މޯހަން ފާހަގަކުރީ ހާލަތު ދަނެގެން ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ މުހިންމުކަން

Oct 5, 2025, 3:46 AM
ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މޯހަން،---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މޯހަން،---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުން ކާމިޔާބު ހޯދަން ކުރާ މަސައްކަތުގައި، އެ އިރެއްގައި ފުޓްބޯޅައިގެ ކަންކަން އޮތް ހާލަތު ދަނެގެން ޓީމަށް ސަޕޯޓްކުރުން މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މި އަހަރުގެ ނިޔަލަށް ހަވާލުވި މޯހަން، މި މަހު، އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ދެ މެޗަކަށް ގައުމީ ޓީމު ގޮވައިގެން ނުކުންނާނެ އެވެ. އެއީ، މި މަހު ނުވަ ވަނަ ދުވަހު ރަށުންބޭރުގައި ކުޅޭ މެޗާއި 14 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗުގަ އެވެ.

މި މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުން ބޭއްވި ދެ ވަނަ ފަރިތަކުރުމުގެ ސެޝަނަށް ފަހު ދިން އިންޓަވިއުއެއްގައި މޯހަން ބުނީ، ހަގީގަތަކީ، ސީޒަން މެދުތެރެއިން އަންނަ އިންޓަނޭޝަނަލް ބްރޭކުގައި އެކަށީގެންވާ މުއްދަތެއް ވަންދެން ތައްޔާރުވާން ނުލިބޭނެ ކަން ކަމަށެވެ. އެކަމަކު، މި ވަގުތު ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ހިތްހަމަޖެހުމަކީ، ދެ އަހަރަށް ފަހު ސީޒަން ފަށައިގެން، އިންޓަނޭޝަނަލް މެޗުތަކަކަށް ކުރިމަތިލާއިރު، ކުޅުންތެރިންގެ ހާލަތު ކުރިއަށްވުރެން ރަނގަޅުވުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ކުޑަކޮށް ފިނިކޮށް އުޅެނީ އެކޮޅު (ތަޖިކިސްތާންގައި)، އެހެންނަމަވެސް މިއީ ބަހަނާއެއް ނޫން މިއީކީ އެއްވެސް، އަޅުގަނޑުމެންގެ މޫސުމާ ވަރަށް ތަފާތު މޫސުމެއް، ހުރިހާ ކަަމަަކަށް ވެސް ވިސްނައިގެން ތައްޔާރުވަމުން މި ދަނީ، ﷲ އިރާދަކުރެއްވިއްޔާ، ހަމަ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރަނީ،" މޯހަން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ޒުވާން ޓީމުތަކުގެ ކޯޗިން ޒިންމާ ނަގާފައިވާ މޯހަން ބުނީ، ޓީމު ނަތީޖާ ނެރުމުގައި ސަޕޯޓަރުން އަދާކުރަން ޖެހޭ ދައުރު އޮތީ ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ.

"ކޮންމެ ދުވަހަކީ ފަހަރެއްގައި އެންމެ އެދެވޭ އެންމެ ބޭނުންވާ ނަތީޖާ ނިކުމެގެންދާނެ ދުވަހަކަށް ނުވެވެސްދާނެ. އަޅުގަނޑުމެންނާ ވަރަށް ތަފާތު ވަރަށް މޮޅެތި، ގައުމުތަކާ ވެސް ކުޅެންޖެހޭ ފަހަރު ވެސް އާދޭ އެހެންވެއްޖިއްޔާމު ހުރިހާ ކަމެއް ވެސް އެނިގެން ދެނަހުރެގެން ގަބޫލުކޮށްގެން އަޅުގަނޑުމެން ކުުޅުންތެރިންނަށް ސަޕޯޓްކުރަމުންދާށޭ. އިރާދަކުރެއްވިއްޔާ، މުސްތަގުބަލުގައި ނޫނިއްޔާ ކުރިއަށް އޮތްތަނުގައި، ހަމަ ސަޕްރައިޒް ނަތީޖާތަކެއް ނެރެވޭތޯ ކުޅުންތެރިން ކުރެެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެއޭ،" މޯހަން ބުންޏެވެ.

މި ވަގުތަށް ބަލާއިރު، ތައްޔާރުވާްން ލިބިފައި އޮތް މުއްދަތު އެކަށީގެންވާ ވަރަށް ނެތް ކަމުގައި ވިޔަސް، ސީޒަން ފަށައިގެން އެ ނެގެން އޮތް އެޑްވާންޓޭޖް ކުޅުންތެރިން ނަގާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އަދި، މިދިޔަ މަހު، ސްރީ ލަންކާގައި ސައުތު އޭޝިއަން ސުޕަ ކަޕްގައި ފިޓްނަސްގެ ކަންކަން ދެ ވަނަ މެޗުގައި ވަރަށް ބޮޑަށް ފެނުނު ކަަމަށާއި އެ ހާލަތު މިހާރު ކުރިއަށް ވުރެން ރަނގަޅުވުމަކީ މޯހަންގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"އެލާޓްނަސް ތަންކޮޅެއް ރަނގަޅުކޮށް ފެނިގެންދަނީ، ޝާޕްނަސް ވެސް ރަނގަޅުކޮށް ފެނިގެންދަނީ، މި ހުންނަނީ ޕޮޒިޓިވް ކަންތައްތައް، ދެން ދުވަސް ނަގާނެ ހަމަ ލީގެއް ފެށިގެން ތިން ދުވަހަކުން އަޅުގަނޑުމެންނަށް ވާނުވާއެއް، ވަަރަށް ބޮޑު ތަފާތެއް އެއީ ފެނިގެންދާނެ ކަމެއް ނޫން. އެހެން ނަމަވެސް ކުރިއަށްދާ ވަރަަކަށް އަޅުގަނޑު ގަބޫލުކުރާހިތްވަނީ ކުޅުންތެރިންގެ ވަރަށް ބޮޑު އިމްޕްރޫވްމަންޓް ފެނިގެންދާނެ ކަމަށް، އެކަން ނެޝަނަލް ޓީމުން ވެސް ފެނިގެންދާނެ ކަމަށް،" މޯހަން ބުންޏެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީ އަކީ، އޭޝިއަން ކަޕް ކޮލިފައިން އަށް މާ ބޮޑަށް ގުނޭނެ އެއްޗެއް ނޫންކަން ފާހަަގަކޮށް މޯހަން ބުނީ، އޭގެ ސަބަބުން ފުޓްބޯޅަ އަށް އައި އެއްބައިވަންތަކަން ހަގީގަތުގައި މާ ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.

"ސުޕަ ކަޕްގެ ފުރަތަމަ މެޗުން އެ ނުކުތް ނަތީޖާ ވަރަށް ބޮޑު ތަފާތެއް ފުޓްބޯޅަ އަށް އައިތަން ފެނިގެންދިޔައީ، ސަޕޯޓަރުންވެސް އުންމީދުތަކަކާ އެކީގައި މީގެ ތެރެއަށް ވަދެގެން ދިޔަތަން ފެނިގެންދިޔައީ، ސަޕޯޓަރަކީ ވަރަށް މުހިންމު އެއްޗެއް. އެ ސަޕޯޓް އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އުންމީދުކުރަނީ ރާއްޖޭގައި ކުޅޭ މެޗުގައި 14 ވަނަ ދުވަހު އެ މެޗުގައި ގަލޮޅު ދަނޑުގައި އެ ވަރުގެ ނޫނިއްޔާ އެ އަށް ވުރެން މާ ގަދަ ސަޕޯޓެއް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދާނެ ކަމަށް،" އުންމީދުގައި ހުރެ މޯހަން ބުންޏެވެ.

ކޮލިފައިންގައި ރާއްޖޭން ދެން އޮތް ދެ މެޗުގައި މި ބައްދަލުކުރަންޖެހޭ ތަޖިކިސްތާނަކީ، ދުނިޔޭގެ ރޭންކިންގެ 104 ވަނައިގައި އޮތް ގައުމެއް ކަމަށާއި އެ ޓީމަކީ އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ގަދަ 16 ބުރުގައި ކުޅުނު ޓީމެއްކަން މޯހަން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ފިިޒިކަލީ ބަލާއިރު، ރާއްޖެ އަށް ވުރެން އެ ޓީމު ރަނގަޅުވާނެ ކަމަށް ބުނެ، މޯހަން ވަނީ، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ އާދައިގެ މިސްޓޭކްސްތަކެއް ހެދި ފަރުވާކުޑަނުކޮށްލުމަށް ކަމަށެވެ.

"އާދައިގެ ކުދިކުދި މިސްޓޭކްސްތަކެއް ނަހަދައި، އެކަން ކުރެވިއްޖެކަމަށް ވެއްޖިއްޔާމުން އަޅުގަނޑުމެންގެ ގޭމްޕްލޭނާ އެކީގައި މަސައްކަތް ކުރެވިއްޖިއްޔާމު ﷲ އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ،" މޯހަން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox