މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހަދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އޭޕްރިލް 12، ވަނަ ދުވަހު 05:18 ހާއިރު މާފަންނުގައި ހިންގާ ގެސްޓުހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ އދ. ދަނގެތި، ހަވީރީ މަންޒިލް، އިބްރާހިމް ހަސީބު 28، ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކުރުމުން، މާލޭ އާސަހަރާގައި ވަޅުލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ހަސީބުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ގޮތް ނޭގޭ މަރުތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޝައްކު އުފެދޭ މަރުތަކުގައި ފުލުހުން އަންނަނީ އޮޓޮޕްސީ ހަދަމުންނެވެ.














