މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއި އޭނާ އާއެކު އެ ގޭގައި ހަރަކާތްތެރިވި ރައުދު އަަހުމަދު ޒިލާލް 21، ހިމެނޭހެން ހަތް މީހެއްގެ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން ހިފަހައްޓައިފި އެވެ.
"ރައުދު އަހުމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ހަތް މީހެއްގެ ފޯނު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވީ އެރޭ ޔުމްނު އާއެކު އަށް މީހުން އުޅުނު ކަމަށެވެ. އެ ހުރިހާ އެންމެންނަށް ވެސް ރާއްޖެއިން ބޭރަށް ފުރުން މިހާރު މަނާކޮށްފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
އެރޭ ޔުމްނު އާއެކު އުޅުނު މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
- އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
- އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ޖުމުލަ ހަތް މީހެއްގެ ފޯނު ހިފެެހެއްޓިއިރު ނުވަ މީހެއްގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު ހާމަކުރި އެވެ. އޭގެ ތެރެއިން ފުލުހުން ފޯނު ނުހިފަހައްޓަނީ ކޮން ބައެއްގެ ކަމެއް ސާފެއް ނޫނެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރަން ފުލުހުންނަށް ފޯނުން ގުޅުމުން ޖަވާބެއް ދީފައި ނުވެ އެވެ.

މި ތަހުގީގު ނިމުމުގެ ކުރިން ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.












