އެފްއޭއެމް ލީގު ކަޕް: 16 އަހަރުގެ އިލާންގެ ގޯލާ އެކު މާޒިޔާ އިން ޓީސީ ބަލިކޮށްފި

May 9, 2025, 5:58 PM
އެފްއޭއެމް ލީގު ކަޕް: 16 އަހަރުގެ އިލާންގެ ގޯލާ އެކު މާޒިޔާ އިން ޓީސީ ބަލިކޮށްފި

އެފްއޭއެމް ލީގު ކަޕްގައި މިރޭ 16 އަހަރުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާންގެ ގޯލާ އެކު، މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަނުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މާޒިޔާގެ ސީނިއާ ޓީމަށް ޕްރޮމޯޓްވި ފަހުން ލީގު ކަޕްގައި އިލާން އަށް ދެ މެޗުގައި ވެސް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އިލާން ވަނީ ލީގު ކަޕް ފުރަަތަމަ މެޗުގައި، ބެންޗުން އަރައި ނިއު ރޭޑިއަންޓް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. މާޒިޔާ އިން އެ މެޗުން މޮޅުވީ 5-1 އިންނެވެ.

މާޒިޔާ އިން މި މެޗަށް ނެރުނު ފުރަތަަމަ އެގާރައިގައި ވަނީ، ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ފެށި ކުޅުންތެރިންނަށް ބަލާއިރު، ފަސް ބަދަލެއް ގެނެސްފަ އެެވެ. އޮޑި ސްޕޯޓްސްއާ ދެކޮޅަށް ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވި ޓީސީ ޓީމުން ވެސް މި މެޗު ފެށިއިރު ބަދަލުތަކެއް ވަނީ ފެނިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުުޅުނު މެޗު ފަށައިގެން މާޒިޔާ އިން ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅުނެވެ. އެ ގޮތުން، މާޒިޔާގެ އެންމެ ކުރިއަށް ކުޅުނު ނާއިޒު ހަސަން (ދާދު)ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔަ އެވެ. ކުރިން ޓީސީ އަށް ކުޅުނު ދާދު އޭރިއާބޭރުން ޖެހި ޝޮޓެއް، ޓީސީގެ ކީޕަރު، ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން، ދާދު ފޮނުވާލި އަނެއް ހަމަލާ ދިޔައީ ގޯލާ ސީދާ ނުވެ އެވެ.

ވިއްސާރައިގެ ތެރޭގައި ކުޅެމުން ދިޔަ ވަގުތެއްގައި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު)، ފުރަތަމަ ހާފުގެ ފަހުކޮޅުގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު ސުޖަން އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.

ދެ ވަނަ ހާފު ފެށިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެ، ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ޓީސީގެ އައިހަމް ހަމްދޫން (އައިހަމްސްކީ) ފޮނުވާލި ބޯޅަ، މި މެޗުގައި، މާޒިޔާގެ ގޯލު ބެލެހެއްޓި އިޔާން އަބްދުލް އަލީމް (ޗިކީ) މަތަކުރި އެެވެ.

މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުތީ ތިން ބަދަލެއް ގެނެސްގެންނެވެ. މާޒިޔާ އިން ކުޅެން ނެރުނީ، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އިލާން އިމްރާން އަދި، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ކުޅެން އެރި އެވެ.

ދެ ވަނަ ހާފުގައި މާޒިޔާގެ ފުރަތަމަ ހަމަލާ ފޮނުވާލީ ހަމްޕު އެވެ. ހަމްޕު ފޮނުވާލި ބޯޅަ ޓީސީ ކުޅުންތެރިއަކު ގައިގައި ޖެހިގައި ހުރަސްދަނޑީގައި ޖެހިފައި އޭރިއާތެރެއަށް އައި ވަގުުތު، ރީބައުންސް ބޯޅައެެއް ސާނޭ ގޯލަށް ފޮނުވާލިއިރު، ކީޕަރު ސުޖަން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން ހުރަސްވި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައި، އިލާން ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ.

ޓީސީ އަށް އެއްވަރުކޮށްދޭން މެޗުގެ 76 ވަނަ މިނިޓްގައި، އެ ޓީމުގެ ޑިފެންޑަރު، ހަސަން އީނާޒް ހަމަލާއެއް ފޮނުވާލި އެވެ. މާޒިޔާގެ ކީޕަރު، ޗިކީ ކުރިއަށް އަރައި ހުރި ވަގުތު، ހާފުގެ މެދެއްހާ ހިސާބުން އީނާޒް ޖެހި ޝޮޓް ރަނގަޅު ވަގުތު ފަހަތަށް ޖެހި ކީޕަރު ޗިކީ ބޯޅަ އަތަށް ނެގި އެވެ.

މާޒިޔާގެ ލީޑުފުޅާކޮށްދޭން މެޗުގެ 81 ވަނަ މިނިޓްގައި ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކޯނަރެއްގައި ކުޑައޭރިއާތެރެއިން ސެންޓޭ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ އިރުކޮޅެއް ކުރިން، މާޒިޔާގެ ޕޯޗުގަލް ޑިފެންޑަރު، ލުއިސް އަލްމައިޑާ ބޮލުންޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

މެޗުގައި މާޒިޔާ އިން ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަހުމަދު އައިހަމް (ފަތޯ) އެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާތެރެއަށް ވަދެ، ޓީސީ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އައިހަމް ވަނީ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގު ކަޕްގެ މެޗުތައް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ޓީސީން ނިއުއާ ކުޅޭއިރު، އެރޭ ކުޅޭ މެޗުގައި، މާޒިޔާ ބައްދަލުކުރާނީ މަހިބަދޫއާ އެވެ.

ފަސް ޓީމު ވާދަކުރާ ލީގު ކަޕްގެ އެއް ވަނައިގައި މާޒިޔާ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑި އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީސީ އަށް ޕޮއިންޓެއް ވަނީ ލިބިފަ އެެވެ. ނިއު އާއި މަހިބަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މުބާރާތުގެ ލީގު ބުރަށް ފަހު ކަޓާނީ ފުލަށް ދާ ޓީމެވެ. އަނެއް ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox