ފިލިޕީންސް ވަރުގަދަ ވިޔަސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ: މޯހަން

Nov 17, 2025, 11:08 AM
ފިލިޕީންސް ވަރުގަދަ ވިޔަސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ: މޯހަން

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ރާއްޖޭން ގަލޮޅު ދަނޑުގައި ކުޅެން ޖެހެނީ ކޮލިފައިން ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު، ފިލިޕީންސާ ކަމަށާއި އެހެން ނަަމަވެސް ހިތްވަރާ އެކު، މަސައްކަތްކޮށްގެން ރަނގަޅު ނަތީޖާއެއް ނެެރެވިދާނެ ކަމަށް ގައުމީ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ފިލިޕީންސް މެޗާ ބެހޭގޮތުން، ވާހަކަ ދައްކަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ، މި މެޗުގެ ތައްޔާރީތައް ދަނީ ފުދޭވަރަކަށް ރަނގަޅަށް ކަމަށެވެ. އެއީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށައިގެން، ކްލަބްތައް ގަވާއިދުން މެޗުތައް ކުޅެމުންދިއުމަކީ، ކުޅުންތެރިން ފިޒިކަލީ ވަރަށް ފިޓްކޮށް ތިބޭނެ ކަމެއް ކަމަށާއި ދެން ކުރަން ޖެހޭ މަސައްކަތް އޮތީ ޓެކްޓިކަލީ ކަމަށްވާއިރު، އެ އަށް ވަރަށް މަސައްކަތް ކުރެވޭ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

މޯހަން ބުނީ، އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ އަބަދުވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަމިއްލަ ދަނޑުގައި ކުޅެން ލިބުމުގެ އެޑްވާންޓޭޖް ނެގެން އޮންނާނީ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެގެން ކަމަށެވެ.

ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗު މާޗް މަހު އޮތީ ރާއްޖޭގައި ކުޅޭ ގޮތަށް ޝެޑިއުލްކޮށްފަ އެވެ. އެކަމަކު، އޭރު ހާލަތު އޮތްގޮތުން، އެ މެޗު ފިލިޕީންސަަށް ބަދަލުކޮށް، ރާއްޖޭގެ ހޯމް މެޗު ފަހަށް ޝެޑިއުލްކުރީ އެވެ. ސްޕެއިނުގެ ކޯޗު، އަލްބާޓޯ ކަޕެއްޔަސް، އޭރު ފިލިޕީންސް ކޯޗަކަށް ހުރިއިރު، އެ މެޗުން ރާއްޖެ އަތުން ފިިލިޕީންސް މޮޅުވީ 4-1 އިންނެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ފިލިޕީންސާއި ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ފިލިޕީންސް އަށެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ހަަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ފުލުގައި އޮތީ ކޮލިފައިން ހަތަރު މެޗުން ވެސް ބަލިވެގެންނެވެ.

"ފިލިޕީންސަކީ މި ވަގުތު މި ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު، އޭގެ މާނަ އަކީ އަޅުގަނޑުމެންނަށް ނަތީޖާ ނުނެރެވޭނެއޭ އެއް ނޫން. އެެހެން ނަމަވެސް، އަޅުގަނޑުމެން އެ މީހުންނަށް އެ ދޭންޖެހޭ ރެސްޕެކްޓް ދީގެން އެ މީހުންގެ ކޮބައިތޯ ގަދަ ކަމަކީ ބަލައިގެން އެ މީހުންގެ ކުޅުމުގެ ސްޓައިލަށާ މި ހުރިހާ ކަމަކަށް ބަލައިގެން އަޅުގަނޑުމެން މި މެޗަށް ތައްޔާރުވަނީ، ކޮންމެ މެޗަކީ ވެސް ހަމަ މުޅިން ތަފާތުކޮށް ތައްޔާރުވާން ޖެހޭ މެޗެއް. އިދިކޮޅު ޓީމުގެ ކުޅުމަށް ބަލާފައި އެ ގޮތަށް ހަމަ ޕްލޭން ކުރަންޖެހޭނީ މެޗު ސެޓަޕް އެއްޗެހި އެ ގޮތަށް ތައްޔާރުވެފައި މި ތިބީ،" ފިލިޕީންސާ ބެހޭގޮތުން މޯހަން ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ މޯހަން ބުޏނީ، އާންމުކޮށް ރާއްޖޭގެ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ވަރަށް އާދައިގެ "ސިމްޕަލް ގޯލު" ވަނުން ކަމަށާއި، އެކަން ހުއްޓުވޭތޯ ކުރަންޖެހޭ މަސައްކަތަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ކުރަމުން އަންނަ ކަމަށެވެ.

"މިދިޔަ ހަތަރު މެޗުގައި ސެޓް ޕްލޭ އަކުން އަޅުގަނޑުމެން ކޮޅަށް ގޯލެއް ނުޖަހައި، ހުރަހަކުން ވެސް، އެެއީ ހިތްހަމަޖެހުމެއް، އިދިކޮޅު ޓީމުން، ބޮޑެތި ކުޅުންތެރިން ތިބޭއިރު، އޭގެ އެޑްވާންޓޭޖް ނެގިޔަނުދޭން އެ ޑިސިޕްލިން ވަރަށް ރަނގަޅު. އޭރިއާތެރޭގައި މާކިން ވެސް ރަނގަޅު،" މޯހަން ބުންޏެވެ.

"އެކަމަކު، ވަދެގެން މި ދަނީ ސިމްޕަލް ގޯލު. އެއީ ދެން ހުއްޓުވަން ޖެހޭ ކަމަކީ، ދެން، ގޯލު ވަންނަ ވަގުތު، އަބަދުވެސް ހާފު ފައްޓާތަނުން، 10 ވަރަކަށް މިނިޓް ތެރޭ ބައިކޮޅަށް ގޯލެއް ވަނުން އެއީ ވަރަށް ބޮޑު މާޔޫސްކަމެއް އެކަންކަމަށް ވަރަށް ފޯކަސް ކޮށްފައި އޮންނާނީ،"

ފިލިޕީންސާ ދެކޮޅަށް ކުޅޭއިރު އެންމެ ބޮޑު ޗެލެންޖަކަށްވާނީ، އެ ޓީމުގެ ވަކިވަކި ކުޅުންތެރިންނަކީ، ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށްވުން ކަމުގައި މޯހަން ވަނީ ބުނެފަ އެވެ. އަދި، އޭނާ ފާހަގަކުރި ގޮތުގައި، ރާއްޖޭން މިދިޔަ މަހު މާލޭގައި ކުޅުނު، ތަޖިކިސްތާނާއި ފިލިޕީންސް ޓީމާ ހުރި ތަފާތަކީ، ތަޖިކިސްތާނަކީ ޓެކްޓިކަލީ ވަރަށް އޮގަނައިޒް ޓީމެއް ކަމަށާއި، އެކަމަކު، ފިލިޕީންސް ޓެކްޓިކަލީ އަށް ވުރެން ބޮޑަށް އިންޑިވިޖުއަލީ މޮޅެތި ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ފިލިޕީންސް ޓީމުގައި ސިޓިޒެންޝިޕް ލިބިގެން އެކިއެކި ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ފިލިޕީންސް ޓީމުގައި ހިމެނިގެން އެބަދޭ. އެ ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން، އެ ކުޅުންތެރިންނަށް އަޅުގަނޑުމެން ވަރަށް ފޯކަސް ކުރަން ޖެހޭ. އެ ކުޅުންތެރިން އިންޑިވިޖުއަލީ އެ ކޮށްލާ ކަމަކުން މެޗުގެ ނަތީޖާ ބަދަލުވެގެން ދިއުން އެއީ އަޅުގަނޑުމެން އެންމެ ވިސްނާ ކަމަކީ،" މޯހަން ބުންޏެވެ.

ފިލިޕީންސާ ދެކޮޅަށް މިހާތަނަށް ރާއްޖޭން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ފިލިޕީންސް މޮޅުވިއިރު، އެއް މެޗުން އެއްވަރުވެ، އެއް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. ރާއްޖޭން ވަނީ 2009 ވަަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި މާލޭގައި ކުޅެ، 3-2 އިން ފިލިޕީންސް ބަލިކޮށްފަ އެވެ. އޭގެ ފަހުން، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ސެމީ ފައިނަލުގައި ފިލިޕީންސް އިން ވަނީ މާލޭގައި 3-2 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ގަލޮޅު ދަނޑުގައި ކުޅެ، ފިލިޕީންސް އިން ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. މި އަހަރު މާޗް މަހުގެ ކުރިން، އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުގައި، ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސްގެ ހޯމް މެޗު ސެންޓްރަލައިޒްކޮށް، 2022 ވަނަ އަހަރު ދުބާއީގައި ކުޅުނުއިރު، ރާއްޖެ އާއި ފިލިޕީންސް ވީ 1-1 އިން އެއްވަރުވެފަ އެވެ.

ގަލޮޅު ދަނޑުގައި، އޭޝިއަން ކަޕް ކޮލިފައިންގައި، ފިލިޕީންސް އާއި ރާއްޖޭގެ މެޗު ފަށާނީ މާދަމާ ހަވީރު 15:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox