ހަމަލާތައް ހުއްޓައިލަންދެން ޕާސްޕޯޓު މަނާކުރަން ފާސްކުރުމަކީ ނަމެއްގައި ކުރާ ކަމެއް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް؛ އޭނާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ހަމަލާ ނުދޭ އިރެއް ނުދާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް؛ އޭނާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ހަމަލާ ނުދޭ އިރެއް ނުދާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަކީ ބަހަނާއެއް ދެއްކުމަށްފަހު ނަމެއްގައި ކުރާ ކަމެއް ކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު، މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީން ފާސްކުރި ގޮތާ ގުޅޭ ގޮތުން އަދަދު އާ ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ކޮންމެވެސް ހިސާބަކަށް ހަމަލާދީ ލާއިންސާނީ އަމަލުތައް ނުހިންގާ އިރެއް ނުދާ ކަމަށެވެ. އެހެންކަމުން، ޕާސްޕޯޓު މަނާ ކުރަނީ ލާއިންސާނީ އަމަލުތަކާއި ހަމަލާތައް ހުއްޓައިލަންދެން ކަމަށްވާ ނަމަ، ހަމަލާތައް ހުއްޓާލައިފި ކަމަށް ނިންމާނީ ކިހިނެއްކަން ވެސް އެނގެން ޖެހޭ ކަމަށެވެ.

"މަނާ ކުރަންޏާ ރީތިކޮށް މަނާ ކުރަންވީ، ހަމަލާ ދެނިއްޔޭ ކިޔާފައި، ސީޒް ފަޔާއެއް އޮއްވައި ވެސް އެބަ ހަމަލާދޭ ދޯ؟ ހަމަ އެތައް ބަޔަކު އެބަ ޝަހީދުކޮށްލާ، ކާކުތޯ ނިންމަނީ ހަމަލާތައް ހުއްޓާލައިފިތޯ؟ އެވެސް އެބަ ޖެހޭތާ ނިންމާފައި ބާއްވަން،" މީކާއިލް ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީން މިއަދު ފާސްކުރީ އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ނަސްލުހޭދުކުރުން ނިންމާ، ހަމަލާތަކާއި ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށެވެ. އަދި ޑުއެލް ސިޓިޒެންޝިޕް އޮންނަ އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ބިލުގައި އޮތް ބައި ކޮމިޓީން މިއަދު ވަނީ އުނިކޮށްފަ އެވެ.

އެގޮތަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މީކާއިލް ވިދާޅުވީ ހަމަލާތައް ހުއްޓައިލުމަށްފަހު އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އާދެވޭ ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެހެންވީމާ ވަރަށް ބޮޑަށް ބަހަނާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ހީވަނީ، މިގޮތަށް މި ނިންމީ،" މީކާއިލް ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ސަރުކާރުން މިހެން ނިންމިއިރު ވެސް މަޖިލީހުގައި މި ބިލު އޮތެވެ.

ބިލުގެ މަސައްކަތް ލަސްވެ ސަރުކާރަށާއި މަޖިލީހަށް ގިނަ ބަޔަކު އަންނަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން މަޖިލީހާއި ސަރުކާރު ނުކުޅެދިފައިވާ ވަނިކޮށް މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox