ޔުމްނު ވެއްޓުނު ހާދިސާ: ޔުމްނު ހޯދަން ރައުދު 30 މިނެޓު މަސައްކަތް ކުރި ކަމަށް ފުލުހުން ދެއްކި ފުޓޭޖުން ފެނޭ

ރައުދު ޒިލާލް: ރައުދު އާއި ޔުމްނު އެ އިމާރާތުގެ ތެރޭގައި އުޅޭތަން ވީޑިއޯއިން ފެނޭ -- ސްނެޕްޝޮޓް: ފުލުހުންގެ ވީޑިއޯ

ރައުދު ޒިލާލް: ރައުދު އާއި ޔުމްނު އެ އިމާރާތުގެ ތެރޭގައި އުޅޭތަން ވީޑިއޯއިން ފެނޭ -- ސްނެޕްޝޮޓް: ފުލުހުންގެ ވީޑިއޯ

ހުކުރު ދުވަހުގެރޭ ހ. ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ހޯދަން އޭނާ އާއެކު އެ ގޭގައި ހުރި ރައުދު އަަހުމަދު ޒިލާލް 21، 28 މިނެޓު ހޭދަކުރިކަން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން އެނގިއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ފަތިހު 4:52 ހާއިރު އެވެ. އޭރު ރައުދު ހުންނަނީ އެ އިމާރާތުގެ އަށްވަނަ ފަންގިފިލާގަ އެވެ.

ފުލުހުން އެންމެ ފުރަތަމަ ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޔުމްނު ވެއްޓުނު ވަގުތު ބާރު އަޑެއް ވީޑިއޯ ފުޓޭޖުން އިވޭ ކަމަށެވެ. ނަމަވެސް މިއަދު އެ ފުޓޭޖު އާންމުކުރި އިރު، އެ އިމާރާތުގައި ހަރުކޮށްފައި ހުރި އެލާމް ސިސްޓަމުން އެ ވަގުތު އެލާމް އަޅަމުން ދާތީ ޔުމްނު ވެއްޓުނުއިރު އިވޭ ކަމަށް ފުލުހުން ބުނާ އަޑު އެހައި ސާފުކޮށް ނުއިވެ އެވެ.

ޔުމްނު ވެއްޓުނު ކަމަށް ފުލުހުން ލަފާ ކުރާ ވަގުތު، ހ. ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާއަށް ރައުދު ސިޑިން އަރާ މަންޒަރު ފެނެ އެވެ. އެއަށްފަހު އަނެއްކާވެސް 4:53 ގައި ރައުދު އަށްވަނަ ފަންގިފިލާއަށް ފައިބައި ލިފްޓަށް އަރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. ރައުދުގެ އަމަލުތައް ހުރިގޮތުން އޭނާ އުޅުނީ ޔުމްނު ހޯދަންކަން އެނގެ އެވެ.

ސީސީޓީވީ ފުޓޭޖުން ދެން ފެންނަނީ 4:57 ގައި ހަތްވަނަ ފަންގިފިލާ އާއި އަށްވަނަ ފަންގިފިލާ އާ ދެމެދު ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ރައުދު ތިރި ބަލައި ހޯދާ މަންޒަރެވެ. އެއަށްފަހު ދެން އަނެއްކާވެސް ރައުދު ފައިބަނީ ސިޑިން ތިރިއަށެވެ.

އޭގެ އަށް ވަރަކަށް މިނެޓު ފަހުން 5:05 ގައި ރައުދު އަށްވަނަ ފަންގިފިލާއަށް އަރައި ޔުމްނު ހޯދާ މަންޒަރު ފެނެ އެވެ. އެއަށްފަހު އަނެއްކާވެސް ހަތްވަނަ ފަންގިފިލާ އާއި އަށްވަނަ ފަންގިފިލާ އާ ދެމެދު ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ތިރި ބަލައި "ޔުމްނޫ" އޭ ކިޔާ ރައުދު ގޮވާ އަޑު ވީޑިއޯއިން އިވެ އެވެ.

ދެން ވެސް ޔުމްނުގެ ހަބަރެއް ނުވުމުން ރައުދު އަނެއްކާ ވެސް ހަތްވަނަ ފަންގިފިލާއަށް ސިޑިން ފައިބާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އޭރު ވެސް ހުއްޓުމެއް ނެތި އެ ގެއިން އެލާމް އަޅަމުންދެ އެވެ.

ފުލުހުން ބުނީ އެ ވަގުތުގެ ތެރޭގައި އެކި ފަހަރު މަތިން ޔުމްނު ހޯދުމަށް ރައުދު ތިރިއަށް ފައިބައި މައްޗަށް އެރި ކަމަށެވެ. ރައުދު މަގުމައްޗަށް ނުކުމެ ޔުމްނު ހޯދުމަށް މަސައްކަތް ކުރާ މަންޒަރު ވެސް ފުލުހުން ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

އެގޮތުން 5:12 ގައި ހ. ފެންޓޯނިއާ ގެއިން ނުކުމެ އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިށީނދެލައިގެން މައްޗަށް ބަލަން ރައުދު އިންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެއަށްފަހު އެ ގޭ ކުރިމަތިން މަގުގެ ދެ ފަރާތަށް ރައުދު ހިނގާ މަންޒަރު ފެނެ އެވެ. އަލުން ގޮސް ރައުދު ފެންޓޯނިއާ ގެއަށް ވަންނަ މަންޒަރު ފެންނަނީ 5:16 ގަ އެވެ. އެއީ ރައުދު އެ ގެއަށް ވަންނަ މަންޒަރު ފެންނަ އެންމެ ފަހު ފަހަރެވެ.

ސީސީޓީވީ ފުޓޭޖުން ދެން ފެންނަނީ 5:20 ގައި އަނެއްކާ ވެސް ރައުދު ބޭރަށް ނުކުންނަ މަންޒަރެވެ. އެގެއިން ނުކުތުމަށްފަހު މައްޗަށް ބަލައިގެން އިރުކޮޅަކު ހުރުމަށްފަހު ރައުދު އެ ސަރަހައްދު ދޫކޮށް ދާ މަންޒަރު ފެނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ރައުދު އާ ސުވާލުކޮށް އޭނާގެ ސާމްޕަލް ނެގި ކަމަށާއި ޓެސްޓު ކުރިއިރު، ކެނެބިސްއަށް އޭނާ ޕޮޒިޓިވްވި ކަމަށެވެ. ފުލުހުން އޭނާ ހައްޔަރެއް ނުކުރެ އެވެ.

ނަމަވެސް މިއަދު އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ތަހުގީގަށް ރައުދު އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް މިހާރު އެދެފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައިގައި ރިވިއު ޓީމުން ކުރާ މަސައްކަތަށް ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ މައްސަލަ އެބައުޅޭ ކަމަށެވެ.

ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox