ހުލާސާކޮށް އިއްޔެ: ދީނުގެ ނަމުގައި ޖަނާބު ދެއްކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން

Jun 4, 2025, 1:02 AM
މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: އަދަދު

މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: އަދަދު

ހުކުރު ދުވަހުގެ ހުކުރު ވަގުތު އެއާޕޯޓުތަކަށް މަތިންދާބޯޓު ޖެއްސުމަކީ ހުކުރު ވަގުތުގެ ހުރުމަތް ކެނޑުން ކަމަށް ވިދާޅުވެ، ދީނުގެ ނަމުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ދެއްކެވީ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އުދުހުންތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލަަށް ބަހުސް ކުރައްވަމުން މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ގާނޫނު އިސްލާހުކުރާއިރު ހުކުރު ވަގުތު އެއާޕޯޓުތަކަށް ބޯޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުފަތުރަކީ އިސްލާމްދީނުގައި އެކަމަށް ހާއްސަ އަހައްމިއްޔަތެއް ދެވިފައިވާ ކަމަކަށް ވާތީ، ދަތުރުވެރިންނަށް ހާއްސަ ‘ރުހްސާ’ ތަކެއް އިސްލާމީ ޝަރީއަތުގައި ވަނީ ޝަރްއު ކުރެވިފައި ކަމަށެވެ.

މިގޮތުން ނަމާދު ގަސްރު ކުރުމާއި ޖަމްއު ކުރުމާއި، ފަހުން ގަޟާކުރާ ގޮތަށް ރޯދަ ދޫކޮށްލުމަކީ ދަތުރުވެރިންނަށް ހުއްދަވެގެންވާ ކަމެއްކަން ވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ފިގްހުލް ވާގިއު ނުވަތަ ކޮންޓެކްސްޗުއަލް ޖުރިސްޕުރުޑެންސް ފަހްމްނުވާ މީހުން މިބާވަތުގެ ތާކުންތާކު ނުޖެހޭ ވާހަކަތައް ދީނުގެ ނަމުގައި ދެއްކުމުން މުޖުތަމަޢަށް ކުރާނެ ފައިދާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ހުކުރު ދުވަހުގެ ހުކުރު ގަޑީގައި ޝެޑިއުލް ކުރެވިފައިވާ، ވައިގެ ދަތުރުތަކުގެ ސަބަބުން ހުކުރުގަޑީގެ ހުރުމަތް ކެނޑެންޖެހޭ އެއްވެސް ޝަރްއީ ސަބަބެއް ނޯންނާނެ ކަމަށް ވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ފިގްހުލް ވާގިއުއަކީ ޒަމާނާއި، ހާލަތާއި، ތަނާއި، އެ ތަނެއްގެ ސަގާފަތާއި މީސްތަކުން އާދަތަކަށް ބަލައި އިސްލާމީ އުސޫލުތަކާއި ހިލާފު ނުވާ ގޮތުގެ މަތީން ކަންކަން ތަންފީޒު ކުރުމެވެ.

މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވާ ގޮތުގައި މީގެ ކުރިން އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް އަދި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އުސޫލު އޮތީ ހުކުރު ވަގުތު މަތިންދާބޯޓު ނުޖައްސާ ގޮތަށް ކަމަށެވެ.

ނަމަވެސް މައުމޫނުގެ ވެރިކަމުގައި ވެސް ހުކުރު ދުވަހުގެ ހުކުރު ވަގުތު ރާއްޖެއަށް މަތިންދާބޯޓު ޖައްސަ އެވެ. އަދި ހުކުރު ވަގުތު ބޯޓު ނުޖެއްސޭ ގޮތަށް އެއްވެސް އިރަކު އުސޫލެއް ހަދާފައި އޮތް ކަމެއް ނޭނގެ އެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:52
  • މެންދުރު 12:08
  • އަޞްރު 15:31
  • މަޣްރިބް 18:17
  • ޢިޝާ 19:34

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox