ރުޅި އާއި ހަސަދަ ފިލުވާލައި، އެއްގަލަކަށް އަރަން ހުތުބާގައި ގޮވާލައިފި

މިއަދު ހެނދުނު ފިތުރު އީދު ނަމާދު ކުރަނީ. -- ފޮޓޯ: އަތޫފް/އަދަދު

މިއަދު ހެނދުނު ފިތުރު އީދު ނަމާދު ކުރަނީ. -- ފޮޓޯ: އަތޫފް/އަދަދު

ރުޅިވެރިކަމަކާއި، ހަސަދަވެރި ކަމަކުން ހިތްތައް ސާފުކުރުމަށާއި ބައިބައިނުވެ، އެއްގަލަކަށް އެރުމަށް ފިތުރު އީދު ހުތުބާގައި ގޮވާލައިފި އެވެ.

ރޯދަ މަހަށް ފަހު މިއަދު މުޅި ރާއްޖޭގައި އީދުގެ އުފާ ފާޅުކުރާނެ އެވެ.

މިއަދުގެ އީދު ނަމާދުގެ ޖަމާއަތުން ހާމަކޮށް ދެނީ އެއްބައިވަންތަކަން ކަމަށާއި އަހަރެމެންގެ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދީންގެ މެދުގައި އޮތް ކުލުނުވެރިކަމާއި ލޯބި ކަމަށް ހުތުބާގައި ފާހަގަކުރި އެވެ.

Advertisement

އެހެންވެ، މި އުފާވެރިކަން ފާހަގަ ކުރާއިރު، ހުރިހާ ރުޅިވެރި ކަމަކާއި، ހަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކޮށް، ބައިބައިނުވެ، އެއްގަލަކަށް އެރުމަށް ގޮވައިލި އެވެ. އަދި އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ހައްގު އަދާކުރުމަށް، ހާއްސަކޮށް މައިންބަފައިންގެ ހައްގު އަދާ ކުރަން ނަސޭހަތްތެރިވި އެވެ.

"މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު އަޒުމު ކަނޑައަޅާށެވެ. މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ؛ އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ ދެ މީހުންނަށް އުއްފު ވެސް ނުބުނާށެވެ،" ހުތުބާގައި ހަނދާންކޮށް ދިނެވެ.

ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިލާލު ކަމަށް ވާއިރު، ހުތުބާގައި، ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން މިއަދު އަޒުމު ކަނޑައަޅަން ގޮވާލި އެވެ.

"މި ލޮބުވެތި ވަތަން، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ، އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރުބިޔަތާއި ތަޢުލީމު ފޯރުކޮށްދީގެން،" ހުތުބާގައި ނަސޭހަތްތެރިވި އެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާ ގުޅިފައިވާކަމެއްކަން ފާހަގަކޮށް މި އީދުގައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުކޮށް ދިނުމާއި އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވުމުގެ މުހިއްމުކަން ހަނދާންކޮށް ދިނެވެ.

އީދު ދުވަހު އަހަރެމެންގެ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންގެ މަތީން އަހަރެމެން ހަނދާންކުރާން ޖެހޭނެ ކަމަށް ހުތުބާގައި ގޮވައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox