މާޒިޔާ އަށް ކޮންމެ މެޗެއްގައި ވެސް މޮޅެއް ނޫން ގޮތެއް ނެތް

May 6, 2025, 9:01 AM
މާޒިޔާގެ ކޯޗު ލުއިސްމާ އިއްޔެގެ މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މާޒިޔާގެ ކޯޗު ލުއިސްމާ އިއްޔެގެ މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކޮންމެ މެޗެއްގައި ވާދަކުރި ކަމުގައިވިޔަސް މޮޅެއް ނޫން ގޮތެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު، މާޒިޔާގެ ކޯޗުކަމާ ހަވާލުވި ހެނާންޑޭޒް، އެ ޓީމާ އެކު ނުކުތް ފުރަތަމަ މެޗަކީ، އިއްޔެ އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން މާޒިޔާ ވަނީ 5-1 އިން މޮޅުވެފަ އެވެ.

އެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ވަނީ، މާޒިޔާ އަކީ މުބާރާތުގެ ފޭވަރިޓަށް ވުމާމެދު މީހުން ދެކޭ ގޮތާ މެދު އޭނާގެ ވިސްނުން ހިއްސާކުރި އެވެ. ހެނާންޑޭޒް ބުނީ، އޭނާ މާޒިޔާއާ ހަވާލުވީ، މެޗުތަކުން މޮޅުވެ، "ޗެމްޕިއަން" އަކަށް ވުމަށް ކަމަށެވެ.

"އަަހަރެން މި ތަނަށް އައީ ޗެމްޕިއަނަކަށްވާން، ކޮންމެ މެޗެއްގައި ވެސް ކާމިޔާބު ހޯދަން. އެހެންވެ، އަހަރެން މި ޝަކުވާ ކުރަނީ ކޮޅަށް އެ ވަން ގޯލާ މެދު ވެސް، އެއީ އަހަރެމެންގެ ގޯހަކުން ވަން ގޯލެއް، އެ މީހުން ކުޅުނު، އެކަމަކު، އަހަރެމެންގެ ގޯހަކުން އެ ލަނޑު އައީ، އަހަރެމެން އެބަޖެހޭ ކަންކަން ރަނގަޅުވަން. އަހަންނަށް މި ތަނުގައި (މާޒިޔާގައި) އޮތް މިޝަން އަކީ އެންމެ މޮޅު ޓީމަށްވުން. ކޮންމެ ހާލަތެއްގައި ވެސް އެއް ވަނައިގައި އޮތުމަށް،" ހެނާންޑޭޒް ބުންޏެވެ.

ސްޕެއިން، ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހެނާންޑޭޒް އަކީ ކޯޗިންގައި ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ފުޓްބޯޅައިގެ އެކިއެކި ކާމިޔާބު ޕްރޮޖެކްޓްތަކެއްގައި ބައިވެރިވި ކޯޗެކެވެ. އޭނާ އަކީ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އަށް އިރުޝާދުދޭނެ ބިދޭސީ ހަތް ވަނަ ކޯޗެވެ.

ނިއުއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށް ފަހު، ހެނާންޑޭޒް ވަނީ އެ ޓީމުން މެޗުގައި ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. އަދި، ނިއު އިން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ނިސްބަތުން ބަލާއިރު ކުރި ހިތްވަރު ރަނގަޅުކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.

"އެ މީހުންނަށް (ނިއު އަށް) ކުޅެވުނު އެންމެ ރަނގަޅަށް ކުޅުނު، ޔަގީންކަމެއް، އަހަރެމެން ވަރަށް ގިނަ ދުވަހު އެކުގައި ޕްރެކްޓިސް ކުރީމަ، އަހަރެމެންގެ ކަންކަން ރަނގަޅުވާނެ. އަހަރެން ދެކޭ ގޮތުގައި އިންސާފުވެރި ނަތީޖާއެއް ނުކުތީ، ފަަހަރުގައި އެ މީހުން ކޮޅަށް ވަން ގޯލުގެ އަދަދު އިތުރުވެދާނެ އެ މީހުންނަށް،" ހެނާންޑޭޒް ބުންޏެވެ.

ބާސެލޯނާ އިން ޓެނެރީފް އަށް ކަނއަޅާފައިވާ ޓެކްނިކަލް އެކަޑަމީ އާއި ރެއާލް މެޑްރިޑްގެ އިންޓަނޭޝަނަލް ފައުންޑޭޝަން ޕްރޮޖެކްޓްގައި މަސައްކަތްކޮށްފައިވާ ހެނާންޑޭޒް ބުނީ، މާޒިޔާގައި އޭނާގެ ފުރަތަމަ ރަސްމީ މެޗަށް ފަހު ފެނުނު ކަންކަމަށް ބަލާއިރު، ޓާގެޓަށް ދިއުމަށްޓަކައި، ފޯކަސް ކުރަންވީ ރަނގަޅު ވަގުތުގައި ޑިފެންސްކުރުމަށާއި އެޓޭކް ކުރުމަށް ކަމަށެވެ. މީގެ އިތުރުން، މާޒިޔާގެ ޕްލޭނުގައި ހިމެނޭ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ޑިވެލޮޕް ކުރަމުން ނަތީޖާ ނެރުމުގެ ކަންކަން ފުރަތަމަ މެޗުން ވެސް ހާސިލްވުމަކީ، ހެނާންޑޭޒަށް އޮތް އުފަލެކެވެ.

އެފްއޭއެމް ލީގު ކަޕަކީ، ހަގީގަތުގައި އެފްއޭއެމް ސީޒަން ކަލަންޑަރުން ބޭރުން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ބާއްވަން އެފްއޭއެމް އިން ފީފާގެ ލަފާ ހޯދީ، ކްލަބްތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފަށާފައި އޮއްވައި، މިދިޔަ މަހު ފަށަން ނިންމި ފުޓްބޯޅަ ސީޒަން އަންނަ އޮގަސްޓަށް ލަސްކުރުމުންނެވެ. ފީފާގެ ހުއްދައާ އެކު، ލީގު ކަޕް ފަށަން ބައިވެރިވުމަށް ހުޅުވާލުވުމުން، ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގެ ތަރުހީބު ކުޑަވެ، މުބާރާތުގެ ފުރުސަތު ދެ ވަނަ ޑިވިޝަނުގެ ރަނގަޅު ނަތީޖާނެރުނު ޓީމުތަކަށް ވެސް ހުޅުވާލީ އެވެ.

ލީގު ކަޕްގައި ވާދަކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ. ފުރަތަމަ ޑިވިޝަނުން ވާދަކުރަނީ އޮޑި ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އެވެ. ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު އާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

ހެނާންޑޭޒް ބުނީ، ރަސްމީ މެޗެއް ނުކުޅެ ރާއްޖޭގެ ފުޓްބޯޅަ ގިނަ ދުވަސްވަންދެން އޮތުމަށް ފަހު، ފަށައިގަތްއިރު، އުންމީދަކީ ވަރަށް އަވަހަށް މި ހުރި ކަންކަމަށް ހައްލެއް ލިބި، ގަވާއިދުން ކުޅެވޭނެ މަގެއް ތަނަވަސްވެގެން ދިއުން ކަމަށެވެ.

އެފްއޭއެމް ލީގު ކަޕްގައި ފެންނަ އެއް ކަމަކީ، ލެވަލަށް ބަލާއިރު، ބައެއް ޓީމުތައް އެންމެ އެކަށޭނެ މިންވަރަށް ޕްރެކްޓިސްކޮށް ތައްޔާރުވެފައިނުވާތީ އެކި ޓީމުތަކުގެ ތަފާތެވެ.

"އަނެއް ހާލަތަކީ، އަހަރެމެން މެޗު މި ކުޅުނީ ހަތަރެއް ޖެހިއިރު، އަހަންނަށް އެނގޭ ގަވާއިދު ވެސް، އެކަމަކު، އަހަންނަށް ނޭނގޭ އަހަރެމެންނަށް މި މެޗު 9 ޖަހާއިރު ނުކުޅެވެން ވީ ސަބަބެއް، ކުޅުންތެރިންނަށް ވެސް ރަނގަޅުވާނީ ރޭގަނޑު ކުޅެން، މި ކަންކަމަށް ބަލާއިރު، ކުޅުންތެރިންނާ މެދު ވެސް ވިސްނަން އެބަޖެހޭ. އެންމެ ރަނގަޅަށް ކުޅުންތެރިންށް ކުޅެވޭ ގޮތަށް ކަންކަން ރޭވިގެން ގައުމީ ޓީމަށް ވެސް ފައިދާ އޮތީ،" ހެނާންޑޭޒް ބުންޏެވެ.

"އޮޑި އާއި ޓީސީގެ މެޗު އަހަރެން ބެލިން، ކުޅުންތެރިންގެ ކުޅުން ރަނގަޅުވާތަން ފެނުނު، އުންމީދަކީ މެޗަކަށް ފަހު މެޗެއް ޓީމުތައް ރަނގަޅުވެ ބޭނުންވާ ފެންވަރުގެ ފުޓްބޯޅައެއް ފެނުން،"

ލީގު ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު، ހަވީރު 16:00 ގައި ކުޅޭ މެޗުގައި، އޮޑިން ބައްދަލުކުރާނީ މަހިބަދޫއާ އެވެ. އަދި އެރޭ ޓީސީން ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox