ދުނިޔޭގައި ހުރިހާ ދުވަހަކު ސާންތީގެ ހިދުމަތުގެ ވާހަކަ ދައްކާނަން

Jun 24, 2025, 8:40 AM
ރޭ ބޭއްވި އިވެންޓްގައި މޯހަން، އޭނާގެ ގާތް އެކުވެރިޔާ ސާންތީއާ ބެހޭގޮތުން ވާހަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް /އަދަދު ސްޕޯޓްސް

ރޭ ބޭއްވި އިވެންޓްގައި މޯހަން، އޭނާގެ ގާތް އެކުވެރިޔާ ސާންތީއާ ބެހޭގޮތުން ވާހަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް /އަދަދު ސްޕޯޓްސް

މީގެ ތިން މަސް ކުރިން، 23 މާޗްގައި، މަޝްހޫރު ފުޓްބޯޅަ ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ)، ނިޔާވުމުގެ ހަފްތާއެއްހާ ދުވަސްކުރިން، އޭނާގެ ގާތް އެކުވެރިޔާ، ފުޓްބޯޅަ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)، ފުޓްބޯޅައިގެ ތެރޭގައި އުޅޭ ގިނަ ފަރާތްތަކަށް ކުރި އެއް މެސެޖަކީ، ސާންތީ ކޯޗު އަށް ހިތްވަރު ދިނުމުގެ ގޮތުން، ޝުއޫރުތައް ފާޅުކުރުމަށާއި އެކުގައި ހުރިކަން ބުނެދިނުމަށެވެ.

ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން އައިސް، ދުނިޔެ ދޫކޮށްދިއުމާ ހަމައަށް، އެ ވަގުތުތަކުގައި ވެސް ސާންތީގެ ކަންކަން އެންމެ ގާތުން ބެލި އެއް ފަރާތަކީ މޯހަން އެެވެ.

ސާންތީގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން 8 އަހަރުން ދަށަށް ހާއްސަކޮށް، "މައިލޯ ސްވޭމް ޖޫނިއާސް" ގެ ނަމުގައި މުބާރާތެއް ރޭ ލޯންޗްކުރިއިރު، އެ އިވެންޓުގައި، ސާންތީގެ ގާތް ފަރާތެއްގެ ގޮތުގައި ޕޯޑިއަމްގައި ވާހަކަ ދެއްކީ މޯހަން އެވެ.

އެ ގޮތުން، މޯހަން ބުނީ، ސާންތީ، އަކީ ފުޓްބޯޅައިގެ ހަޔާތުގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި ދެ މީހުން، ފުޓްބޯޅަ ކޯޗިން ކެރިއަރު ފެށުނީ، އެއް ކޯހަކުން ކަމަށެވެ. އަދި އޭ ލައިސަންސާ ހިސާބަށް ދެ މީހުންގެ ކޯޗިން ކެރިއަރުގެ ކަންކަން އެކީގައި ކުރިއަށް ގޮސްފައި ހުރިއިރު، އެކުގައި ގިނަ ކޯޗިން ރިފްރެޝާސް ކޯސްތަކެއްގައި ވެސް ވަގުތުތަކެއް ހޭދަކޮށްފައިވާނެ ކަމަށެވެ.

އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް، ސާންތީއާ ދެމެދު އޮތް ގުޅުން، ހަމަ އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އެހާ ގާތްކޮށް، ކުރިއަށްދިޔަ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ދިވެހި ރާއްޖޭގެ ފުޓްބޯޅައިގެ ތުއްތު ކުދިންގެ އުމުރުފުރާއިން ފެށިގެން ގޮސް، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމުގެ، ކުޅުންތެރިން ބިނާކުރުމުގެ އެންމެ އިސްދައުރެއް އަދާކުރި އެއް ކޯޗަކީ ސާންތީ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ސާންތީގެ ކޯޗިން ހަޔާތުގެ ގިނަ ވަގުތު ހޭދަކުރެވިފައިވަނީ، ދަނޑުމަތީގައި ކުޅުންތެރިން ތަމްރީނު ކުރުމުގައިކަން ފާހަގަކޮށް މޯހަން ބުނީ، އެފްއޭއެމްގައި ހޭދަކުރި ގިނަ އަަހަރުތަކުގައި، ގާތްގަނޑަކަށް ކޮންމެ ދުވަހެއްގައި ހަ ގަޑިއިރަށް ވުރެ ގިނައިރު ދަނޑުމަތީގައި ސާންތީ އުޅުނީ ކުޅުންތެރިން ތަމްރީން ކުރުމުގައި، ކުޅުންތެރިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމަށް ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައިން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީތަކުގައި، ވެސް، ސާންތީ ކޯޗުގެ ހިއްސާ ވަރަށް ބޮޑުވާނެ، އެ ގޮތުން، ސާފް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް (2008 ވަނަ އަހަރު) ހޯދި، މި ގަލޮޅު ދަނޑުގައި މަޝްހޫރު ސައުތު ކޮރެއާއާ އެކީގައި، 0-0 އިން އެއްވަރުކުރި މެޗަކީ ވެސް ސާންތީ ކޯޗަކީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު،" މޯހަން ބުންޏެވެ.

"ސާންތީ ކޯޗު ފުޓްބޯޅަ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ ވާހަކަ މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑަކަށް ނުދެއްކޭނެ، އެހެން ނަމަވެސް، ސާންތީ ކޯޗު، ދިވެހި ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތުގެ ވާހަކަ، އަޅުގަނޑުމެން ދައްކަން ޖެހޭ، އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު، އިރާދަކުރެއްވިއްޔާ، އެ ހިދުމަތުގެ ވާހަކަ ދައްކާނަން. ސާންތީ ކޯޗުގެ ވަކިވުމަކީ ދިވެހި ފުޓްބޯޅަ އަށް، ލިބިގެންދިޔަ، ވަރަށް ބޮޑު ހިތްދަތިކަމެއް،"

ކޯޗިން ކެރިޔަރުގައި ސާންތީ ފާހަގަވެގެންދިޔައީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް ޒުވާން ކުޅުންތެރިން ފުޓުބޯޅަ އަށް ނެރެދޭ ކޯޗެއްގެ ގޮތުގަ އެވެ. އެ ގޮތުން، މި ވަގުތު އޮތް ސީނިއާ ގައުމީ ޓީމަށް ބެލި ކަމުގައި ވިޔަސް، ނިސްބަތުން ގިނައީ އީގަލްސް އާއި ޒުވާން ގައުމީ ޓީމުތަކުގައި ސާންތީއާ އެކު މަސައްކަތްކުރި ކުޅުންތެރިންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ކުޅުނު ސާންތީ، އީގަލްސް ދޫކޮށްލީ 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް އަށް ޖާގަ ނުލިބި އެ ޓީމަށް އެ ފަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބި ދިއުމުންނެވެ.

އޭރު، އީގަލްސްގެ ކޯޗުކަން ދޫކޮށް ސާންތީ ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ އިސް މަގާމުގައި 2019 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މަސައްކަތްކުރިއިރު، ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެފްއޭއެމްގައި ޓެކްނިކަލް އިސް މަސައްކަތްތަކެއް ކުރި އެވެ.

ސާންތީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކްލަބް އޭދަފުށީގެ ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް އަހަރު ފަހުން، ސާންތީ ޔުނައިޓެޑް ވިކްޓްރީއާ އެކު މަސައްކަތް ފެށީ ޓްރެއިނިން ތެރޭގައި އެހީތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ފަހުން ސާންތީ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. ފަހުން ދެ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ސާންތީގެ ކޯޗުކަމުގަ އެވެ. އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުން ސާންތީ ފެނުނީ އީގަލްސް ބެންޗުންނެވެ. ސާންތީގެ ބަލި ހާލަތު ގޯސްވީ ވެސް އީގަލްސް އަށް ކޯޗުކޮށްދެމުން ދަނިކޮށެވެ. ދެ ފަހަރެއްގެ މަތިން ސާންތީ އަށް ފަހު، އީގަލްސްގެ ކޯޗަކަށް ހުރީ މޯހަން އެވެ.

ފުޓްބޯޅައިގައި ސާންތީ ކުރި އެންމެ ފަހު މަސައްކަތްތަކަށް ބަލާއިރު، އޭނާ އައީ އެފްއޭއެމް މިހާރު ހިނގަމުން އަންނަ ނޯމަލައިޒިން ކޮމިޓީގެ ދަށުން އޮތް، ޓެކްނިކަލް ކޮމިޓީގައި ވެސް މަސައްކަތްކުރަމުންނެވެ. އަދި، މި ފަހުން ބޭއްވި އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުގެ މަގާމު އަދާކުރުމުގެ އިތުރުން، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް ވެސް އެކި ގޮތްގޮތުން ޓެކްނިކަލް ސަޕޯޓް ދީ އެހީތެރިވެދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox