ސިނގިރޭޓު އުފައްދާ ގެއިން ފުލުހުން އަތުލައިގަތް ތަކެތި ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

މާލޭގައި ވަގަށް ސިނގިރޭޓް އުފައްދަމުންދިޔަ ގެއަކުން ތަކެތި އަތުލައިގަތުން: އެ ތަކެތި ދޫކޮށްލަން ކޯޓުން ވަނީ އަމުރުކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ވަގަށް ސިނގިރޭޓް އުފައްދަމުންދިޔަ ގެއަކުން ތަކެތި އަތުލައިގަތުން: އެ ތަކެތި ދޫކޮށްލަން ކޯޓުން ވަނީ އަމުރުކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދިޔަ ހ. ހުޅުގަލީ ގެ އެޕާޓްމަންޓެއް ރެއިޑުކޮށް ފުލުހުން އަތުލައިގަތް ތަކެތި ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ތަކެތި އަތުލައިގަތުމާ ގުޅިގެން ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑުން މުދާ ހޯދުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ފުލުހުންގެ މައްޗަށް އަމުރުކުރީ ތިން ދުވަހުގެ ތެރޭގައި ބައެއް މުދާ އެ ކުންފުންޏަށް ދޫކުރުމަށެވެ.

ނަމަވެސް ރެއިޑިއަސް އިން ދޫކޮށްދިނުމަށް އެދިފައިވާ ސިނގިރެޓާއި، ދުންފަތް ވިއްކުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ އާއި ލައިސަންސް ހޯދުމަށްފަހު ފުލުހުންނަށް ހުށަހަޅާ ތާރީހުން ފެށިގެން އެތަކެތި އެ ކުންފުންޏަށް ދޫކުރަން ވެސް އަމުރުގައިވެ އެވެ.

Advertisement

ފުލުހުންގެ ބެލުމުގެ ދަށުން ތިން ދުވަސް ތެރޭގައި ދޫކޮށްލަން އަމުރުކުރި ތަކެތި:

  • 211 ނޫކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައި ހުރި ހުސް ފޮށި.
  • 200 ނޫކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައިހުރި ހުސް ފޮށި.
  • ކޮންމެ ފޮއްޓެއްގައި 200 ރަތް ކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައިހުރި ހުސް ފޮށި
  • 1،000 ރަތް ކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައި ހުރި ހުސް ފޮށި
  • 61 ރަތް ކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައި ހުރި ހުސް ފޮށި
  • 401 ނޫކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައި ހުރި ހުސް ފޮށި.
  • 418 ރަތް ކުލައިގެ ސިނގިރޭޓް ޕެކްކުރަން ރާވާފައި ހުރި ހުސް ފޮށި.
  • 02 ބޮކްސިން މެޝިން.

އަމުރުގައި އިތުރަށް ބުނެފައި ވަނީ މުދާ ދޫކުރެވެންދެން ނުވަތަ މުދަލާއި މެދު ވަކި ގޮތަކަށް އަމަލު ކުރެވެގެންދެން މުދާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށާއި ރެއިޑިއަސް އިން ދޫކޮށްދިނުމަށް އެދިފައިވާ ސިނގިރެޓާއި، ދުންފަތް ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން ރެއިޑިއަސް ޕވޓ ލޓޑ އިން ދޫކޮށްދިނުމަށް އެދިފައިވާ މުދާ އެއްވެސް ޝަރުތެއް ނެތި އެފަރާތަށް ދޫކުރުމަށް؛ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގެ ދަށުން ރެއިޑިއަސް ޕވޓ ލޓޑ އިން ދޫކޮށްދިނުމަށް އެދިފައިވާ މުދާ ޝަރުތު ކުރުމަށްފަހު އެފަރާތަށް ދޫކުރުމަށް ނިންމަން ފެނޭ،" ހުކުމުގައި ބުންޏެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ހިލާފަށް އެއްވެސް އަމަލެއް ރެއިޑިއަސް އިން ނުކުރުމަށް އަންގާ ކަމަށެވެ.

ރެއިޑިއަސް އިން ކޯޓުގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެ ކުންފުނިން ބުނި ހިފަހައްޓާފައިވާ މުދާ ވިއްކައިގެން ފަސް މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އެ މުދާ ވަކި ފިނިހޫނު މިނެއްގައި ރައްކާތެރިކަމާ އެކު ނުބަލަހައްޓާނަމަ އެއިގެ އަގު ދަށްވެ ނުވަތަ އެއްކޮށް އަގު ގެއްލުމުގެ އިހްތިމާލު އޮތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސިނގިރޭޓު އުފައްދަނީ މާލެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއިންނެވެ. އުފައްދާ ސިނގިރޭޓަށް ކިޔަނީ "އެޗްޑީ" އެވެ.

ފުލުހުން ކުރިން ބުނީ ސިނގިރޭޓު އުފެއްދިގެއިން ކާޑުބޯޑު 103 ފޮށިގަނޑު އަތުލައިގަތް ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ ކަމަށް އޭރު ފުލުހުން ބުންޏެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓުގެ އަގު 240ރ. އަށް އެރިއިރު ވެސް، އެޗްޑީ އަދި ނިއު ލެޖެންޑް އޭރު ވިއްކަމުންދިޔައީ 100ރ. އަށް ވުރެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox