ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ފައިނޭންސިން ސްޓްރެޓަޖީ ފެއިލް ވެގެން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ހަރަދުތައް ކުޑަނުކޮށް އެއްވެސް ޓެކްސްއެއް ބޮޑުކުރަން އެމްޑީޕީ ދެކޮޅު ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ހަރަދުތައް ކުޑަނުކޮށް އެއްވެސް ޓެކްސްއެއް ބޮޑުކުރަން އެމްޑީޕީ ދެކޮޅު ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އިގުތިސޯދީ ހާލަތު މެނާޖުކުރާނެ ގޮތުގެ ޕްލޭނެއް އޮތް ކަމަށް މި ސަރުކާރުން ބުނުމަށް ފަހު، ކުއްލިއަކަށް ޓެކްސްތައް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ފައިނޭންސިން ސްޓްރެޓަޖީ ފެއިލް ވުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދާ މައްސަލައިގައި އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ، ސަރުކާރާ ހަވާލުވުމުގެ ކުރިން ޓްރާންސިޝަން މަރުހަލާގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި، މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށާއި މި އަހަރުގެ ބަޖެޓަށް 600 މިލިއަން ޑޮލަރު ފައިނޭންސިން ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.

"އޭރު ސަރުކާރުގެ ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުން، މިހާރުގެ ފިނޭންސް މިނިސްޓަރު އިސްވެ ހުންނަވައިގެން ޓްރާންސިޝަން ކޮމިޓީގައި ވެސް އަޅުގަނޑުމެން ވާހަކަ ދައްކާފައި، 200 މިލިއަން ޑޮލަރު 2023 ވަނަ އަހަރު އަޅުގަނޑުމެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ފައިސާ ހޯދާނެ ކަމަށް ވިދާޅުވި. 2024 ވަނަ އަހަރުގެ ބަޖެޓަށް 400 މިލިއަން ޑޮލަރު ހޯދާނެ ކަމަށް އެ ބޭފުޅުން ފާހަގަކުރި،" އޭނާ ވިދާޅުވި އެވެ.

Advertisement

ސަރުކާރުން މިހެން ބުންޏަސް އެ މަގުން އެއްވެސް ކަމެއް ނުހިނގާ ކަމަށް އިޝާރާތްކުރައްވަމުން އަމީރު ވިދާޅުވީ އޭރު ފެހި ސިގްނަލްތަކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީ ހޯދަން ނުޖެހޭނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް މިއަދު މި ފެންނަނީ މުޅި ދުނިޔޭގައި ސިޓީ ހިފައިގެން ހިނގައިގެން އެއްވެސް ގައުމަކުން ފައިނޭންސިން ނުހޯދުނު މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ، އިއުލާން ކޮށްގެން އަމިއްލަ ފަރާތަކުން ވެސް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ އެއްވެސް ފައިސާއެއް ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލް ވުމުން ޓެކްސް ބޮޑުކޮށްގެން ހަރަދުތައް ހަމަޖައްސަން ސިޔާސަތުތައް ބަދަލުކުރަން ނިންމިޔަސް، ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާ އެމްޑީޕީން ދެކޮޅެވެ. މިކަން ހާމަކުރައްވަމުން އަމީރު ވިދާޅުވީ ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރިޔަސް ލިބޭނެ އެއްވެސް އިގުތިސޯދީ އަދި މާލީ މަންފާއެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން، އަޅުގަނޑުމެން މި ފާހަގަކުރަން ބޭނުންވަނީ ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާ އަޅުގަނޑުމެން ދެކޮޅު ކަމަށް. އަދި ހަރަދު ކުޑަ ނުކޮށް ޓެކްސް ބޮޑު ކުރިޔަސް އޭގެން ލިބޭނެ ފައިދާއެއް، އިގުތިސޯދަށް އަދި މާލީ ކަންކަން މެނޭޖުކުރުމަށް، އޭގެން ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ، އަމީރު ވިދާޅުވި ގޮތުގައި، ބޭނުންވާ ވަރަށް ވުރެ އިތުރަށް ނަގާފައިވާ ސިޔާސީ މަގާމުތައް މަދުކުރުމެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ ލިޔެކިޔުންތަކުން 2280 މީހުން ސިޔާސީ މަގާމުތަކުގައި އެބަ ތިބި ކަމަށެވެ.

މިއީ ވައުދުވެފައިވާ 700 ސިޔާސީ މަގާމަށް ވުރެ އިތުރަށް 1580 މީހުން ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އިތުރަށް ހުރި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުޒާރަ ދޭން މަހަކު 40 މިލިއަން، އަދި އަހަރަކު 480 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. މިހެންކަމުން ސަރުކާރުން 228 މީހުން، އެއީ ސިޔާސީ މަގާމުތަކުގައި ތިބި ކަމަށް ބުނާ މީހުންގެ 10 ޕަސެންޓު، ވަކިކޮށްގެން ފަސް މިލިއަން ސަލާމަތްކުރެވޭނެޔޭ ބުންޏަސް އެއީ އޮޅުވާލުމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ސަރުކާރުން އިތުރުކުރަން ނިންމާފައިވާ ޓެކްސްތަކާއި ފީތަކަކީ ޓޫރިޒަމް ސިނާއަތާ ގުޅުންހުރި ޓެކްސްތަކާއި ފީތަކެވެ. އެއީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް، ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސްގެ އެކި ގިންތިތަކުން އެކި ނިސްބަތުން ބޮޑުކުރަން ގާނޫނު ބަދަލުކުރަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox