އުރުދުގާންގެ ވަކިތަކުން ތުރުކީ މިނިވަން ކުރުމުގެ އިސް ސަފުގައި މިފަހަރު ތިބީ ޒުވާނުން

Apr 1, 2025, 3:00 PM
ތުރުކީގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން. މި މުޒާހަރާގައި ބައިވެރިވި އެތައް ހާސް ބަޔަކު އުރުދުގާންގެ ސަރުކާރުން ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ: ރޮއިޓާސް

ތުރުކީގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން. މި މުޒާހަރާގައި ބައިވެރިވި އެތައް ހާސް ބަޔަކު އުރުދުގާންގެ ސަރުކާރުން ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ: ރޮއިޓާސް

އަންކާރާ، ތުރުކީ (އެޕްރީލް 1) - އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮގްލޫ ޖަލުގައި ބަންދުކޮށް ހުދުމުހުތާރުކަން އިސްކުރަމުންދާތީ އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދަނީ ޒުވާނުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ތުރުކީގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށް ބެލެވުނު އިމާމޮގްލޫ ހައްޔަރުކުރުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

""އެންމެ ވެރިއެއްގެ ދަށުން ބޮޑުވި ޖީލަކަށްވުމަކީ ޑިމޮކްރަސީއެއްގައި އުޅޭކަމުގެ ހެއްކެއް ހޯދަން ބޭނުންވި ސަބަބު. އަބަދަށް ދެމިއޮންނާނެ ބާރެއްގެ ހިޔާލަކީ ބިރުވެރި ހިޔާލެއް،" އުމުރުން 20 އަހަރުގެ ދަރިވަރަކު ރޮއިޓާސްއަށް ބުންޏެވެ.

"މިއީ އަހަރުމެންނަށް ލިބޭނެ އެންމެ ފަހު ފުރުސަތުހެން ހީވަނީ. ކާމިޔާބެއް ނުލިބިއްޖެނަމަ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ތުރުކީ ދޫކޮށް ދާން ޖެހިދާނެ."

ސިޔާސީ މާޔޫސްކަމުގެ ބޭރުން އިގުތިސޯދީ ތަކުލީފުގެ ސަބަބުން ތުރުކީގެ ޒުވާނުންގެ މެދުގައި ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުންތައް އިތުރުވި އެވެ. ތަކެތީގެ އަގުތައް ބޮޑުވުމާއި ވަޒީފާ ނުލިބޭތީ ޒުވާނުންގެ މުސްތަގުބަލު ފުނޑުފުނޑުވަމުންދާ ކަމުގެ ބިރުވެރިކަން ވެސް ޒުވާން އާބާދީގެ މެދުގައި އެބައޮތެވެ.

"އަހަރެން 2024 ވަނަ އަހަރު ގްރެޖުއޭޓްވި ނަމަވެސް ވަޒީފާއެއް ނުލިބޭ، އާއިލާއަށް މާލީ ގޮތުން އެތައް ގޮންޖެހުމެއް އެބައޮތް. މޫނު ދައްކާކަށް ބޭނުމެއް ނޫން ފުލުހުން އައިސްދާނެ އަހަރެން ގެންދަން،" އުމުރުން 25 އަހަރުގެ މުޒާހަރާވެރިޔަކު ބުންޏެވެ.

އިމާމޮގްލޫގެ ގާނޫނީ ވަކީލު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ވެސް ހައްޔަރުކޮށްފައި ވަނީ ފްރޭމް ކޮށްފައި ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ އިތުރުން އެއްވުންތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox