ރައުދު ހައްޔަރު ކުރަން ކޯޓުން ކުރި ފުރަތަމަ އަމުރު ފުލުހުން ތަންފީޒު ނުކުރޭ!

ރައުދު ހައްޔަރު ކުރަން ކޯޓުން ކުރި ފުރަތަމަ އަމުރު ފުލުހުން ތަންފީޒު ނުކުރޭ!

އޭޕްރީލް 18، ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު, 21، ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ހަމަ އެ ދުވަހު ކުރި އަމުރު ފުލުހުން ތަންފީޒުކޮށްފައި ނެތްކަން އެނގިއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި، ޔުމްނުއާއެކު އެރޭ އެންމެ ފަހުން އުޅުނު ރައުދު ތަހުގީގަށް އެންމެ ފުރަތަމަ ހާޒިރު ކުރީ ހެންވޭރު ފުލުހަށެވެ. މި ހާދިސާ ހިނގީ ހ. ފެންޓެނޯއީ ގޭގައި ކަމުން މައްސަލަ ބަލަން ފުރަތަމަ ހަވާލުވީ ހެންވޭރު ފުލުހުންނެވެ.

އެކި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، އެންމެ ކުޑަ މިންވަރަކަށް 24 ގަޑިއިރު ބަންދުގައި ބެހެއްޓޭ ވަރަށް ރައުދުގެ މައްޗަށް އޭރު ވެސް ތުހުމަތު ކުރެވުނެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ އޭނާ ދޫކޮށްލީ، ހައްޔަރު ކުރަން ކޯޓު އަމުރެއް ވެސް ފުލުހުން ހޯދާފައި އޮއްވަ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ކްރިމިނަލް ކޯޓުން ދިނީ 72 ގަޑިއިރުގެ އަމުރެކެވެ. ނަމަވެސް އެ މުއްދަތުގައި ވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

ދެވަނަ ފަހަރަށް ފުލުހުން ރައުދު ހައްޔަރު ކުރަން ބެލިއިރު ފުރަތަމަ އަމުރުގެ ވަގުތު އޮތީ ހަމަވެފަ އެވެ.

ފުލުހުން ރައުދު އަލުން ހައްޔަރު ކުރަން މަސައްކަތް ފެށީ, ހާއްސަ ގޮތަކުން އޭނާއާ މެދު އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވި ތަހުގީގާ މެދު އާންމުންގެ ނުރުހުން އަމާޒުވުމުންނެވެ.

އަދަދު ނޫހަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނި ގޮތުގައި ރައުދުގެ މައްސަލައާ ގުޅިގެން، އޭނާގެ ބޭބެ، ދައުދު އަހުމަދު ސަރުކާރުގެ ބައެއް ވެރިންނަށް ގުޅާފައިވެ އެވެ. ނަަމަވެސް އެ މުއާމަލާތްތަކުގެ ތަފުސީލެއް ކިޔައެއް ނުދެ އެވެ.

ރައުދު ބަންދު ނުކޮށް ދޫކޮށްލުމަކީ ފުލުހުން އަމަލުކުރާ، އަދި އަމަލުކުރަން ޖެހޭ ގޮތެއް ނޫން ކަމަށާއި ނުފޫޒެއް ނެތި އެ ގޮތަށް އަމަލު ކުރުމަކީ ދުރު ކަމެއް ކަމަށް މި ނޫހަށް މައުލޫމާތު ދިން ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އެހެންވެ، ފުރަތަމަ ދުވަހު ކޯޓު އަމުރު ހޯދުމަށް ފަހު ރައުދު ހައްޔަރު ނުކޮށް ދޫކޮށްލި ސަބަބު ބެލުމަށް ނިންމާފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ.

"އެއީ ހަގީގަތުގައި ވެސް ބަލަންޖެހޭ ކަމެއް،" އޭނާ ބުންޏެވެ.

ފުލުހުންނާއި ސަރުކާރަށް އާންމުންގެ ނުރުހުމާއި ފާޑުކިޔުން އިންތިހާއަށް އަމާޒުވުމުން ރައުދު ހައްޔަރުކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ. އެއަށް ފަހު އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ފަސް ދުވަސް ބަންދު ޖެހުމަށް ފަހު، މުއްދަތު ހަމަވަވުމުގެ ކުރިން އޭނާގެ ބަންދު 10 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox