އިންޑިއާގެ މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

Oct 11, 2026, 6:29 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، "އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ" މީހުން ވަގުތުން މިނިވަންކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުން ހޮނިހިރު ދުވަހު އިންޑިއާ ސަރުކާރަށް ގޮވާލައިފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިއްލީގައި މިއަދު ބޭއްވި ބޮޑު މުޒާހަރާގެ ކުރިންނާއި މުޒާހަރާގެ ތެރެއިން، ގިނަ އަދަދެއްގެ އާންމުންނާއި، މުޒާހަރާގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުގެ މެންބަރުންނާއި، ވަކީލުންގެ އިތުރުން ނޫސްވެރިން ހައްޔަރުކުރަމުންދާ ކަމުގެ ރިޕޯޓުތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއްވެސް އުސޫލެއް ނެތް ގޮތަށް ހައްޔަރުކޮށްފައިވާ އެންމެހައި ފަރާތްތައް އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

Advertisement

އިންޑިއާގެ އިންތިޚާބީ ނިޒާމަށް އިސްލާހު ގެނައުމަށް ގޮވާލައި، ޒުވާނުން އިސްވެ އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން ދިއްލީގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ ޗީފް ޖަސްޓިސް ވަޒީފާއެއް ނެތް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެއްޓެވި އަބީޖީތު ދިޕްކޭ، ދިއްލީއަށް ފޭބިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ހަރަކާތުގެ އެހެން އިސްވެރިންނާއެކު ވަނީ ހައްޔަރުކޮށްފަ އެވެ.

މުޒާހަރާއާ ދިމާކޮށް ދިއްލީގެ މަގުތައް ބަންދުކޮށް، އެތައް ހާސް ފުލުހުން ވަނީ މަގުތަކަށް ނެރެފަ އެވެ.

މި ހައްޔަރުކުރުންތަކާ ގުޅޭ ގޮތުން ދިއްލީ ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު "ޖަންތަރު މަންތަރު" ސަރަހައްދުގައި މުޒާހަރާ ކުރުމުގެ ހުއްދަ ދިނުމަށް ފުލުހުން ކުރިން ވަނީ އިންކާރުކޮށްފަ އެވެ.

އިންޑިއާގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ނުވާ މި ޖަމާއަތުން އިންތިޚާބީ އިސްލާހުތަކަށް ގޮވާލަމުން މިދަނީ، އިންޑިއާގެ ސްޓޭޓްތަކުގެ މުހިންމު އިންތިޚާބުތަކެއް ބޭއްވުމަށް މަދު މަސްތަކަކަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން، ވޯޓުލާ މީހުންގެ ލިސްޓަށް އޮޅުވާލުންތަކެއް ގެނެސްފައިވާ ކަމަށް ބުނެ، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު (ސީއީސީ) ގްޔަނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ވެސް އެ ޖަމާއަތުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox