ނޫސްވެރިޔާއަށް އަނިޔާ ކުރި ކަމަށް ބެލެވޭތީ ދެ ފުލުހެއްގެ މައްސަލަ އެމްޖޭއޭއިން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަނީ

ނޫސްވެރިޔާއަށް އަނިޔާ ކުރި ކަމަށް ބެލެވޭތީ ދެ ފުލުހެއްގެ މައްސަލަ އެމްޖޭއޭއިން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯން އެއް އަރުވަން ހުރި ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން އެ ނޫސްވެރިޔާއަށް އަނިޔާ ކުރި ކަމަށް ބެލެވޭތީ އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޭސިއޭޝަން (އެމްޖޭއޭ) އިން ހާމަކޮށްފި އެވެ.

ފުލުހުން އަނިޔާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވަނީ ވަން އޮންލައިންގައި މަލްޓި މީޑިއާ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދެވެ. އެ މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ފުރަތަމަ ނެރުނު ބަޔާނުގައި ފުލުހުން ކުށްވެރިނުކޮށް ނޫސްވެރިންނަށް ދިނީ ނަސޭހަތެވެ.

ނަމަވެސް، މިއަދު އެމްޖޭއޭއިން ނެރުނު އިންސިޑެންޓަލް ރިޕޯޓުގައި ވަނީ އެ ހާދިސާއާ ގުޅޭ ތަފްސީލުތަކަށް ބަލައި އަނިޔާކުރުމުގެ ޖާގަ އޮތްކަމަށް ބުނެފަ އެވެ. ފުލުހުން ހަމްދާނަށް ދިން އިންޒާރުތަކުގެ ތެރޭގައި، "ނޫސްވެރިންނަށް ވެސް ތިހެން ފުއްޕާފައި ނޫޅެވޭނެ"، "ހޭ އަރުވާލާނެ ކަމަށް"، އަދި "ރިލްވާނަށް ހަދާލި ގޮތް" ހަދާލާނެ ކަމަށް ބުނުން ހިމެނެ އެވެ.

"އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި އޭނާ ސީނަށް ގޮސް ހުއްޓުވުމުގައި އުޅުނު ދެ ފުލުސް އޮފިސަރުންގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މި ޖަމްއިއްޔާގެ ފަރާތުން ހުށަހަޅާނެ.

ހަމްދާންގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ޑްރޯން އެރުވީ ޓެސްޓު ކުރުމުގެ ބޭނުމަށް ކަމަށާއި ޑްރޯން އެރުވީ ހަތް ފޫޓަށް އުހަށް ކަމަށެވެ. ޑްރޯން އަރުވަނިކޮށް ދެ ފުލުހަކު އައިސް ޑްރޯން އަރުވަނީތޯ ސުވާލުކޮށް ހުއްދަ ނެތް ނަމަ އެކަން ނުކުރަން އެންގި ކަމަށް ހަމްދާން ބުނެފައިވެ އެވެ.

"ހަމްދާންގެ ހާލަތު ކައިރިން ބަލައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއް ދީ އެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ނަމަ މި ޖަމްއިއްޔާގެ ފަރާތުން އެކަން ފޯރުކޮށްދިނުން،" އެމްޖޭއޭއިން ބުނެފައިވެ އެވެ.

ހަމްދާން ބުނި ގޮތުގައި ފުލުހުން ހަޑިހުތުރު ބަހުން ވާހަކަ ދައްކަން ފެށީ އޭނާގެ ވޮލެޓުގައި އޮތް ނޫސްވެރިޔެއްކަން އަންގައިދޭ ކާޑު ފެނުމުންނެވެ.

ޕްރެސް ކާޑު ފެނުމުން، ނޫސްވެރިޔަކަސް "ނުފުއްޕޭނެ" ކަމަށް ފުލުހުން ބުނެ ހަޑިހުތުރު ބަހުން ފުލުހުން ވާހަކަ ދެއްކި ކަމަށް އޭނާ ބުނެފައިވެ އެވެ.

ފުލުހުންނާ ދެމެދު ދެކެވުނު ބައެއް ވާހަކަތައް ހަމްދާން ފޭސްބުކްގައި ލައިވްކޮށްފައި ވާއިރު، ފުލުހުން އަދި ހަމްދާން ވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑު ސާފުކޮށް އިވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަން އަށް ހަމްދާން ގެންގޮސް އެތަނުގެ މެސް ރޫމަށް ވައްދައި، މޫނު މަތީ ތަޅައި އަނިޔާކުރި ކަމަށާއި ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށް ހަމްދާން ބުނެފައިވެ އެވެ. އޭނާ ގައިގައި ފަސް ފުލުހަކު ތެޅި ކަމަށް ހަމްދާން ތުހުމަތު ކުރެ އެވެ.

މި ތުހުމަތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުންގެ މީޑިއާ ޓީމުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ހަމްދާން ހައްޔަރުނުކުރާ ކަމަށާއި އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ މައުލޫމާތު ދިނުމަށާއި ޑްރޯން އެރުވުމުގެ ހުއްދަ ދެއްކުމަށް ދެކޮޅު ހަދައި ހުތުރު ބަހުން ވާހަކަ ދެއްކުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox