އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓްރީއަށް މިއަދު ވަދެއްޖެ އެވެ.
އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަަދަދު އަށް ވިދާޅުވީ އެ މިނިސްޓްރީއަށް އޭސީސީން ވަދެ އެ މުއައްސަސާއިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ މިނިސްޓްރީއަށް އޭސީސީން ވަދެފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އޭސީސީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެގޮތުން އޭސީސީން އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ވަދެފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
އޭސީސީން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާ ގުޅޭ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު މިހާތަނަށް އެއްވެސް މައްސަލައެއް އެ ކޮމިޝަނަށް ތަހުގީގުކޮށް ނިންމިފައި ނުވާކަން ފާހަގަކުރެވެ އެވެ.













