ގުޅީފަޅަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް: ޖަމިއްޔާ

May 18, 2025, 6:53 AM
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ މަޝްވަރާނުކޮށް -- ފޮޓޯ: އަދަދު ފައިލް

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ މަޝްވަރާނުކޮށް -- ފޮޓޯ: އަދަދު ފައިލް

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ދެ ވަނަ ފަހަރަށް ބަދަލުކޮށް ދޫކުރާ ގޯތިތައް އެއް ސަރަހައްދަކަށް ޖަމާ ކުރީ ގުޅީފަޅު ސިޓިޒެންސް އެސޯސިއޭޝަނާ މަޝްވަރާކޮށްފައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ސަރުކާރުން ބުނީ މިފަހަރު ބަދަލު ގެނައުމުގެ ބޭނުމަކީ ގުޅީފަޅުގެ ނުހިއްކާ ތަނުން ގޯތި ދީފައި ހުރުމުން ގޯތީގެ ރަޖިސްޓްރީ ދޫކުރަން ދަތިވާތީ، މިހާރު ވެސް ހިއްކާފައި ހުރި ސަރަހައްދަށް ގޯތިތައް ޖަމާ ކުރަން ކަމަށެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ ބަދަލު ގެނައީ ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފަ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު އިއްޔެ ވިދާޅުވި އެވެ.

އެކަމަކު، ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއާ މުއްތަލިބު ބައްދަލު ކުރީ ސަރުކާރުގެ ނިންމުން ދައްކާލުމަށް އެކަނި ކަމަށެވެ. މިނިސްޓަރާ ބައްދަލުވިއިރު ސަރުކާރުން އޮތީ ހުރިހާ ކަމެއް ނިންމާފައި ކަމަށް ވެސް ޖަމިއްޔާއިން ބުންޏެވެ.

"މުއްތަލިބު އަޅުގަޑުމެންނާ މަޝްވަރާއެއް ނޫން ކުރީ. ލޭންޑް ޔޫސް ޕްލޭން ގެޒެޓް ކޮށްފަ މިކަން މިހެންނޭ މިއޮތީ ނިމިފަ، މިކަހަލަ ބީދާ އަކުން ކުރިޔަށް ދިޔަ ކަމެއް މިއީ. މިނިސްޓަރު އަޅުގަޑުމެން ބޮލުގަ އިލްޒާމް ނާޅުވައި އަޅުގަޑުމެން ގުޅުއްވީމާ ފޯނު ނަންގަވާ، ވަގުތު ފާއިތެއްނުވޭ،" އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގޯތިތައް ހުރި ތަން ވަނީ ބަދަލުވެފަ އެވެ. އެކަމަކު، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ސަރުކާރުން ނުދެ އެވެ. އޭގެ ފަހުން އަނެއްކާ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ބޭނުމަކީ މިހާރު ވެސް ހިއްކާފައި އޮތް ތަނުން ގޯތި ދިނުމަށްފަހު އަވަހަށް ރަޖިސްޓްރީ ދޫކުރުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު އެހެން ވިދާޅުވި ނަމަވެސް ނުހިއްކާ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ބިންވެރިޔާ ސްކީމް ހިންގުމަށްޓަކައި، ބަންޑާރަ ގޯތި ރަޖިސްޓްރީކޮށްދިނުމުގެ ގަވާއިދަށް ބަދަލު ގެނެސް، ނުހިއްކާ ސަރަހައްދަކުން ވެސް ގޯތި ދެވޭނެ މަގު ވަނީ ފަހިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox