ގަޑި ޖެހޭތީ ކަނޑާ ފައިސާ އަދި މުވައްޒަފުންގެ ޖޫރިމަނާއިން އިސްލާމިކް މިނިސްޓްރީއަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ

May 17, 2025, 3:13 PM
މިނިސްޓްރީގެ އަހަރީ ރިޕޯޓު މިނިސްޓަރު މުހައްމަދު ޝަހީމް ނެރުއްވަނީ: އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުވައްޒަފުންގެ އަތުން -- ފޮޓޯ: މިނިސްޓްރީ

މިނިސްޓްރީގެ އަހަރީ ރިޕޯޓު މިނިސްޓަރު މުހައްމަދު ޝަހީމް ނެރުއްވަނީ: އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުވައްޒަފުންގެ އަތުން -- ފޮޓޯ: މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ވަޒީފާއަށް ގަޑި ޖެހޭތީ ކަނޑާ ފައިސާ އާއި މުވައްޒަފުންގެ ޖޫރިމަނާ ފައިސާއަށް 218،000 ރުފިޔާ ލިބިއްޖެ އެވެ.

މިނިސްޓްރީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، މިނިސްޓްރީއަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ މުވައްޒަފުން އަތުން ގަޑި ލާރި ކަނޑައިގެން އަދި މުވައްޒަފުން ޖޫރިމަނާކޮށްގެންނެވެ.

އާމްދަނީގެ ގޮތުގައި މިނިސްޓްރީއަށް މިދިޔަ އަހަރު 468،883 ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 46 ޕަސެންޓަކީ މުވައްޒަފުންގެ އަތުން ގަޑި ލާރި ކެނޑުމުން އަދި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެއީ 218،728 ރުފިޔާ އެވެ.

އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މުވައްޒަފުންގެ އަތުން މިނިސްޓްރީއަށް ލިބުނު ފައިސާ ކުލީގެ ގޮތުގައި ލިބުނު ފައިސާއަށް ވުރެ ވެސް ގިނަ އެވެ. ކުލީގެ ގޮތުގައި ލިބުނީ އެންމެ 164،305 ރުފިޔާ އެވެ. ދެން އެންމެ ގިނައިން ފައިސާ ލިބުނީ ހައްޖު އަދި އުމްރާ ރަޖިސްޓްރޭޝަންގެ ފީގެ ގޮތުގަ އެވެ. އެއީ 71،900 ރުފިޔާ އެވެ.

އޭގެ އިތުރުން ނީލަން ކިޔައިގެން 13،180 ރުފިޔާ އަދި ކަލަންޑަރާއި ސުވެނިއާ ފަދަ ތަކެތި ވިއްކައިގެން 770 ރުފިޔާ ލިބުނު ކަމަށް ވެސް އަހަރީ ރިޕޯޓުން ދައްކަ އެވެ.

މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ލިބުނު އިރު، މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އިން މުވައްޒަފުންގެ 218 މައްސަލައެއް ބެލި އެވެ. އަދި މުވައްޒަފުންގެ ތެރެއިން ހަތަރު މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ހުރިހާ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދާ ހިލާފުވެގެންނެވެ.

ވަޒީފާއިން ވަކި ކުރި މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 10 މުވައްޒަފަކަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިންޒާރު ނުވަތަ ނަސޭހަތް ދީފަ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިދިޔަ އަހަރު 813 މުވައްޒަފުން ވަޒީފާ އަދާ ކުރި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިމާމުންނެވެ. އެ މިނިސްޓްރީގައި 604 އިމާމުން ވަޒީފާ އަދާ ކުރެ އެވެ.

މިނިސްޓްރީގެ މުވައްޒަފުން

  • އިމާމުން - 604
  • ސަޕޯޓް ސާވިސްގެ މުވައްޒަފުން - 59
  • ސަޕޯޓް އޮފިސަރުން - 39
  • ސިޔާސީ މުވައްޒަފުން - 38
  • ކޮންޓްރެކްޓް މުވައްޒަފުން - 32
  • ޓެކްނިކަލް ސަޕޯޓް އޮފިސަރުން - 22
  • އިދާރީ އެގްޒެކެޓިވް - 6
  • އިދާރީ ޓެކްނިކަލް - 4
  • އިދާރީ މިޑްލް މެނޭޖްމަންޓް - 4
  • ޓެކްނިކަލް މިޑްސް މެނޭޖްމަންޓް - 3
  • ރިލިޖަސް ޕްރޮފެޝަނަލްސް - 2

އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ 76.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑީ މުވައްޒަފުންގެ އެލަވަންސަށް ދިޔަ ހަރަދެވެ. މުވައްޒަފުންގެ އެލަވަންސަށް 80.7 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސަށް 156.8 މިލިއަން ރުފިޔާ ހަރަދު ވި އެވެ.

އޭގެ އިތުރުން މުވައްޒަފުންގެ ޕެންޝަނަަށް ވެސް 3.7 މިލިއަން ރުފިޔާ ހަރަދުވި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިދިޔަ އަހަރު ހަރަދު ކުރި ޖުމްލަ ފައިސާގެ އަދަދަކީ 198.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިނިސްޓްރީގެ މުޅި ޖުމްލަ ހަރަދުގެ 78.9 ޕަސެންޓު ހަރަދު ކުރީ މުވައްޒަފުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox