދޫކުރި ފައިސާ، މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރުވެފައިވާ ކަމަަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނިމުނު ހަފުތާގައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި، މި މަހުގެ 18، ގެ ނިޔަލަށް އިންވެސްޓްމަންޓުގެ ގޮތުގައި 886 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މި ހަރަދުތައް ކުރިއިރު، އިންވެސްޓުކުރަން މުޅި އަހަރަށް ބަޖެޓުކުރި 378 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހިފައިވާ އެއް ސަބަބަކީ، ސަރުކާރުން ރޭވި ގޮތަށް ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.

އެކަމަކު މި މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދެ އެވެ. އަދި ކުރިން އެއްކޮށްލަން ނިންމި ކުންފުނިތަކާ ގުޅޭ ނިންމުންތައް ބަދަލުކޮށް، ސަރުކާރަށް އުޅެނި ކުންފުނިތައް ރިފޯމްކުރާނެ އެންމެ ރަނގަޅު ފޯމިއުލާއެއް ދެނެނުގަނެވިގެންނެވެ.

ސަރުކާރުގެ އެސްއޯއީތައް ރިފޯމްކުރުމުގެ އެޖެންޑާގައި ހިމެނޭ ކަންކަން

  • ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް (އެމްއޭސީއެލް) އެއްކޮށްލުން
  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރުން
  • މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުން
  • ސްޓެލްކޯ ފަދަ ޔުޓިލިޓީގެ ކުންފުންޏަކާ ފެނަކަ އެއްކޮށްލުން
  • އެގްރޯނެޓް އުވާލުން

މި މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، އެއްކޮށްލަން ބުނި ކުންފުނިތައް އެއްކޮށްނުލެވޭ ތަނުގައި އުވާލަަން ބުނި ކުންފުންޏެއް އުވާ ވެސް ނުލަ އެވެ. އަދި ކުރިން އުވާލާނެ ކަމަށް ބުނި އެގްރޯ ނެޓު އުވާނުލަން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުން ޕްލޭނާ އެއް ގޮތަށް ނުދިޔަ ނަމަވެސް މި އަހަރު ލިބުނު އާމްދަނީއަށް ވުރެ ކުރި ހަރަދު ކުޑަ އެވެ. އެހެންވެ މި އަހަރު ފެށުނީއްސުރެން ހިފަހައްޓަމުން އަންނަ ބަޖެޓު ސާޕްލަސް އަދިވެސް އަންނަނީ ހިފަހައްޓަމުންނެވެ.

ބަޖެޓު ސާޕްލަސް ވަމުން އަންނަނީ ހަރަދު ކުޑަކުރަން ރޭވި ސިޔާސަތުތައް ތަންފީޒުކުރުމަށް ވުރެ ބޮޑަށް، މި އަހަރަށް ބަޖެޓު ކުރި ގިނަ ދާއިރާތަކުން ހަރަދު ކުރުން މަޑުޖައްސާލާފައި އޮތުމެވެ. ހަރަދުތައް އެންމެ ބޮޑަށް މަޑުޖައްސާލާފައިވާ ކަމަށް ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox