ލ. މާންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު މާންދޫ ބެންޑު ސަރަހައްދުގައި 1.40 ހާއިރު ހިނގި އެކްސިޑެންޓުގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް، 30 އެވެ.
އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 08:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.












