ހުލާސާކޮށް އިއްޔެ: ސުލުހަވެރި މުޒާހާރާ ހުއްޓުވަން ދެ ޒުވާނުން ހައްޔަރުކުރުން

May 2, 2025, 1:57 AM
މަހުޒޫމް އާއި ޝިމަން ހައްޔަރު ކުރަނީ.

މަހުޒޫމް އާއި ޝިމަން ހައްޔަރު ކުރަނީ.

މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރާ މުޒާހަރާ ހުއްޓުވަން ފުލުހުން ރޭ ބާރުގެ ބޭނުންކޮށް, ދެ ޒުވާނަކު ހައްޔަރުކުރި އެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން އަބްދުﷲ މަހުޒޫމް މާޖިދު، 28, އާއި އާއިޝަތު ޝިމަން އަހުމަދު، 19 އެވެ.

އެ ދެ ޒުވާނުން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ސްޕީކަރުތައްވެސް އަތުލައިފަ އެވެ.

Advertisement

"އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކައިރީގައި ޒުވާނުން ކުރަމުން ދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލުމުން، ޒުވާނުން ރުޅި އައިސްގެން، މާލޭގެ ބައެއް ސަރަހައްދުތަކަށް ހިނގައިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށް ގޮވާފައިވެ އެވެ.

ނިމިގެންދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ފަންގިފިލާއިން، އެގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި މީހަކު ހައްޔަރުކޮށް، ތަހުގީގަށް ފޯނުތައް އަތުލައި، މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވުނު ތަންތަން ބަލައި ފާސްކުރީ ޒުވާނުން މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ.

މުޒާހަރާ ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ރޭ ފިޔަވައި ފުލުހުން މުޒާހަރާއަށް ހުރަހެއް ނާޅަ އެވެ. މީހަކު ހައްޔަރެއް ވެސް ނުކުރެ އެވެ.

މުޒާހަރާ ކުރާ ޒުވާނުން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވައިލުން ހިމެނެ އެވެ.

ޒުވާނުން ކުރި ޑިމާންޑުތަކުގެ ތެރެއިން މިހައިތަނަށް ފުއްދާފައި ވަނީ ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު އިސްތިއުފާ ދިނުމާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:39
  • އިރުއަރާ 05:54
  • މެންދުރު 12:07
  • އަޞްރު 15:23
  • މަޣްރިބް 18:13
  • ޢިޝާ 19:27

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox