އަންނަ މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ވާނެ

ހުޅުމާލޭގައި ބަނދަރުކޮށްފައި އޮތް ސަފާރީތަކެެއް: މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފި --- ފޮޓޯ: މުުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގައި ބަނދަރުކޮށްފައި އޮތް ސަފާރީތަކެެއް: މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފި --- ފޮޓޯ: މުުހައްމަދު ޝާބިން/އަދަދު

މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް (ޖީއެސްޓީ ގާނޫނަށް) މިދިޔަ އަހަރު ގެނައި ބަދަލުގެ ދަށުން، ޓޫރިޒަމް ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ޓީޖީއެސްޓީ ގޮތުގައި ނަގާ އަދަދު ބޮޑުކުރީ، ސަރުކާރަށް އާމްދަނީ އިތުރުކުރަން ޓޫރިޒަމް ސިނާއަތާ ގުޅުން ހުރި ބައެއް ގާނޫނުތަކަށް ބަދަލުގެނައި ދުވަސްވަރު ގެނައި ބަދަލެއްގެ ދަށުންނެވެ. ޓީޖީއެސްޓީގެ އިތުރުން އެއާޕޯޓު ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ގްރީން ޓެކްސް ވެސް އެއިރު ބޮޑު ކުރި އެވެ.

ޓީޖީއެސްޓީ ބޮޑުކުރުމުން މި އަހަރު 219 މިލިއަން ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި އަންނަ އަހަރު 330 މިލިއަން ރުފިޔާ އާއި 538 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހަށް ބަލައިގަތް އިރު، ސަރުކާރާއި މަޖިލިސް ކޮންޓްރޯލް ކުރާ ޕީއެންސީގެ މެންބަރުން ވަނީ މި ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި މިއީ ޓޫރިޒަމް ވިޔަފާރިވެރިން ނުރުހުނަސް ގެންނަން ޖެހޭ ބަދަލެއް ކަމަށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައި ވެ އެވެ.

ޓީޖީއެސްޓީ އާއި ޓޫރިސްޓުންނާ ގުޅުން ހުރި އެހެނިހެން ޓެކްސްތައް ބޮޑުކުރުމާ ދެކޮޅު ހެދީ އިދިކޮޅު އެމްޑީޕީންނެވެ. އެ ބިލަށް މަޖިލީހުގައި ބަހުސްކުރި އިރު އެ ޕާޓީ ތަމްސީލުކުރާ މެންބަރުން ވަނީ ސަރުކާރުން މި ބަދަލުތައް ގެންނަނީ ހަރަދުތައް ކުޑަކުރަން ނުކުޅެދި، މާލީ ސިޔާސަތުތައް ފެއިލްވުމުން ކަމަށް ބުނެ ޓެކްސްތައް ބޮޑުކުރުމާ ދެކޮޅު ހަދައިފަ އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ޓެކްސް ބޮޑު ކުރުމާ ގުޅިގެން މި ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު، އެރައިވަލްސްތައް ބޮޑުތަނުން މަދުވެގެންދާނެ. މީގެ ފައިދާ ކުރާނީ ކައިރި ހުރި އަވައްޓެރި ގައުމުތަކަށް އިއްޒަތްތެރި ރައީސް. އެބޭފުޅުން އެ އަތް ޖަހަނީ މިހާރު،" މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީގެ އިތުރުން ޓޫރިޒަމް ވިޔަފާރިތަކުން ވެސް ވަނީ މި ބަދަލުގެ ސަބަބުން މިހާރު ވެސް އަގު ބޮޑު މަންޒިލެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮތް ރާއްޖެ އަންނަން ޓޫރިސްޓުން ފަސް ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ. ޓޫރިޒަމް ވިޔަފާރިތައް ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ވަނީ އެ ސިނާއަތުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

"ހުށަހެޅިފައިވާ ޓެކްސްތަކުގެ އިތުރުކުރުމުގެ މިންވަރާއި މި އިސްލާހުތައް ތަންފީޒުކުރަން ހުށަހަޅާފައިވާ ކުރު މުއްދަތުގެ ތާވަލުތަކާ ގުޅިގެން އަޅުގަނޑުމެންގެ މެންބަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ބައިވަރު ސްޓޭކްހޯލްޑަރުންގެ ބޮޑެތި ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ދަނީ ހިއްސާކުރަމުން،" މަޓީގެ ސިޓީގައި ބުންޏެވެ.

ސަރުކާރުން ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރީ، އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ ހިލާފަށެވެ. މިކަމަށް ފާޑުކިޔުން އަމާޒު ވާން ފެށުމުން ސަރުކާރުން ވަނީ އޭރު ވީ ވައުދުގެ މާނަ ބަދަލުކޮށް، ވައުދުވީ އާންމު ރައްޔިތުންގެ އަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރަން ކަމަށް ބުނަން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ރާއްޖެއަށް އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ގާތްގަނޑަކަށް ނުވަ ޕަސެންޓު އިތުރު އަދަދެކެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިއީ މިދިޔަ އަހަރަށް ވުރެ ތިން ލައްކަ ޓޫރިސްޓުން އިތުރު އަދަދެކެވެ. މިދިޔަ އަހަރަކީ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox