ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވީނުވީއެއް ނޭނގި މާލެއިން 300 އެއްހާ ބުޅާ ގެއްލިއްޖެ!

މާލޭގައި ދިރިއުޅުނު ބުޅާތަކެއް: ބުޅާ ބަލަހައްޓާ ޖަމިއްޔާއިން ތުހުމަތު ކުރަނީ ބަޔަކު ރޭވިގެން ބުޅާ ވަގަށް ނަގަނީ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ދިރިއުޅުނު ބުޅާތަކެއް: ބުޅާ ބަލަހައްޓާ ޖަމިއްޔާއިން ތުހުމަތު ކުރަނީ ބަޔަކު ރޭވިގެން ބުޅާ ވަގަށް ނަގަނީ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ވެރިކަން ކުރާ މާލޭގެ މަގުމަތީގައި ދިރިއުޅޭ 300 އެއްހާ ބުޅާ ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.

މާލެއިން ބުޅާ ގެއްލޭކަން ފާހަގަވީ މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށް، މާލޭގައި ދިރިއުޅޭ ބުޅާތަކުގެ ހާލު ބަލާ ޖަމިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަންގެ ރައީސް އަހުމަދު ވިޝަން އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"ބުޅާ ދިރިއުޅޭ ހުރިހާ ހިސާބަކުން ވެސް ދަނީ ބުޅާ ގެއްލެމުން. އެންމެ އާންމުކޮށް ބުޅާ އުޅޭ މޭރީ ބްރައުން ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯނާއި ސަލްމާން މިސްކިތް ކައިރި އާއި އެހެން ހިސާބުތަކުން އަދި މާލޭގެ އެހެން ތަންތަނުގައި އާންމުކޮށް އުޅޭ ވަރަށް ގިނަ ބުޅާ ކުއްލިއަކަށް ގެއްލިއްޖެ،" ވިޝަން ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި 1500 އަށް ވުރެ ގިނަ ބުޅާ ދިރިއުޅޭ ކަމަށް ވިޝަން ލަފާ ކުރައްވަ އެވެ. އޭގެ ތެރެއިން 300 އެއްހާ ބުޅާ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގެއްލިފައިވާ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. ބުޅާ ގެއްލޭ ސަބަބު އެއްގޮތަކަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް ވިޝަން ވިދާޅުވި އެވެ.

"އެކި މީހުން އެކި ވާހަކަ ދައްކަނީ. އަޅުގަނޑުމެން ތިލަފުށި ވެސް ބަލައިފިން. މާލޭގެ ބަޖިޔާ ގާތައް ވެސް ބަލައިފިން. ބަޔަކު ވަރަށް ބޮޑަށް ރޭވިގެން ނޫނީ މިހާ ގިނަ ބުޅާ ނުގެންދެވޭނެ. ތުހުމަތުތައް ގިނަ. އެކަމަކު ޔަގީނާއެކީ އެއްކަމެއް ވެސް ބުނާކަށް ނޭނގޭ. ބުޅާ އަމިއްލައަކަށް ނުދާނެ. މިއީ ބަޔަކު ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މޭރީ ބްރައުން ސަރަހައްދުގައި ގާތްގަނޑަކަށް 78 ބުޅާ ދިރިއުޅުނެވެ. އެކަމަކު މިހާރު އެ ސަރަހައްދުގައި އުޅެނީ 16 ވަރަކަށް ބުޅަލެވެ. މާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި 80 ބުޅާ ކުރިން ދިރިއުޅުނެވެ. މިހާރު އެ ސަރަހައްދުގައި އުޅެނީ އެންމެ 19 ވަރަކަށް ބުޅަލެވެ. ސަލްމާން މިސްކިތް ކައިރީ ކުރިން 20 ބުޅާ އުޅުނެވެ. އެކަމަކު މިހާރު އެ ތަނުގައި އުޅެނީ އެންމެ ދެތިން ބުޅަލެވެ.

"އަޑުއަހަން އެބަ ބަޔަކު ބުޅާ މަރާފަ އުކަނީއޭ. ކުރިން ދޭތެރެއަކުން ވެސް އެކަހަލަ ބައެއް ކަންތައް ދިމާވޭ. އެކަމަކު މި ދަރަޖައަކަށް ނޫން،" ވިޝަން ވިދާޅުވި އެވެ.

ބުޅާ ގެއްލޭ މައްސަލައިގައި އަދަދު އިން ފުލުހުންނާ ސުވާލު ކުރުމުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ. ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox